ރަށްރަށުގެ ކައުންސިލްތަކުގެ ރައީސުންނަށް ދޭ މުސާރަތައް ޕޭ ކޮމިޝަނުން ހުށަހަޅާފައިވާ ގޮތަށް މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ފާސްކޮށްފިއެވެ.

މިއަދު މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ވަނީ ކުރިން 15،000ރ. ގެ މުސާރައެއް ލިބެމުން އަންނަ ކައުންސިލްގެ ރައީސުންގެ މުސާރަ އަށް ބަދަލު ގެނެސް ކައުންސިލްތަކުގެ ރައީސުންނަށް 23،000ރ ދިނުމަށް ފާސްކޮށްފައެވެ.

ކައުންސިލަރުންގެ މުސާރަ އާއި މެދު ނޭޝަނަލް ޕޭ ކޮމިޝަނުން މަޖިލީހަށް ފޮނުވާފައިވާ ލިޔުމުގައި ބުނެފައިވާ ގޮތުން ނަމަ މޭޔަރުގެ މުސާރައަކީ 40،000ރ އެވެ. އަދ ޑެޕިއުޓީ މޭޔަރަކަށް 35،000ރ. ސިޓީ ކައުންސިލް މެމްބަރަކަށް 30،000ރ. ލިބޭ އިރު އަތޮޅު ކައުންސިލް ރައީސަކަށް 28،000ރ.، ރަށު ކައުންސިލްގެ ރައީސަކަށް 23،000ރ. އަދި ޑެޕިއުޓީ އަށް 15،000ރ.، އަދި މެމްބަރަކަށް 12،000ރ. ވަނީ ހަމަޖައްސައިފަ އެވެ. މި ހުރިހާ މުސާރަތަކަކީ، މިހާރު ދޭ މުސާރަތަކަށް ވުރެ ބޮޑު މުސާރަތައް ކަން ފާހަގަކޮށްލެވެއެވެ.

މިއަދު ކޮމިޓީގައި ވާހަކަދެއްކެވި މެމްބަރުން ވަނީ ރައީސް އާއި ނައިބު ރައީސްގެ މުސާރައިގެ ތަފާތު ބޮޑުވުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެ ފަރަގު ކުޑަކުރަން ވެސް ބައެއް މެމްބަރުން ވަނީ ލަފާދީފައެވެ.

މިއަދުގެ ކޮމިޓީގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވަނީ ކައުންސިލް ރައީސްގެ މުސާރަ 23،000ރ. އިން 20،000ރ. އަށް ބަދަލު ކުރަން ހުށަހަޅުއްވާފައެވެ. އެ ހުށަހެޅުމަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ތާއިދު ކުރައްވާފައި ވަނިކޮށް އަބްދުލްގަފޫރު ވަނީ ކައުންސިލް ރައީސްގެ މުސާރަ ކުޑަކުރަން ހުށަހެޅުއްވި ހުށަހެޅުން އަނބުރާ ނަންގަވައިފަ އެވެ.

ކޮމިޓީގައި ދެކެވުނު ވާހަކަތަކަށް ފަަހު މެމްބަރުން ނިންމަވާފައި ވަނީ ޕޭ ކޮމިޝަނުން ފޮނުވާފައިވާ ގޮތަށް މުސާރަ ދިނުން ރަނގަޅު ކަމަށް ކަނޑައެޅުމަށެވެ. މާލިއްޔަތު ކޮމިޓީ އިން އެގޮތަށް ނިންމާފައި ވަނީ ހަ ވޯޓުގެ ހަނި އަގުބިއްޔަތަކުންނެވެ. ދެން މި މައްސަލަ ފޮނުވާނީ މަޖިލީހުގެ ތަޅުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޝަމީމް

    ތީ އިން ސާފްތޯ

    10
  2. ސުވާލު

    ރާއްޖެތެރޭ މީހުންނާ މާލޭ މީހުން ތަފާތުކުރުން ހުއްޓުވައެއް ނުލެވޭތަ.

  3. މުދައްރިސް

    ނުކިޔަވާ ސަންގޯރުންނަށް މި ހާބޮޑު ފައިސާ ތައް ދީގެން މުސްތަޤްބަލެއް ނެތް. އަހަރެެމެން ޓީޗަރުން ހަނާއަރަނީ؟ ކޮބާ ތޯ މި ސަރުކާރުގެ ފޮނި ކެނޑުންތައް' މީ ކޮން ވަޢުދެއް ފުއްދަން ގަންނަގަނޑެއް! ގުންޑާ ސަރުކާރު ިއސްތިއުފާ ދީފައި ގެއަށްދޭ!

    23
    1
    • ނަންނޭނގޭ

      މުދައްރިސް ތީ ތެދެއް. ހިތާމަ އަކީ މިހާ ތައުލީމީ ޖީލެއް އޮތް އިރުވެސް އެ ނުކިޔަވާ ސާދާގަރުންނަށް ވޯޓްދީގެން ހޮވާތީ.. ކަނޑައެޅިގެން މޮޅަށް ކިޔަވައިގެން ތަޖުރިބާހުރި ކުދިން ކައުންސިލްތަކަށް މިފަަހަރު ކުރިމަތިލި. އެކަމު ކަޓުވާލީ ވޯޓުން.. އަސްލު މި މީހުންވެސް ސިވިލްސާވިސްގަ މީހުން ނަގާހެން ރެކްރޫޓް ކުރަންވީ.. މަށަށް މާސްޓާސް ހަދައިގެން އެސިސްޓެންޓް ޑިރެކްޓަރ ލެވެލްގެ މަޤާމެއްގަ ހުންނައިރު 10000 ރުފިޔާ ނުލިބޭ. އެކަމު މި މީހުން އުޑެއް ބުޑެެއް ނޭނގުނަސް 12000 ހެވިލާފަ ގެންދަންވީ.. ތައުލީމުގެ އަގެއް ނެތް.ސިޔާސީ ވެލީމަ ނިމުނީ.. ޕޭކޮމިޝަނަށް ފޮނުވި އިދާރީ އޮނިގަނޑު ކޮބާހޭ...!!!

      9
      1
    • ސިވިލް ސަރވަންޓް

      ޓީޗަރުންގެ މުސާރަ ކުޑަތަ؟؟؟
      އެހެން ދާއިރާތަކުގައި މަސައްކަތްކުރާ ސިވިލް ސަރވަންޓުންގެ މުސާރައަށްވުރެ ޓީޗަރުންގެ މުސާރަ މިހާރުވެސް މާބޮޑަށްވެސް ބޮޑު.

      ޓީޗަރުންނަށް ވަކިއޮނިގަނޑެެއް ހަދާ ސިވިލްސަރވިސްގެ އެހެން ދާއިރާތަކުގެ މުވައްޒަފުންނަށް ނުދީ ޓީޗަރުންނަށް ވަނީ މުސާރައިގެ ކުރިއެރުންދީފައި

      ޓީޗަރުން ވަޒީފާގައިތިބެ ހޯދާ ކޮންމެ ސެޓްފިކެޓަކަށްވެސް މުސާރައިގެ ކުރިއެރުނލިބޭ އެހެންދާއިރާތަކުގެ މުވައްޒަފުންނަކަށްނުލިބޭ
      އެވަރުންވެސް އެހެންބަޔަކަށް އެއްޗެއްލިބޭ ކޮންމެ ފަހަރަކު ޓީޗަރުން ހަޅޭއް ލަވަންނިކުމޭ

      ހާދަ އަމިއްލަ އެދުން ބޮޑުބައެކޭދޯ

      ޓީޗަރުން އަދާކުރަނީ އެހާ ބުރަ ވަޒީފާއެއް ނަމަ ސްކޫލްގަ ކިޔަވައިދެމުން އާއިލާއާއަށް ވަގުތުދެމުން ކޯސް ހަދަމުން ކޮލެޖްތަކުގަ ކިޔަވައިދޭން ދެވޭނެތޯ؟؟

      4
      1
  4. ޢަަގު

    ސާބަސް ސިޔާސީ ކުދިންކޮލަށް

    10
  5. ދުންމާރި

    ކައުންސިލަރުން ހައްލައިގެން ކެނެރީގޭ ލާދީ ނަޝީދަށް ބޮޑުވަޒީރުކަން ހޯދައިދޭން މަސައްކަތްކުރަނީ އެހެންވެ މިހާޜު ހުށަހަލާ ބިލްތައް އަނބުރާ ނަގައި މުސާރަކުޑަކުރަން ހުށަހެޅި ހުށަހެޅުންވެސްއަނބުރާ ގެންދަނީ އެމްޑީޕީއަކީ ލާދީނީ މަކަރުވެރި ދަޅައެއް ރައްޔިތުންނަށް މަންފާހުރި ހަމައެއްކަމެއް މަޖިލީހަކުން ނުނިންމާނެ ބަލާނީ ފެލާލައިގެންވެސް ރައްޔިތުން އަތުން ފައިސާ ދަމައިގަނެވޭތޯ ޔަހުދީންގެ ފަލްސަފާ ކިހިނެއް ރަނގަޅުވާނީ މުނާފިޤުންގެ ސިފަ އަދިވެސް ވޯޓުދީގެން ލާދީނީ ޖާހިލުން މަޖިލީހަށްވައްދާ އޭރުން ރައްޔިތުންނަށް ވަރަށް ފައިދާކުރާނެ

  6. ސސ

    ދައުލަތުގެ މުވައްޒަފުންގެ މުސާރަ ކަޑައެޅުމަކީ މާލިއްޔަތު ކޮމޮޓީއާއި ބެހޭ ކަމެއްނޫން އެކަން ކުރަންޖެހެނީ ރައީސުލް ޖުމުހޫރިއްޔާ އާއި ޕޭކޮމިޝަނުން، މިއަދު މާލިއްޔަތު ކޮމޮޓީގެ މެންޑޭޓް އޮޅުވާލައިގެން ދައުލަތުގެ ހުރުހާ ކަންކަމަކާއި ބެހެމުން ދަނީ، ޤާނޫނު އަސާސީގައި އޮތީ މާލިއްޔަތު ކޮމޮޓީން ކުރަންޖެހޭނީ ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓް ފާސްކުރަން ޖެހޭކަންކަން ކަމަށް އިތުރު ކަމެއް ކުރާން އޮންނަ ކޮމޮޓީއެއް ނޫންތީ ހުރިހާ ތަނަކަށް ބޯބާނައިގެން ސިޔާސީ ވަފާތެރި ކެހިވެރިން މިއުޅެނީ !