ބޮޑެތި ކުށްތަކުގައި ތުހުމަތުވާ މީހުންނާއި ކޮރަޕްޝަނާއި ހިޔާނާތުގެ ތުހުމަތުތައް ކުރެވޭ މީހުންނަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީން ފާސްކުރުމާއެކު ހުޅުމާލޭ ދާއިރާގެ ރައީސް ކަމަށް މުހައްމަދު ނޫރައްދީން (ނޫރޭ) އަށް ވާދަކުރުމުގެ ދޮރު ބަންދުވެއްޖެއެވެ.

ނޫރޭއަކީ، ވީނުވީއެއް ނޭނގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލި ދެ މީހުންގެ ތެރެއިން އެކަކެވެ. އޭނާގެ މައްޗަށް ދައުލަތުން ދައުވާ ކުރީ ރިލްވާން ރަތް ކާރަށް އެރުވި ރޭގައި އެ ކާރު ދުއްވަން އިން ކަމަށް ބުނެއެވެ. ނޫރޭއާ ދެކޮޅަށް މައްސަލަ ސާބިތު ކުރަން ހެކި ހުށަހެޅި ނަމަވެސް ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ ކުށް ސާބިތު ނުވާ ކަމަށެވެ.

އެހެންވެ، ދައުލަތުން މި މައްސަލަ ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފައެވެ.

އެމްޑީޕީގެ އިސް އެކްޓިވިސްޓެއްގެ ގޮތުގައި އެ ޕާޓީ އުފެދުނީއްސުރެ ހަރަކާތްތެރިވަމުން އަންނަ ނޫރޭ އެތެރޭގެ އިންތިހާބުގައި ވާދަކުރާތީ، ބައެއް މީހުން ކަންބޮޑުވުން ވެސް ފާޅު ކުރަމުންދިޔައެވެ. އެމްޑީޕީ ސަރުކާރެއްގައި ރިލްވާންގެ މައްސަލައަށް އިންސާފު ހޯދައި ދޭނެ ކަމަށް ވައުދުވެފައި ވަނިކޮށް، އެފަދަ ބޮޑު ތުހުމަތެއް ކުރެވޭ މީހަކު އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރެވޭ ގޮތަށް އޮތް އޮތުން ބަލައި ނުގަނެވޭނެ ކަމަށް އެމީހުން ބުނެއެވެ.

އެ ކަންބޮޑުވުންތައް ހުއްޓައި، ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ގަރާރު ހުށަހެޅުއްވީ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި އެކި މަގާމްތަކަށް ކުރިމަތިލާ ޕާޓީގެ މެމްބަރުންނަކީ ބޮޑެތި ކުށްތަކުން ބަރީއަވެގެންވާ ބައެއްކަން ސާބިތުކޮށްދޭންވާނެ ކަމަށް ޕާޓީގެ އަސާސީ ގަވާއިދަށް ރިއާޔަތްކޮށް ހިންގާ ކޮމިޓީން އިގުރާރުވާށެވެ.

އެގޮތުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވާލައްވާފައިވާ ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނާއި މަރު ކޮމިޝަނުން ނެރެފައިވާ ރިޕޯޓެއްގައި ކުށެއް ކުރުމުގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ގަރާރުގައިވެއެވެ.

އޭނާއަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުން ނޫރޭއަށް ފުރުސަތު ގެއްލުނުއިރު އޭނާ ގެންދިޔައީ ވަރުގަދަ ކެމްޕެއިންތައް ވެސް ކުރަމުންނެވެ.

ގަރާރުގައިވާ ގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ ޖިނާއީ ބޮޑެތި ކުށްތަކަށް ތުހުމަތުވާ މީހުންނަށް އިންތިހާބުގައި ވާދަނުކުރެވޭނެއެވެ. އޭގެ ތެރޭގައި މީހަކު މެރުމާއި ރޭޕްކުރުމުގެ ކުށާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށާއި ޑްރަގް ޓްރެފިކް ކުރުމުގެ ކުށް ހިމެނެއެވެ. މީގެ އިތުރުން އެންޓި ޓޯޗާގެ ގާނޫނުގައި ބަޔާންކުރާ ކުށްތަކާއި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގައި ބަޔާންކުރާ ކުށެއްގައި ހިމެނޭ މީހަކަށް ވެސް އިންތިހާބުގައި ވާދަ ނުކުރޭވެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. އަބްދޫ

  މީނަ އަކީ ނަސިދު ގެޕްރައިވެޓް ބޮޑީގާޑެއް.ކަމަށް ބުނޭ.

  26
  2
  • ޛސޖ

   ތީ ބޮޑު މުޖުރިމެއް. އޭނާޔަކީ ކޮންމެ ފަދަ ކަމެއްވެސް ކުރަން ފަސްނުޖެހޭނެ މީހެއް.

   4
   1
 2. ކޮރަލް

  އަންނި ވަކިބަޔަކު ހޮވަން ގިނަ ބަޔަކަށް ކުރިމަތިނުލެވޭ ގޮތް ހެދީ އެވެ.

  19
 3. Anonymous

  ކުއް ސާބިތު ނުވާ ކަމުގައިވަނީނަމަ އެމީހަކީ އިންސެންޓް މީހެއް. ވައްކަމާއި ފަސާދަ ކުރާ ކިތައްމީހުން ތިޔާތާނގަތިބީ

  • ޒައިކް

   އެކަމު ތިޔަ މީހާތީ ކުށުގެ އައްޕައެއްކަން މުޅި ޤައުމު ދަނޭ..

   4
   1
 4. ލޮއިންސް

  އެހެން ވީޔާ ކެބިނޭޓް ވެސް ބަދަލުކުރަން ޖެހޭނި މުޅިން ކުއްވެރިން ތިބީ އަދި މީ ތުހުމަތަ ގެންދިޔާމަ ކުރާ ވަރު ތީ ޕާޓީ އަށް އިހުލާސް‘ ތެރިންނަ ހަދާލާ ގޮއި ގާނޫނު ފާސް ކުރަން ހަދާން އަދި ދޯ ނޫރޭ ނިކުތުން އެއީ މިވަގުތު އެމްޑީޕީ ލިބެންޖެހޭ ހިއްވަރެއް ކަމުގަ ދެކެން ޖެހޭނެ ހުޅުމާލޭ ދާއިރާގަ މިފަހަރު ނެއި ކަމުދާ 1ވެސް މުޅިން އަމިލަ އެދުން ބޮލުގަ އަޅުވާން ލޯބިން އެމްޑީޕީ ދިރުވަން އުޅޭ މީހެ ނެއި ހުޅުމާލޭގަ ޕާޓީ ބާބާ ވެފަވާ ދަނޑިވަޅުމީ އިތުރު ބައިބައި ވާނެ ކަން ކަށަވަރު ކަން ޔަގީން ނޫރޭ ނިކުމެޖެޔާ ދެން ތިބި މީހުން ކިހިކި ޖަހާންވެސް އޭނާ ވިން ކުރާނެ ކަން ވަރަށް ސާފު އެއީ ފޮނި ބޮޑާ ކަމެށް ނުހުރޭ އެތަށް ބައެށްގެ ލޯބި ހޯދާ ފަ އިތުބާރު އޮންނާތީ ގުޅޭނެ ފެންނާނެ ދިމާވާެނެ ކުރިމަތި ނުލެވޭނި ސަބަބެއް ނެއި ކުރިޔަށްބާރަ

  7
  1
 5. އައްނި

  ނޫރޭ އައް ވާދަދަނުކުރެވޭނަމަ ތިޔަ އިންތިހާބެއްނޯންނާނެ ނޫރޭގެ ބާރު ދައްކާލާނެ މިފަހަރު ބަލަންތިބޭތި ބާރުގަދައީ ކާކުކަން ނޫރޭދެކެ ބިރުގަންނާނާނެ ނޫރޭ ޖެހިލުމެއްނުވާނެ ކެރޭނެ ކުރާނެ ކޮއްފަ އޮންނާނީ އަދިވެސް ނޫރޭހުރީ ކުރާގޮތައް ވިސްނަވާ؟؟؟؟؟؟؟؟؟

  1
  2
 6. ޢާދަުނު

  ޢަލެ ކީކޭބުނާނީ ޖޭވާވަރުގެ ކަމެއް މިއަންހެނާ ޔާ މީނާ ނިސްބަތްވާ ޕާޓީ އެމް ޑީޕީ އަށް ކުރެވިއްޖެބާ މިވީ ދެއަހަރުގެ ތެރޭގައި...ހަމަ ހޭގަބާ

 7. ހުޅުމާލޭ ކުޑަސޮރު

  ނޫރޭ މާގަދަމީހަކަށް ތިޔަކިޔަނީ ކީއްވެކަމެއް ނޭންގެ ނޫރޭގެ އެންމެ ޗާލާކީ ދުވަސްވަރު މާރާ މާރީއެއްގެ މައްސަލައިގަ ރައުއްޓެ ކިޔާ ކުޑަކުޑަ ގޮލަޔަކު ދެކެބިރުން ހުޅުމާލޭގައި ހޮސްޕިޓަލް ކުރިމަތީ މާފައްއެދުނުތަން ދުށިން

 8. ޙަދާ އިސް

  ތިވަރައް ފުއްޕާ ސޮރެއް ތިކަހަލަ މީހުން އުމުރު ދުވަހު ބާއްވަންވީ ޖަލުގަ ....