މޭމަހުގެ އެއްވަނަ ދުވަހު ކުރިން މަގާމުން އިސްތިއުފާ ނުދެއްވައިފިނަމަ ނަމަ ރޯކޮށްލާނެ ކަމަށް ބުނެ ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފަށް އިންޒާރު ދީފިއެވެ.

މިނިސްޓަރ މަހްލޫފަށް އިންޒާރު ދީފައި ވަނީ މީސް މީޑިއާގައެވެ. މީސް މީޑިއާގައި މިނިސްޓަރ މަހުލޫފަށް އިންޒާރު ދީފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރް މޫސާ (ގަޕޯ)ގެ ދަރިފުޅު މުހައްމަދު ޝާރިގެވެ.

ޝާރިގް ބުނެފައި ވަނީ މެއި އެއް ވަނަ ދުވަހުގެ ކުރިން މިނިސްޓަރ މަހްލޫފް އިސްތިއުފާ ދޭން ޖެހޭނެ ކަމަށެވެ.

އަދި މިނިސްޓަރ އެ ދުވަހު އިސްތިއުފާ ނުދީނަމަ ކުރާނީ ކޮން ކަމެއްތޯ މީހަކު ކުރި ސުވާލަށް ޖަވާބުދެމުން ބުނީ، މިނިސްޓަރ ގައިގައި ރޯކޮށްލާނެ ކަމަށެވެ. އަދި އެއީ ގްރިލްގައި ބާބެކިއު ކަމަށް އިންޒާރުދިން ޝާރިގް ބުނެފައި ވެއެވެ.

ޝާރިގްގެ ޓްވީޓްގެ ސްކްރީން ޝޮޓެއް

އޭނާ ދިން އެ އިންޒާރުގެ ސްކްރީންޝޮޓްތައް މީސް މީޑިއާގައި ދައުރުވާން ފެށުމުން އޭނާ ދައްކާފައި ވަނީ ރަހުމަތްތެރިއަކާއެކު ބާބެކިއުއެއް ހަދާ ވާހަކަ ކަމަށެވެ.

މިނިސްޓަރ އަށް އެ މީހާ އިންޒާރު ދިން މައްސަލަ ފުލުހަށް ހުށަހެޅިކަން ނުވަތަ ނޫންކަން ސާފެއް ނުވެއެވެ. އެހެން ނަމަވެސް އާއްމުކޮށް މިގޮތަށް މީސް މީޑިއާގައި އިންޒާރު ދޭނަމަ އެ މައްސަލަ ފުލުހުން ބަލައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަހްމަދު

    ބަލަ އެސޮރަކީވެސް ހިނދުކޮޅުއަންނަސޮރެކޭ އެވަގުތުކޮޅު ކުރެވޭކަންތައްތަކަކީ މާބޮޑައްއަޅާލަންޖެހޭކަންކަމެއްނޫން

    14
    2
  2. ޝާރިގް

    ހޫން. ޔޫމެން އުޅޭ ގޮތެއް ދޯ. އައި މީ ކުރިން ފަލަ މިހާރު ހިކި މީހެކޭ. ސާރޖަރީ ހެދީ ބައްޕަ ލާރި ބޭނުންކޮށްގެން. ހޫން.

  3. ގަޕޯ

    އަހަރެންގެ ދަރި އިޒް ދަ ބެސްޓް. ލަވް ޔޫ ދަރިފުޅޫ.

    1
    1
  4. މަހްލޫފް

    އަޅެ ނިކަން އާދެބަލަ ރޯކޮށްލަން ކެރެންޏާ. ކުޅި ސަމާ ދައްކާލާނަން

    4
    1
  5. ާަަަުުބިސްބުރު

    މާނައީ ބާބިކިއު ހަދާވާހަކައެވެ ގުރިލްގައިރޯކޯށްލާވާހަކައެވެ އެމްޑީޕީން މިމާނަ ދޭހަކޮށްދޭށެވެ.

  6. މައިކް

    މިސޮރު މީފޭކުސޮރެއް އަބަދު އިސތިހާރުވަންވެގެން ޖައްސާށޓަންޓް

  7. ގްރިލް

    މީހަކު ބުނީ މިހެން، އެހެންވީމަ ލިޔެބަލަ މީހާ ބުނާ ގޮތަށް : އަދި އެއީ ގްރިލްގައި ބާބެކިއު ކަމަށް އިންޒާރުދިން ޝާރިގް ބުނެފައި ވެއެވެ. " އެކަމު ތި ލިޔެނަގަނީ މިނިސްޓަރެއްގައިގާ ރޯކުރާ ވާހަކަ އެންނުން" އަހަރެންގެ ދަރިވެސް މިހަބަރު ތަށް ކިޔާފަ ބިރުން ތުރުތުރު ލާ އެބަ..