ލ. އަތޮޅު މާންދޫގައި ހިންގަމުންދާ ފިޝަރީޒް ކޮމްޕެލްސް އިހަލުން އިތުރު ހަތަރު މީހަކު ކޮވިޑް-19 އަށް ފައްސިވެ، ޖުމްލަ އަދަދު 49 އަށް އަރައިފިއެވެ.

މާންދޫ ފިޝަރީޒް ކޮމްޕްލެކްސް އިން އެންމެ ފުރަތަމަ ކޮވިޑް ފެނުނީ މިދިޔަ ހުކުރު ދުވަހު އެވެ. އެރޭ އަށް މީހަކު ކޮވިޑަށް ފައްސިވުމާއެކު އެރަށަށް އަރާ ފޭބުން މަނާ ކުރިއެވެ.

އަދި އޭގެ އަނެއް ދުވަހު އެ ރަށާއި ގުޅިފައި އޮންނަ ގަމުން ތިން މީހަކު ކޮވިޑަށް ފައްސިވިއެވެ. މިއީވެސް އެ އިހަލަށް ނިސްބަތްވާ މީހުންނެވެ. މިއާއެކު އެ ގަން ފޮނަދޫއަށްވެސް އަރާ ފޭބުން މަނާ ކުރިއެވެ.

މާންދޫ އިހަލާއި ގުޅުން ހުރި ވޭދަނަތައް ގަމުންވެސް ފެންނަމުންދާއިރު، އެ ރަށާއި ގުޅިފައިވާ ރަށްތަކުން މިހާތަނަށް 254 ސުންކެއް ނަގާފައި ވެއެވެ. މީގެ ތެެރެއިން 148 ސުންކެއްގެ ނަތީޖާ ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު