ކ. އަތޮޅު މާފުށިން ކޮވިޑް-19އަށް ފައްސިވި މީހުންގެ އަދަދު 100 އާ ގާތް ކޮށްފިއެވެ.

އެރަށު ސިއްހީ މަރުކަޒުން އާއްމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، އެރަށުުން މިއަދު އިތުރު 12 އާ ވޭދަނައެއް ވަނީ ފެނިފައެވެ. މިއާއެކު އެރަށުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަަދަދު ވަނީ 99 އަށް އަރާފައެވެ.

މާފުށިން ފުރަތަމަ ކޮވިޑަށް ފައްސިވެފައި ވަނީ އެރަށު ފްލޫ ކްލިނިކަށް ދެއްކި މީހެކެވެ.

މިދިޔަ އަންގާރަ ދުވަހު އެ މީހާ ކޮވިޑަށް ފައްސިވުމާއެކު އެރަށަށް އަރާާ ފޭބުން ވަނީ މަނާކޮށްފައެވެ.

އޭގެ ފަހުން އެރަށުން ފައްސިވަމުން ގޮސްފައި ވަނީ ކަރަންޓީންގައި ތިބި ބައެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު