ހުޅުމާލެ އާއި ވެލަނާ އިންޓަނޭޝަލް އެއާޕޯޓާއި ދެމެދު ދަތުރު ކުރާ ބަހެއް މަޑުކޮށްގެން އޮއްވާ ދުއްވަމުންދިޔަ ސައިކަލަކުން ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ މިއަދު ހަވީރު 17:30 ހާއިރު ހުޅުމާލެ ނިރޮޅު މަގުގައެވެ.

މި ބަސް މަޑުކޮށްގެން އޮތީ މީހުން އަރަންދެންނެވެ.

މަންޒަރު ދުށް މީހަކު ބުނީ،ބަސް މަޑުކޮށްގެން އޮއްވާ ދުއްވާފައި އައި ސައިކަލެއް ބަހުގައި ޖެހުނީ ކަމަށެވެ.

އަދި އެ ހާދިސާގައި ސައިކަލު ދުއްވަން އިން މީހާގެ އަނގަމަތި ފަޅައިގެން ގޮސްފައިވާ ކަމަށާއި، އޭނާ މިހާރު ހުޅުމާލެ ހޮސްޕިޓަލަސް ގެންގޮސްފައިވާކަމަށް މަންޒަރު ދުށް މީހާ ބުންޏެވެ.

މި އެކްސިޑެންޓްގައި ސައިކަލަށްވެސް ވަނީ ގެއްލުންތަކެއް ވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބިހާ

    ޖެންޑާ ބަލާލަން ކީ. ނޭންގުނު. އަންހެން ޑްރައިވަރެއް ނަމަ ލިޔާނެ އަންހެނެކޭ.