މާލެ ސިޓީ ކައުންސިލްގެ އިންތިހާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މާލެ ސިޓީގެ މޭޔަރު ސިފާ މުހައްމަދު އާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުމަށްފަހު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލެ ސިޓީގެ މޭޔަރު ސިފާ އާ ބައްދަލު ކުރައްވާފައިވާ ކަމަށާއި، އެ ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެވިގެން ގޮސްފައި ވަނީ އިންތިގާލީ މަރުހަލާއާ ގުޅޭގޮތުން ކަމަށެވެ.

އަދި ކުރިއަށް އޮތް ހަފްތާތަކުގައި އެ މަރުހަލާއާ ގުޅޭ މަސައްކަތްތައް ކުރެއްވުމަށް އުއްމީދު ކުރައްވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ޝިފާގެ އިތުރުން ޑެޕިޔުޓީ މޭޔަރު ޝަމާރު ޝަރީފްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ޑރ. މުއިއްޒު މޭޔަރުކަމަށް ހޮވިވަޑައިގެންނެވީ އެމްޑީޕީ ކެންޑިޑޭޓް އަނަސް އަބްދުއް ސަތާރް އާއި އަދި އަމިއްލަ ކެންޑިޑޭޓް އަލްހާން ފަހުމީ އާ ވާދަކޮށެވެ.

އަލަށް އިންތިހާބުވި ކައުންސިލަރުންގެ ހުވާ ކުރުން އޮންނާނީ އަންނަ މަަސް ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ޣ

  މަރު ހަބާ

  30
 2. އެމަންޖެ

  މިހާރުވެސް މޭޔަރެއް އެބަ ހުންނެވިތޯ...؟؟؟🤔

  22
  1
 3. ކޮވިޑް

  ޑރ. މުއިއްޒުގެ ފަރާތްޕުޅުން ރައްޔިތުންނަށް ތަފާތު ދައްކާނެ ކަމަށް އުއްމީދު ކުރަމެވެ.

  50
  2
 4. އަލިފުތު

  މަރުޙަބާ މާލޭގެ ފުރަތަމަ އިންތިޚާބީ މޭޔަރު ޑރ މުހަމްމަދު މުޢިއްޒު އުއްމީދު ކުރަން މަނިކުފާނުންގެ މޭޔަރުކަމުގަ ގިނަކަންތައްތަކެއް ހާސިލް ކުރެވޭނެކަމައް ހަމަމިނޭވާގައި ފާހަގަކުރަން ކުރިޔައް އޮތްދުވަސްތަކަކީ ފަސޭހަ ދުވަސް ތަކަކައްނުވާނެކަންވެސް

  37
  1
 5. ހުސޭނުބޭ

  އެ ދައިތާ ކައިރީގައި އަހާބަލަ ރޯދައަށް ގެނައި ކަދުރުކޮޅު ކޮބައިހޭ؟

  25
  1
 6. 8ިކ9765

  ޝިފާ މެޑަމް އަޅުގަނޑުމެންގެ ރޯދަ.... ތިޔަށްވުރެ ރަނގަޅަށް ޑްރެސް ކުރައްވާ!

  13
  1
 7. ޑގގ

  ސިފާ ހީވަނީ މުއިއްޒު ހޮވުނީމަ އުފާވިހެން...ސަބަބު ދެކަމެއް. އެއް ކަމަކީ ސިޔާސީ ކަމެއް. ވިސްނޭ މީހަކަށް އެނގޭނެ މި ބުނި އެތި. ދެވަނަ ކަމަކީ ސިފާ އަކީ ހަގީގަތުގައި ވެސް މާލޭގަ ހުރި މައްސަލަތައް އެނގޭ މީހެއް. ހައްލު ހޯދަން ބޭނުން ވިޔަސް ސަރުކާރުގެ ވިސްނުން ހުންނަ ގޮތުން ފަސްޖެހެނީ. އޭގެ ސަބަބުން ޑިޒިޝަން ނެގެން ނެތުން.

  4
  1