ގަވައިދާ ޚިލާފަށް އީޔޫ ބޯޑަރު ހުރަސް ކުރުމާ ގުޅިގެން މަރަން ހުކުމް ކުރި މާބަނޑު ގެރި މަރުގެ ހުކުމުން ސަލާމަތް ވެއްޖެއެވެ.
މި މާބަނޑު ގެރި މަރަން ހުކުމް ކުރީ ބަލްގޭރިއާގެ ކޮޕިލޮވްޓްސީ އަވަށުން ޔޫރަޕިއަން ޔޫނިއަން ގައި ނުހިމެނޭ ސާބިއާ އަށް ސަރަހައްދީ ރޮނގު ހުރަސް ކޮށް އެ ގެރި ދިއުމާ ގުޅިގެންނެވެ.
ފާއިތުވެތިޔަ ދުވަސްތަކުގައި ދުނިޔޭގެ މީޑިއާތަކުގައި މިގެރިއާއި ގުޅޭގޮތުން ބޮޑެތި ބަހުސްތަކެއް ކުރެވުނެވެ.
"ޕެންކާ" ނަމަކަށް ކިޔާ މި ގެރި މަރަން ހުކުމް ކުރި އިރު ގެރި ވަނީ ވިހަން ކައިރިވެފައެެވެ. މި ގެރި މަރުގެ ހުކުމުން ސަލާމަތްވީ ގެރި މަރާނުލުމަށް އެތަށް ބަޔަކު ބައިނަލް އަގުވާމީގޮތުން ކުރި ބޮޑު ކެންޕެއިންގެ ސަބަބުންނެވެ.
އީޔޫގެ ގާނޫނު އޮންނަ ގޮތުން އީޔޫ ބޯޑަރު ހުރަސްކޮށް ގެރިއެއް ގެންދެވޭނީ ބޯޑަރު ޗެކް ޕޮއިންޓްތަކަށް އެ ގެރިއެއް ހާޒިރުކޮށް އޭގެ ސިއްހަތު ރަނގަޅު ކަމަށް ކަމާބެހޭ ފަރާތަކުން ދީފައިވާ ލިޔުންތައް ހުށަހެޅުމަށް ފަހުގައެވެ.
އީޔޫގެ ހަރުކަށި ގަވައިދުތައް ހުރި ގޮތުން އެ ގެރި ޖެހޭނީ މަރާލަން ކަމަށް ބަލްގޭރިއާގެ އޮފިޝަލުން އޭ.އެފް.ޕީ އަށް މައުލޫމާތު ދެމުން މީގެ ކުރިން ވަނީ ބުނެފައެވެ.
މި ކަމާއި ގުޅިގެން ބަލްގޭރިއާގެ ގާނޫނު ހަދާ މަޖިލީހުގެ ކޮންޒަވެޓިވް މެމްބަރަކު ވަނީ ބަލްގޭރިއާގެ ބޮޑު ވަޒީރަށާއި ޔޫރަޕިއަން ޔޫނިއަންގެ ރައީސް އެންޓޯނިއޯ ޓަޖާނީ އަށް ގެރި ސަލާމަތް ކުރެވޭތޯ ސިޓީއެއް ފޮނުއްވާފައެވެ.
ގެރީގެ މައްސަލައިގައި ޗޭންޖް.އޯގް އިން ވަނީ ޕެޓިޝަނެއް ވެސް ހަދާފައެވެ. މި ޕެޓިޝަންގައި ގޮވާލާފައިވަނީ ޕެންކާގެ މައްސަލަ އިސްތިސްނާ ކޮށްދިނުމަށް ގޮވާލާފައެވެ.މި ޕެޓިޝަންގައި ދެހާހާ ގާތްކުރާ އަދަދަކަށް މިހާރު މީހުން ވަނީ ސޮއި ކޮށްފައެވެ.
އަޅުގަނޑުމެން ކައި އުޅޭ ޖަނަވާރުންގެ ތެރެއިން އެންމެ މާބަނޑު ގެރިއެއް މަރުވެދާނެ ކަމަށް ބައިނަލްއަޤްވާމީ ކެމްޕޭންކޮށް އެކަން ހުއްޓުވިއްޖެ. ފަލަސްތީނުގެ މުސްލިމުން އެހާ ރަހުމް ކުޑަ ގޮތަށް މަރަމުން ދާއިރު އެކަން ހުއްޓުވަން އެއްވެސް ކަމެއް ނުވޭ
ވަރައްބަރާބަތު ސިޓީ ތިފޮނުވީ ގެރީގެ އާއިލާ މެންބަރުންނައް ހުކުން ކުރަން ޖެހޭނީ ގެރި އެޢީ ކަލާންގެ ކަމުގައި ހަދާގެން އުޅޭ ބަޔަކު