އޭދަފުށިން ކޮވިޑް-19 އަށް ފުރަތަމަ މީހަކު ފައްސިވިތާ މާދަމާއަށް ހަފްތާއެއް ވާއިރު އަދިވެސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދެއް ނުވެއެވެ. މިއަދު ވެސް ވަނީ އިތުރު 28 މީހަކު އެރަށުން ކޮވިޑަށް ފައްސިވެފައެވެ.

އޭދަފުށީގައި ހުންނަ އަތޮޅު ހޮސްޕިޓަލުން މިރޭ އާއްމުކުރި މައުލޫމާތުތައް ދައްކާ ގޮތުގައި މިއަދު ފައްސިވި މީހުންނާއިއެކު އެރަށުން ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 99 އަށް އަރާފައެވެ.

އޭދަފުށިން ކޮވިޑް-19 އަށް ޓެސްޓް ކުރަން ނަގާފައިވާ ސުންކު (ސާމްޕަލް) ތަކުގެ ތެރެއިން އަދިވެސް 171 ސުންކެއްގެ ނަތީޖާ ނުލިބެއެވެ.

އޭދަފުށިން ފުރަތަމަ މީހަކު ކޮވިޑަށް ފައްސިވީ މިދިޔަ ހޯމަ ދުވަހު އެވެ. އެދުވަހު ދެމީހަކު ކޮވިޑަށް ފައްސިވިއެވެ. އެދެމީހުންނަކީ ވެސް ބަލީގެ އަލާމާތްތައް ހުރެގެން ޑޮކްޓަރަށް ދެއްކި ދެމީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޓުއަރ އޮޕަރޭޓަރ

  ހޫން ގެސްޓުހައުސްތަށް އެންމެ ގިނަ ރައްތަށް ދޯ މިހާރު މި ހާލި ހާލިތަށް ފެންނަނީ؟

  4
  1
 2. Mohamed

  އަސްލު ވިޔަވަޅުތަށް ވަރަށް ދޯދިޔާ. މުސްކުޅިން ވަރަށް ބަސްނާހާ. ވަގުތު ފާއިތުވުމުގެ ކުރިން ފިޔަވަޅު އަޅާ.

 3. ކޮރަލް

  ރަށްރަށުގަ ހާލުދެރަމީހުންނަށް ދޭން އޮކްސިޖަން ހުރި ތޯ ބަލާލަ ބަލާށެވެ. ހާލުބޮޑުވީމަކޮންމެ ފަހަރަކު ވަގުތުން މާލެ އަށް ނުގެނެ ވޭނެ އެވެ. ވަގުތު ނަގާނެ އެވެ.