22:25

މިއަދު ވެސް ރާއްޖެ އިން ރެކޯޑް އަދަދެއް: 328 މީހުން ފައްސިވެއްޖެ.

19:27

14:27

އިންޑިއާގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެ، ގައުމަށް މާޔޫސްކަން ވެރިވެފައިވަނިކޮށް އިންޑިއާއާ އެކުގައި ޔުނައިޓެޑް އަރަބް އެމިރެޓްސް (ޔޫއޭއީ) އިން ތިިބިކަން ދައްކާލުމުގެ ގޮތުން ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ބުރުޖް ޚަލީފާ އިންޑިއާ ދިދައިގެ ކުލަތަކުން ދިއްލާލައިފި.

10:39

ކ. ހިންމަފުށިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 16 އަށް އަރައިފި.

10:27

އިންޑިއާ އަށް މިވަގުތު ކުރިމަތިވެފައި ވަނީ ކޮވިޑް-19 ގެ ތޫފާނެއް ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބުނެފި.

10:25

މާފުށިން އިތުރުން 61 މީހަކު ކޮވިޑަށް ފައްސިވެއްޖެ.

10:14

މާންދޫ އިހާ: ފައްސިވި އަދަދު 54 އަށް އަރައިފި.

09:45

އިންޑިއާގެ ހާލަތު ގޯހުން ގޯހަށް، އިއްޔެވެސް ދުނިޔޭގެ ރެކޯޑެއް!

00:32

ގުޅީ ސްކޫލްގައި ކޮވިޑްގެ އިހަލެއް: ގިނަ ބަޔަކު ފައްސިވެއްޖެ.

މިއަދު ވެސް 253 މީހުން ވަނީ ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވެފައެވެ. މިއަދު މާލެއިން 147 މީހުން ކޮވިޑަށް ފައްސިވިއެވެ. މިއަދު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ފައްސިވީ 35 މީހުންނެވެ. އިންޑަސްޓްރިއަލް މަސައްކަތް ކުރާ ރަށްތަކުން މިއަދު 40 މީހުން ފައްސިވިއެވެ. އޭގެ އިތުރުން ރިސޯޓްތަކުން މިއަދު 31 މީހުން ފައްސިވިއެވެ. މިއަދު ރާއްޖެ އިން ކޮވިޑަށް ޓެސްޓް ކޮށްފައި ވަނީ 3549 މީހުންނެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމާއިއެކު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ވެސް އަންނަނީ ދުވަހުން ދުވަހަށް އިތުރު ވަމުންނެވެ. 3485 ކޮވިޑް ބަލި މީހުން ރާއްޖޭގައި ތިބިއިރު 123 މީހުން ވަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވެފައި ވަނީ 75 މީހުންނެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަނީ އޭޕްރީލް މަހުގެ 17 ވަނަ ދުވަހުން ފެށިގެން އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ދޮންދީނާ

  މިއީވެސް ކުޑަ އާބާ ދީއެއް އޮންނަ އިންޑިއާގެ އަވަށެއްނު؟ ނުވޭ ހައިރާނެއް!
  ޥެރިކަން ހަވާލު ކުރެވިފައި މިތިބީ އަމިއްލަ އެ ދުމުން ފޯވެފައި ތިބި ގައް ދާރުން ތަކަކާއި!
  ކޮންމެ ކަމެއްގައިވެސް ދޮގާ މަކަރާއި ވައްކަން.
  ބޮހަލާކު!

  11
  1
 2. ހުސެން

  ވެރިން ނިދާފަ ދެން ނޫސްވެރިން ކިތަންމެ ވަރަކަ ލިޔުނަސް އަލާލާނެ މީހެށްނެއް.މާލެ މަގުމަތީ މާސްކް ނާލާ މީހުން ގިނައީ މިހާރު.

  11
 3. ދެވަރެންދާ

  ކައުންސިލް އިންތިޚާބު ބޭނުމުގައި އެމްޑީޕީއާއި ސަރުކާރު ގުޅިގެން ހިންގި ޖަރީމާ ގެ ނަތީޖާ މިފެންނަނީ އިންޑިޔާގެ މޯ ދީ ހިންގާ މަގުން މިގައު ވެސް ހިނގަނީ!

  10
  1
 4. ާމުހައްމަދު

  މިހާރަކު އެއވެސް ބެލުމެއްނެތް ގިނަމީހުންގެ ޚާއްސަ ކޮށް މިސްކިތްތަކުގަވެސް ވަކިބަޔަކު މާސްކު ނާޅާ ޖެހިޖެގެން ތިބޭއިރު ވެސް ކެއްސާ މީހުން ކެއްސާ ހަދަނީ ބަލާނެބަޔަކު އަޅާލާނެ ބަޔަކުނެޔް ފިހާރަ ތަކުގަވެސް ހަމަ މިގޮތަށް ވަރަށް ދެރަ މިހާރު ބެލުމެއް ނެތްތާ އަޅާލުމެއވެސް ނެތް މުވަރު ބޮޑު ކަމާބެހޭ ފޜާތެއްވެސް ނެއް