މާލެ އަތޮޅު ގުޅީ ސްކޫލުން ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެ، ސްކޫލުން ކޮވިޑްގެ އިހަލެއް (ކްލަސްޓާއެއް) ފާހަގަ ކުރެވިއްޖެއެވެ.

ގުޅީ ސްކޫލުން މިހާތަނަށް ވަނީ 18 މީހަކު ކޮވިޑަށް ފައްސިވެފައެވެ. އޭގެތެރޭގައި ހިމެނެނީ 10 މުވައްޒަފުންނާއި އަށް ދަރިވަރުންނެވެ. ގުޅިން ކޮވިޑަށް ފައްސިވި ޖުމްލަ އަދަދު 20 އަށް އަރައެވެ.

ފައްސިވި ދަރިވަރުންގެ ތެރޭގައި އެލްކޭޖީގެ ދަރިވަރަކާއި ޔޫކޭޖީގެ ދެދަރިވަރުން ވެސް ހިމެނެއެވެ. އޭގެ އިތުރުން ގްރޭޑް ދޭއްގެ ދަރިވަރަކާއި، ތިނެއްގެ ދަރިވަރެއް އަދި ހަތެއްގެ ދަރިވަރަކާއި ނުވައެއްގެ ދެދަރިވަރުން ވަނީ ފައްސިވެފައެވެ.

މިއީ މިމަހުގެ 23 ވަނަ ދުވަހާއި ހަމައަށް ލިބިފައިވާ ނަތީޖާތަކެވެ. 24 ވަނަ ދުވަހާއި 25 ވަނަ ދުވަހު އެއްވެސް ސުންކެއްގެ ނަތީޖާ ލިބިފައެއް ނުވެއެވެ. ނަމަވެސް އެރަށުން ވަރަށް ގިނަ ސުންކު ނަގާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ގުޅީ ސްކޫލްގައި ކޮވިޑް ފެތުރުނީ ކިހިނެއް ކަމެއް ނޭނގެއެވެ. އެރަށުގައި ކޮވިޑް ފެތުރެމުން ދިޔަ ނަމަވެސް ރަށުގެ ކަމާބެހޭ އިދާރާތަކުގެ ބަހެއް އަދި މިކަމުގައި ނުލިބެއެވެ.

ކޮވިޑް ފެތުރެމުން ދިޔަ ނަމަވެސް މިހާރު މޮނިޓަރިންގައި ނެތް ހުރިހާ ރަށެއްގެ ސްކޫލްތަކުގައި އާއްމު އުސޫލުން ކިޔެވުން ކުރިއަށް ގެންދެއެވެ. ކިޔެވުން ކުރިއަށް ގެންދާއިރު ހުރިހާ ދަރިވަރުން ވެސް ތިބެން ޖެހެނީ މާސްކް އަޅައިގެން އަދި ގައިދުރުކަން ބަހައްޓައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. މާމަ

  އަ ދިވެސް މަ ދީ އިންޑިޔާ މީހުން ކަރަންޓީން ކުރަން ގެސްޓް ހައުސް ތަކުގައި ބޭތިއްބޭލެއް.

  13
  1
 2. ޓުއަރ އޮޕަރޭޓަރ

  ހޫން ގެސްޓުހައުސްތަށް އެންމެ ގިނަ ރައްތަށް ދޯ މިހާރު މި ހާލި ހާލިތަށް ފެންނަނީ؟

  12
 3. އަޙްމަދް

  ހާދަހާ ރީތީ ނަންނަމޭ ތިހުރީ ކޮވިޑް އިހަލެއް، ކޮވިޑް ކޯޅިއެއް، ކޮވިޑް ބޮނޑިެއް، ކޮވިޑް ފައްޗެއް، ކޮވިޑް ބަސްތާއެއް،
  ޤަރުނުހެ ބޮޑު ޖޯކު ކޮވިޑް 19 އޭ މިިޔާ ޚިޔާލީ ފޮލާ.

  8
  8
 4. ޕޮގުބާ

  ކޮވިޑް ނޫން ބަތްޔެތް މި ދުނިޔޭގަ ނެތީތަ؟ ކޮބައިތަ މީގެކުރިންޖެހުނު ފާޑް ފާޑްގެ ރޯގާތަށް އެޗް 1 އެންވަން ސާސްރޯގާ މާސްރޯރާ ނެތހީތަ މި ދުނިޔޭގަ

  6
  5