ކޮވިޑް-19 ގެ ބަލިމަޑުކަމާއި އޭގެ ސަބަބުން ކުރިމަތިވެފައިވާ އިގްތިސާދީ ތަދުމަޑުކަމުގައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ މެދު ރައްޔިތުން ގަޔާވާތީ ވާދަވެރި ފަރާތްތަކުން "ހިތުގައި ޖެހިފައިވާ" ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މައުސޫމް މިހެން ޓްވީޓެއް ކުރައްވާފައިވަނީ އަވަށްޓެރި އިންޑިއާގައި ކޮވިޑް-19 ގެ ބަލިމަޑުކަން މި ދުވަސްވަރު ބާރަށް ފެތުރެމުންދާ ދަނޑިވަޅެއްގައި ވެސް އިންޑިއާއާއި ރާއްޖެއާ ދެމެދު ކުރާ ދަތުރުތައް މެދުކަނޑާނުލައި ކުރިއަށް ގެންދާތީ، ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ. އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން ވެސް އެ ކަމަށް ދަނީ ފާޑުކިޔަމުންނެވެ.

އިންޑިއާގެ ފަތުރުވެރިންނަށް ސިޓީ ހޮޓާތަކަށާއި ގެސްޓްހައުސްތަކަށް ނާދެވޭ ގޮތް ހަދަން ނިންމީ ވެސް ބައެއްގެ ޕްރެޝަރު ބޮޑުވެގެން ކަމަށް މިނިސްޓަރ މައުސޫމް އިއްޔެ މީޑިއާގައި ވިދާޅުވެފައި ވެއެވެ.

މިނިސްޓަރު މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ތާށި ވަގުތެއްގައި ވެސް ގައުމުގެ އިގްތިސާދު ހިންގުމުން ރައްޔިތުންގެ މުހުތާދުތަކަށް ކޮންމެ ވެސް ވަރެއްގެ ތަސައްލީއެއް ލިބިގެން ސަރުކާރާ މެދު ރައްޔިތުން ގަޔާވެފައިވާ ކަމަށެވެ. އެކަމާ ބަޔަކު ހިތުގައި ޖެހިގެން އެކި ވާހަކަ ފަތުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައްޔިތުން ސަރުކާރާ ގަޔާވާތީ ބަޔަކު ހިތުގައި ޖެހުނަސް، ރާއްޖޭގެ އިގްތިސާދުގެ ބޮޑު ހިއްސާއެއް ކުރާ ފަތުރުވެރިކަން ސިޔާސީ ކޮށްގެން އެ ބަޔަކަށް ސިޔާސީ މަންފާއެއް ލިބިދާނެބާ.؟" މައުސޫމްގެ ޓްވީޓްގައި ސުވާލު އުފައްދަވާފައިވެއެވެ.

މައުސޫމްގެ ޓްވީޓަށް ވެސް ގިނަ ބަޔަކު ފާޑުކިޔާފައިވެއެވެ. އިގްތިސާދު ހިނގަމުންދާ ކަމަށް މައުސޫމް ވިދާޅުވިޔަސް ގިނަ އަދަދެއްގެ ޒުވާނުންގެ ވަޒީފާ ގެއްލި އަދި އާމްދަނީ ލިބޭނެ ގޮތްތަކެއް މި ދަނޑިވަޅުގައި ހަމަޖެހިފައި ނެތުމުން އިގްތިސާދު ހިނގަމުންދާ ކަމަކަށް ގަބޫލު ކުރަން ދަތި ކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ. އަދި ރޯގާ ރާއްޖޭގައި ބާރަށް ފެތުރިއްޖެނަމަ އިގްތިސާދެއް އޮންނާނެތޯ ވެސް ގިނަ ބަޔަކު ސުވާލު އުފައްދައެވެ.

އިންޑިއާ ފަތުރުވެރިންނާއިމެދު އެޅި ފިޔަވަޅާއި ގުޅިގެން މައުސޫމް ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވާ ގޮތުގައި އިންޑިއާގައި ކޮވިޑް ބާރަށް ފެތުރުނުނަމަވެސް ރާއްޖެ އިން އިއްޔެ އެޅި ފަދަ ފިޔަވަޅެއް އަޅާކަށް ނުޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

47 ކޮމެންޓް

 1. ބެއްޔާ

  ރައްޔިތުން ވޯޓް ދިންގޮތުން ހިތުގައި ޖެހިފައިތިބީ ސަރުކާރުގެ ވެރިން. ރައްޔިތުންނަށް ދޭންޖހެ ކޮށްދޭންޖެހޭ ކަންކަން ނުކުރެވިވަނީ

  138
 2. ރައްޔިތު

  ތާކު ހުރި ފައްކާ މަރުމޯލެއް..!

  126
  1
 3. މަސްތީ

  މައުސޫމޫ..! ގަޔަކާނޫންވަނީކީ، ވަނީ ހިތާ!!!! އެހެންޏާފަހެ، މުޅިގައުމު އަނދަވަޅަކަސް ވައްޓާލާ، ގައުމު ވިއްކާލާ ރައްޔިތުން މިވަނީ ނިކަމެތހިވެފަ!

  129
  1
 4. ކޮވިޑް

  މައުސޫމް ދޮންބެ ތިހެން ބުނީމަ ދެން ކިހިނެއް އެއްޗެއް ނުބުނެ ހުންނާނީ ؟ދޮންބެ ތިބުނަނީ މިޤައުމުގެ ރަތްޔަތުން ގަޔާޔަނީ ކަރަޕްޝަނާ އޭތޯ؟ ކޮވިޑް އެންމެ ނާޒުކު ދުވަސް ވަރު ތިޔަމިނިސްޓްރީ އާ އޭރު ހަވާލުވި މީހާ ކުރީ ރަތްޔަތުން އެދޭ ކަންތަށް ތޯ؟ ހެލްޓް މިނިސްޓަރ ވެންޓިލޭޓާ ތައް ހޯދަން ރައްޔަތުން ފެ ފައިސާ ހަރަދު ކޮށް ވެ ނުލިބި ވަނީ އެ އީ ރަތްޔަތުން ބޭނުން ވި ގޮތް ތޯ؟ މިހެން ވީމަ ދެން ކިހާ ޖޭ ވާނެ ދެއްތޯ ދޮންބޭ؟

  115
  1
 5. Anonymous

  ތިޔަ ބޭފުޅާ ގޭދޮށު ދެތިން މީހަކާ، ދެން އެނޫންވެސް ތަނެއް ދޮރެއް ނޭންގޭ މީހުންތަކަކާ!!! އަހަރުމެން ގަޔާއެއް ނުވޭ. މޮޔަވެބަލަ....

  98
 6. ޥެރިޔާ

  ކަލޯމެން ޔާނު ވެރިކަމުގަ ޓްއަރިޒަމ. ބޮއިކަޓްކުރަން ގޮވާ ފިތުނަ ތައް އުފެއް ދި ފިތުނަ ފި ދަނަ ތައް ލަ ދުޙަޔާތް ކޮބާ؟ ކަލެއަށްތިޔަކަމެއްނުވާނެ؟! ޢިންޑިޔަނުންނަކަށް ޓްއަރިޒަމްގެ ފައި ދާ އެްއް އެހެންބަޔަކަށްވެސް ހޯ ދާނު ދެވޭނެ

  93
 7. ސައިކޯބެ

  މިއީ އަނެއްކާ އަނެއް ކަޑުކޮސް އިތުރަށް މީނަގެ ވަނަވަރު ކިޔައިދޭކަށް ނުޖެހޭނެ މިސޮރު މަޖިލިސްގަ އުޅުނު އިރު ދެއްކި ދެކޮޅު ހަމަނުޖެހޭ ވާހަކަތައް ވާނީ އަޑުއިވިފައި ސަރުކާރާއި މީހުން ގަޔާވާކަން ކައުންސިލް އިންތިހާބުގައި ވަނީ ފެނިފައި އަދި މިނޫނަސް ކަލޯ ސޯޝަލް މީޑިޔާގައި ސަރުކާރު ގަޔާވާ ވަރު އެބަ ފެނޭ މީނައަކަށް އިތުރު ގޮތެއް ނޯންނާނެ އެހެން ނޫނަށް ރާއްޖޭގައި އޮތް ކޮރަޕްޝަނުން ފުރިފައިވާ މީހުން ތިބި ޕާރޓީގެ ވަޒީރެއް މިއީ ރައްޔިތުން ގަޔާވާނީ މިހާ ވަރަށް ނަސީބެއްނު މީނާ ރައްޔިތުން ސަރުކާރު ދެކެ ހިތާވާ ވަރު އޭ ނުބުނި ކަން

  81
 8. މިނިވަން މީހާ

  ކަލޯ އިދުކޮޅު މީހުންނަކީ އެޗްޕީއޭ ދޯ މަށަށް އޮޅިއްޖެ މިހާރު ސަބަބަކީ އިންޑިޔާ މީހުން އައުން ކޮންޓްރޯލްކޮށް ވަކި ސިސްޓަމަކަށް ފެއްތީ މައިމޫނާއައްތަ ދެން ކަލޯ ކިޔާއެއްޗެއް ދިމާނުވެ މިއީ ކިޔަވައިގެނ ްހުރި ސޮހޮލެއް އައްޑުއަށް ގޮސް އެއަތޮޅަށް އަންނާނީ ޕައުންޑޭ ބުނި މީހާ މިއީ ހަމަޖެހޭ މީހެކޭ ދެންނެވޭ ކައްނެތޭ ސޮރީ ބްރޯ

  79
  1
 9. އަލީ

  ތިޔަ ސަރުކާރާ ގަޔާވެދާނެތަ ބުއްދި ހަމަޖެހޭ ބަޔަކު؟؟؟ ޕެއްއްއް

  77
 10. މާމީ

  ބޮޑު ކެލާގަނޑާ ރައްޔިތުން ގޔާނުވާކަން އަދިވެސް ބީތާއިންތަކައް ނުވިސްނޭތަ؟ ވޯޓުން ބަލިކުރީމަވެސް...

  75
 11. ރަށުމީހާ

  އެހެން ވީމަވަރައް ސާފްކޮންތިވިދާޅުވަނީ ގައުމުގެރައްޔިތުންގެ ފުރާނަޔަށްވުރެން ވެސްފަތުރުވެރިން އަތުންލިބޭ ޑޮލަރުގެ އަގުމާބޮޑޭތޯތިވިދާޅުވަނީ؟

  65
 12. ހުސޭނުބޭ

  ކަލޯ ތި ހީކުރަނީ މި ސަރުކާރަކީ ރީތި އަންހެންކުއްޖެއްކަމައްތަ؟ މި ސަރުކާރަކީ ވަގާއެއް! ބޮޑު ދުއްޕާނެއް! ކޮށްދިން ކަމެއް ނެތް! ބައިތުލްމާލުގައި ލޯލާރިއެއްގެވަރުވެސް ނެތް!

  70
  1
 13. ހީހޫތަނުން ކެއުން

  ވަގު ސަރުކާރު ރައްޔިތުންގެ ބައިތުލް މާލު ހުސްކޮށްފި ދެން ކޮންޖޭއެއް މި ވަގު ސަރުކާރު ދެކެ ރައްޔިތުން ވާނީ ކޮބާތޯ އަށްޑޫ އަށް ލިބުނު ހާ ޕައުންޑް.

  48
 14. ޒަރީ

  ވަރަށްގަޔާވާނެ ތިބޭފުޅާގެއަމިއްލަ ރަށް ކަމުގައިވާ ހއ.ކެލައިންވެސް ސަރުކާރަށްނޫނެކޭބުނެފައެއޮތީ ކޮންމެމީހަކުވެސް ބަލަނީ އަމިއްލަޖީބުބޮޑުކޮށް ބޮޑެތިމަގާމްތައްލިބޭތޯ ރަތްޔެތުމީހާ ސަރުކާރަށް 20އަހަރު ނުވަތަ 40އަހަރު ވަންދެން ބުރަމަސައްކަތްކޮށްދިނީމަ ޕެންސަންގޮތުގައި ދޭ 700 ނުވަތަ 500ރުފިޔާވެސް ތިޔައުޅެނީ ކަނޑާނުލެވިގެން މިމީހުންވެރިކަމަށްއަތުވެއްޖެއްޔާ އަބަދުވެސްބަލާނީ ރަތްޔެތުންއިނދަޖައްސާލެވެތޯ މިމީހުންނަށް =/70000 ނުވަތަ =/80000ރުފިޔާ މުސާރަ އޯކޭ ނިކަމެތި މީހާއަށްލިބޭ 500ރުފިޔާއަކާ އަޅާގަނެގެން އަބަދުވެސްއުޅޭނީ އެހެންވީމަ ތިބޭފުޅުންނަށް ވަރަށްތާއިދުބޮޑުވާނެ

  43
 15. އަފީ

  ތީމީހަކު މިނިސްޓަރު ކަންދޭވަރުގެ
  މީހެއްނޫން ވާހަކައެއްދައްކަން އިގޭ
  މީހެއްވެސްނޫން ތިކަހަލަ ތަންދޮރު
  ނޭގޭ ގަމާރުންލާގެން ހިންގާސަރުކާ
  ގަޔާވާނީކޮން ރައްޔެތެއްތޯ ފައިސާ
  ޖެހުންނޫންކަމެއް ނޭގޭ ކިހާރައްޔެތުން
  ގަޔާވާނެ ރައްޔެތުންމިތިބީ ބަނޑައްޖެހިފާ
  ކިހާގަޔާވާނެ ރައްޔެތުން ތިތިބީ މިހާރުސޯޓުބޭލިފާ
  ކިހާގަޔާވާނެ ވިލިމާލޭގެވޯޓް ހޯދީވެސް
  ލާރިދީގެން ހެންނޫންނަމައެއްމެ ވޯޓެއްވެސް
  ނުލިބޭނެކިހާގަޔާވާނެ ލަދެއްހަޔާތެއް
  ގެކަންފުޅެއްވެސްނެއްބަ ޔަކު ވޯޓް
  ވަގައްނަގާގެންވެރިކަމައް އައީމަ
  ކިހާގަޔާ ވާނެތޯ ރައްޔެތުމީހާ ދެންނުވިއެއް
  ނު އިސްތިއުފާ ދީފަގެޔަތްދޭ ބަލަ
  އޭރުން ރައްޔެތުމީހާ މާގަޔާވާނެ؟

  37
 16. އާމާލު

  މަ ހީނުކުރަން މަޢުޞޫމަކީ މިފެންވަރުގެ މީހެއްކަމަކަށް! މަޤާމު ދިފާޢުކުރަން ޅޮހުގައި އާރުހުންނާނެޔޭ ބުނާނެކަމަކަށް ހިއެއްނުކުރަން!

  44
  1
  • ރެޓޭ

   ވ. ބޮޑު ތެދެއް. 👍

 17. ބުއްލާ

  ސަރުކާރެއްދެން ރަގަޅުވާނީ މިވަރަށް! އެންމެ ކުދިވަޢުދުންފެށިގެން އެންމެ ބޮޑަތި ވަޢުދުތައވެސް ހުރީ ހުރި ތަނުގައި! ދައުލަތަށް އާމުދަނީއެއް ލިބެނީ ޔާމީން ހޯދާފަހުރި އެސެޓްތަކުން. ރައީސުލްޖުމްހޫރިއްޔާއޭކިޔަފަ ގޮނޑިޔަކު ބޮއްޔެއް ބައިންދައިގެން ތިޔަ އޮފް އަރުވަނީ!

  36
 18. މ

  މައުސޫމަކީ ހުސް އަނގައެއް ކުރެވުނު ކަމެއް ނެތް އެމް އެމް ޕީ އާރު ސީން ރަށްތައް ދިން ފަރާތްތައް ހާމަނުކޮށްގެން އައިކޮމް އިން ފުލުހަށް މައްސަލަ ހުށަހެޅިކަން އެނގޭތޯ މަނިކުފާނު އަޑަށް ބާރުލާފައި ބުނުއްވި ހާމަ ކުރާނަމޭ ނުކެރުނު ރަށްތައް ދިން މީހުން ހާމަކުރާކަށް އަދި ވެސް ވާހަކަ ދަްކާތި ނުކެރޭނެ ރަށްތައް ދިން ފަރާތް ހަާމަ ކުރާކަށް ވަޒީރުކަމުން ވަކި ކުރާނެ އަދި ކަލޭގެ މަސްލަހަތު ވެސް ހިމެނޭ
  ކޮބައިތޯ ޓޫރިޒަމް ބޮއި ކޮޓް ކުރަން ގޮވި އިރު މަނިކުފާނު އޭރު ނިދާފަތޯ ނޫނީ ދުނިޔޭގައި ނޫލުއްވަނީތޯ

  32
 19. ޛސޖ

  ގަޔާ ވާވަރު ފެނިއްޖެނުން އިންތިހާބެއް ބާއްވާލީމަ. މަކުރިން ހިޔެއް ނުކުރަން މަސޫމް އަކީ މޮޔަކުއްޖެއް ކަމަކަށް އެކަމު މިހާރު ގަބޫލުކޮށްފިން ތީ މޮޔަ ގަމާރު އަދި ކަނު ގޮލަޔެއްކަން.

  36
 20. Anonymous

  ޕްރޮޕޯސް ކުރަން ރަނގަޅު އަނގޮޓިއެއް ނެތިގެން މިތިބެނީ! އެހާވެސް ސަމައްތަރު ހެޔޮ އޮޅަލި ކުލައިގެ މީހެއްވީމަ ހަމަ ކިރިޔަކިރިޔާ މިތިބެވެނީ! ކިތަންމެ ގަޔާވިއެއްކަމަކު ކައިވެންޏަކާ ނުލައި ހިތްއެދޭ އުފަލެއް ހާސިލެއ ނުކުރެވޭނެތާދޯ؟ އެކަމަކު އޮބިއޮންނަނީ ލައްކަ ހިތްވަރުން.

  32
 21. ައަހުމަދު / އައްޑޫ

  ޑރ. މައުސޫމް...... ނާސިގެތަކަށް، ކަރަންޓީންވާން، މިނޫނަސް ޓޫރިސްޓު ގިންތިއަށް ނުފެތޭ މީހުން ކޮންމެވެސް ގޮތަކުން ރާއްޖެ އައުމާއެކު ރިޕޯރޓެއް ހަދާ، މިވެނި ވަރަކަށް ޓޫރިސްޓުން އަތުވެއްޖޭ ކިޔާ އިއުލާނު ކުރުމަކުން، އެއީ މައުސޫމަށް ކުރެވެނު މަސައްކަތަކުން ކުރެވުނު ކަމެއްކަމަށް ދެކިލެއްވުމަކީ ވަރަށް ނާތަހުޒީބު އަމަލަކައްނޫނީ ނުވާނެ. އަދި ހަރުދަނާ ސިޔާސީ މީހަކަށްވެސް މީހުންބަލައެއް ނުގަންނާނެ. ހަމަ އެކަނި ފިކުރުކުރާ މީހަކަށް ނުވެ ފިކުރުކޮށް ވިސްނާމީހަކަށް ވޭތޯ ބެލުން ބުއްދިވެރި.

  31
 22. ފާއިޒު

  "އިންޑިއާގެ ފަތުރުވެރިންނަށް ސިޓީ ހޮޓާތަކަށާއި ގެސްޓްހައުސްތަކަށް ނާދެވޭ ގޮތް ހަދަން ނިންމީ ވެސް ބައެއްގެ ޕްރެޝަރު ބޮޑުވެގެން ކަމަށް މިނިސްޓަރ މައުސޫމް އިއްޔެ މީޑިއާގައި ވިދާޅުވެފައި ވެއެވެ."

  އެހެންވީމާ، މިއިން މި އެނގެނީ ރައްރަށު ރައްޔިތުންގެ ތެރެއިން އެތައްބަޔަކަށް ކޮވިޑު ޖެހި ރަށްރަށް ފުރަބަންދުކުރަން ޖެހުމަކީ ސަރުކާރު ކަންބޮޑުވާކަމެއް ނޫންކަން ދޯ. އެހެން ބައެއް ޕްރެޝަރ ކުރީމަ ދޯ ކަންކަން ހައްލުކުރާން ވިސްނަނީވެސް. ދޯ

  26
  2
 23. ޢަހަންމާ

  ޤަޔާވާވަރު ބޮޑުތަނުން ފެނިއްޖެ މިހާރުވެސް. ޢަގަ އޮތީމާ މަޤާމު ދިފާއުކުރަން ދައްކާ ބޭކާރު އަގަ ތިތަޅަނީ

  28
  1
 24. ހައްހާ

  ފާޑުކިޔުން ހަޖަމުނުވާ ބޭފުޅެއް.

  27
  1
 25. ޙޯނު

  ކޮބާ ކަލޭ އައްޑުއަށް ގެނައި ޕައުންޑުތަށް.
  އެވާހަކަ ދައްކަބަލަ..

  30
  1
 26. ފިޔަވަޅު

  މި ބައިގަނޑުތެރެއަށް ވަދެއްޖިއްޔާ ހަމަ މަރުމޯލަކަށް ވަނީ

  30
  1
 27. Anonymous

  ރަށްޔިތުން ކިޔަނީ ވަކި ބަޔަކަށްތަ އެމްޑީޕީއަށް ތާއީދުކުރާ މިހުންނަކީ ރަށްޔިތުންތަ

  26
 28. ޖައުފަރު

  މައުސޫމު މެން ހިތުގައި ޖެހިގެން ބޭކާރު ވާހަކަތިދައްކަނީ. ރާއްޖޭގެ އިގްތިސާދު ރަނގަޅުވީމާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެކަމުގެ ފައުދާވަަނެ. އެކަކުވެސް އެކަންބޮޑުވެގެން ނޫޅޭނެ. މައުސޫމުމެން އިރުއިރކޮޅާ ސިޔާސީވާހަކަ ދައްކަނީ. އިންޑިޔާއިން ޓުއަރިސްޓުން އަންނާތީ ރާއްޖޭގެ އެކަކުވެސް ކަންބޮޑުވެގެން ނޫޅޭ. މައްސަލައަކީ މިވަގުތު އިންޑިޔާއަށް ދިމާވެފައިން ބަލިމަޑުކަމުގެ ސަބަބުން އޭގެނުރައްކާތެރިކަން އިންތިހާއަށް ބޮޑުވެފައިވާތީ މުޅިދުނިޔެއިން އިންޑިޔާއަށް ދަތުރުކުރުމާއި އަދި އެގައުމުގެ މީހުން އެހެންގައުމުތަކަށް ދަތުރުކުރުން ރައްކާތެރި ކަމަކަށް ނުވަަތީ ދުނިޔޭގެ ގިނަގައުމުތަކުން އިންޑިޔާމީހުން އެގައުމުތަކަށް އެތެރެވުމުގައި ހަރުކަށި އުސޫލުތަކެއް އޮތުމުން، މިރާއްޖެއަށް އެއްވެސް އުސޫލެއެެއް ނެތި އިންޑިޔާމީހުންނަށް އެތެރެވެ އަދިއެމީހުން ބޭނުންގޮތަކަށް އުޅޭތީ އެވާހަކަ މީހުން މިދައްކަނީ. މައުސޫމު މެންއޮޅިގެން އުޅޭތީމިވާހަކަ ބުނެލީ

  16
  2
 29. ޓިނު ވަގު

  ތިޔަހެން ނޫޅެންޏާ ސްލޮޓުން ވައްޓާލާނެ ވިއްޔާ... މިިއީ ވާ ސަރުކާރެއްް....

  18
  1
 30. ތ

  ޓޫރިޒަމްގެ ރަންޒަމާން ދައްކާލާނެމޭ ބުނުއްވި ކޮބައިތޯ ރަންޒަމާން
  އަނގަފޮނި

  19
 31. ނޫސްކިޔާމީހެއް

  ގަޔާވާކަން އެންމެ ފަހުން ނެގި ވޯޓުން ހާމަވޭ.ކަލޭ ތިހުންނަނީ މަގާމް ދިފާއުކުރަން ސަރުކާރަށް ސަނާކިޔުމުގަ.ކަލޭގެ ލަދު ކޮބާ؟

  17
 32. މަސްއޫސު

  މިހިރަ ގައުނައިބާ ސަރުކާރާމެދު ރައްޔިތުން ހިންހަމަ ޖެހޭލެއް ބޮޑުކަމުންދޯ މާލޭގެ މޭރުކަން ޑ.މުޢިއްޒުއަށްދިނީ ވަޒީރުކަމުގެ ދަހިވެތި ކަމުގައި ކިޔޭނުކިޔޭވެސް ނޭގެނީދޯ؟

  16
 33. ގަބޭ ލަތީފު

  އިންޑިޔާ ސަރުކާރާއި ވެރިން ގަޔާވާތީތަ......................

  16
 34. ފިޔަވަޅު

  ޢެބުނާހެން ، ހިތުގާ ޖެހުނީ ރައްޔިތުންނެއް ނޫންތަ.
  ޢިދިކޮޅުގާ ތިބީ ރައްޔިތުންނެއް ނޫނޭތަ މި ބުނަނީ .

  ކިޔަވާފަ ހުއްޓަސަ ކަމަކުނުދާނެ ބުއްދީގެ ބޭނުން ކުރަން ނޭންގެންޏާ.

  17
 35. މޯދީ

  ޢޑޕ ޖޭވަނީ ދިވެ ހިން މަރާ ހުސް ކުރަން ލިބުނު ފުރުސަތު ގެއްލުނީމަ. ޢިންޑިއާ މީ ހުން ކަރަންޓީނަށް ގެންނަން ހެދި ޑީލްގެ ދަށުން އިންޑިއާ ސަރުކާރުންދޭ ރިސްވަތު ހުއްޓުނީމާ ވެސް ކައްކާ އަށް ކޮސްގޮވޭނެ.

  13
 36. ޙހހހ

  މީނަވެސް އެމްޑީޕީ މީހުންނާއި އެކުވީމަ ހާދަ ނުލފާވެއްޖެއޭދޯ ، ތީ އެމްޑީޕީގެ އަބދުވެސް އަމާޒަކީ ، ގަދަރުކުރާމީހުންގެ އަނބުރު ހަަޑިކޮށް ރައްޔިތުން އެމީހުންނާށް ކުރާ ޤަދަރު ދުއްވާލުން ، މިސާލު ، މައުމޫން ، އިމްރާން ، ޤާސިމް ، އަލީވަހީދު. މީ ކުރީގައި ޤައުމީ ބަސް އިޚްތިޔާރުކުރިބައެއް މިހާރު މީހައްޕުނޑ

 37. ނަޝީދު

  މީ އަނެއްކާ އަނެއް ބުރާންތި ކާކު އުޅެނީ ތަނެއް ދޮރެއް ނުދަންނަ ސަރުކާރަކާ ހަސަދަވެރި ވެގެން ..

 38. މައުސޫމިޒަމް

  މައުސޫމިޒަމް އަކީ މަޤާމުގެ ދަހިވެތިކަމުގައި ރޯމާދޫވާލު ރައްޔިތުންނަށް ފެންނަ ހުންނަ ހަގީގަތް އޮޅުވާލާ އަދި އެމީހުން ސަރުކާރުގައިނެއްތްއިރު ސަރުކާރަށް ޖެއްސުންކޮށް ރައްޔިތުންނަށް ނިކަމެތިންކަން ދިނުމަށް ފާޅުގާއި މައްކަތްކޮށް އަދި އެބައިމީހުނަށް ސަރުކާރު ލިބުނީމާ ރައްޔިތުންގެ މުދާ ފޭރި ދޮގުހަދާ އޮޅުވާލުމަށް މަސައްކަތް ކުރާ ވަޒީރުންނަށް ކިޔާ ނަމެކެވެ.

 39. ފަޒީލާ އަލީ

  މިހިރަ މީހެއްދޯ؟މަގާމުގެ ދަހިވެތިކަމުގަވެސް ބޮޑުވަރު ތީ.ގާސިމް ބުނި ރޯދަ ވީއްލުމަކަށް އަންނާށޭ ވެސް.

 40. ޭައަޙްމަދު

  މީ ރަމަޟާން މަސް ވީމަ
  ނޫން ނަމަ ކަލޭގާތުގަ ބުނާނަން ރައްޔިތުން ގަޔާވި އެތީގެ ވާހަކަ

 41. ފާތާނިކެ

  ސަރުކާރަކާ ނޫން ގަޔާ ވަނީ... ކަލެޔާ ގަޔާވަނީ.. ރައްޔަތުން ބޭނުންވަނީ ކަލެއާ އިންނަން..ކަލޭ ރީތިކަމުން.

 42. މާސޫމްބެރު

  މައުސޫމް ކަލެއަށް ވަރަށް ބޮޑަށް އޮޅިވަޑައިގެން ފަ ތިހުރީ. ސަރުކާރު ފެއިލްވެއްޖެ، އިންތިޚާބަށް މަޑުކޮށްގެން މިތިބީ. ހަޑި ނުވެ ހުރޭ!

 43. އަނބުދޮންއަލީ

  ރައްޔިތުން ސަރުކާރާ ގަޔާވާތީ ބަޔަކު ހިތުގައި ޖެހިއްޖެ: މައުސޫމް އެކަން އަގިއްޖެނޫންތޯ ލޯކަލް އިންތިހާބުން ވަކިއަޅައިގެންނާއި ނުފޫޒްފޯރުވައިގެންނާއި ދެންވެސް ފޯރުވިއެއްޗެއް ފޯރުވައިގެން ކިރިޔާ ސަލާމތްވީ ލަދެއް ނެތްމީހަކު ކޮންމެ އެއްޗެއްވެސް ކިޔާފާނޭ ކިޔާ އަޑުއަހަން މައުސޫމޫ

 44. ޙ

  ޢިގްތިސާދު ރަނގަޅުވެގެންތޯ ފައިސާޖަހަންމިޖެހެނީ . އިގްތިޞާދުރަނގަޅުވެގެންތޯ ޕެންސަންނުދޭންނިންމަން އުޅެނީ . ޢިގްތިޞާދު ރަނގަޅުވެގެންތޯ މުެސއްސަސާ ތަކަށއ ބޭނުންވާތަކެތި ނުދެނީ

 45. ަުހުސެން

  އެހެންވީމަ ރަޔިތުން ނަށްތާލަން ނުކުންނަންވީއެއްނު.

 46. އަލިބިޔާއްކަލޯ

  އަޅެ ތަކުރާ
  އެއީ
  ކޮންބައެއްތަ؟؟؟