ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އަދި މަޖިލީހުގެ ސުލޫކާއި އިމްތިޔާޒް ކޮމިޓީއަށް އޮޅުވާލާފައިވާ ކަމަށް ކަނޑައަޅައި އޭނާއަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެެރަލް (ޕީޖީ) އޮފީހަށް ފޮނުވަން އެ ކޮމިޓީއިން ނިންމައިފިއެވެ.
މަޖިލީހުގެ ސުލޫކު އަދި އިމްތިޔާޒު ކޮމިޓީން މަލީހްގެ މައްސަލައެއް ބަލައިދިނުމަށް އެންގެވީ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެއީ މަލީހްގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ޖަވާބުދާރީވަމުން މަޖިލީހުގެ މެންބަރުންނަށް ތުހުމަތު ކުރައްވައި ވާހަކަ ދެއްކެވުމުންނެވެ. މަޖިލީހުގެ މެންބަރުން ވަޒީރުންނަށް ބިރު ދައްކަމުންދާ ކަމަށް މަލީހް ތުހުމަތު ކުރެއްވިއެވެ.
މި މައްސަލަ ދިރާސާކޮށް ނިންމައި މަޖިލީހުގެ ސުލޫކު ކޮމިޓީއިން އެކުލަވާލި ރިޕޯޓްގައިވާ ގޮތުން ކޮމިޓީއަށް މަލީހް ހާޒިރުކޮށް އޭނާއާ ކޮމިޓީގެ މެންބަރުން އަމާޒު ކުރި ސުވާލުތަކަށް ޖަވާބު ދީފައިނުވާތީ އޭނާ ކޮމިޓީއަށް އޮޅުވާލާފައިވާ ކަމަށް ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ހަ މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
މި ރިޕޯޓް ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައެެވެ. އެޖެންޑާގެ ތަރުތީބަަށް ބަލާއިރު މި މައްސަލަ އޮތީ އެޖެންޑާގެ ވަރަށް ފަހަތުގައެވެ. އެހެންކަމުން މިއަދުގެ ޖަލްސާގައި މި ރިޕޯޓަށް ބަހުސް ކުރަން ނުފެށިދާނެ ކަމަށް ވެސް ބެލެވެއެވެ.
ކޮމިޓީ ރިޕޯޓްގައި ވެސް ފާހަގަކޮށްފައިވާ ގޮތުން، މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރު ކުރެވޭ ފަރާތަކުން ގަސްތުގައި ކޮމިޓީއަށް އޮޅުވާލާފައިވާނަމަ ގާނޫނުގައި ބަޔާން ކޮށްފައިވާ އަދަބަކީ 3،000 ރުފިޔާއާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. ނުވަތަ ތިން މަސް ދުވަހާއި ހަ މަސް ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ ދަށުން، މިފަދަ ކުށެއް ކުރި ކަމަށް މަޖިލީހުން ކަނޑައަޅާ މީހަކާ މެދު ފިޔަވަޅު އަޅާނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމަށް ފަހު، ޝަރީއަތަށް މައްސަލަ ގެންގޮސް ޝަރީއަތް މެދުވެރިކޮށެވެ. މި ގޮތުން ޝަރީއަތުގައި އެ ފަރާތަކުން އެ ކުށް ކުރި ކަން ދައުލަތުން ސާބިތު ކޮށްދޭން ޖެހެއެވެ.
ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޒީރު ކަމުގައި ހުންނެވި މަލީހްގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކުރި ފަހުން އޭނާ ވަނީ ޖޭޕީ ދޫކުރައްވައި ވަޑައިގެންފައެވެ. އަދި ނިމިދިޔަ ކައުންސިލް އިންތިޚާބުގެ ކެމްޕޭން ދުވަސްވަރު ބޭއްވި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ބައެއް ހަރަކާތްތަކުގައި އޭނާ ބައިވެރިވެވަޑައިގެންނެވިއެވެ. އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރަކަށް މިހާރު ހުންނެވި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދަކީ މަލީހްއާއި ދެބެއިންގެ ދެދަރި ބޭފުޅެކެވެ.
މަލީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ދިޔަ ޖަލްސާގައި ވާހަކަ ދެއްކެވި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ހަރަކާތްތައް ރޭވުމުގައި ދައުލަތުގެ ކާރު ފަދަ ވަސީލަތްތައް މަލީހު ބޭނުން ކުރައްވާ ކަމަށް ތުހުމަތު ކުރައްވައިފައެވެ.
އެހެން ވިޔަސް މަލީހްގެ އިތުބާރު ނެތް ކަމުގެ މައްސަަލައިގެ ޤަރާރުގައި ފާހަގަކުރައްވާފައިވަނީ މަލީހްގެ ވުޒާރާއިން ފަރުމާކުރަން ޖެހޭ ޤަވާއިދުތަކެއް ނުނިމޭތީއާއި މުވާސަލާތީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރަން މަލީހް އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމުގައެވެ. މަލީހް މި ކަންކަމަށް އިންކާރު ކުރައްވާއިރު، ހުސްވެގެން ދިޔަ ކޮމިއުނިކޭޝަން މިނިސްޓަރު މަޤާމަށް އަދި އެހެން ބޭފުޅަކު އައްޔަން ނުކުރައްވައެވެ.
ހޫން....... ޑިމޮކްރަސީ މިހާރު ތިއޮތީ އޮޅާލަފައެއްނު! ދަޢުވާ ކުރަނީ މަޖިލީހު ކޮމިޓީން! ހުކުމްކުރަނީ ކެނެރީގެއިން! ދެން ބުނާނެ ތިމަން މީ ޑިމޮކްރަސީގެ އައްޕައޭ!
ތިފެންނަނީ ބިރު ދެއްކިކަމުގެ އުންސުރު ދެއްތޯ؟ ތީ ބިރުދެއްކުމެއް ނޫންތޯ ؟ މިހާރު ތިބިވަޒީރުން ނަށް ތި ދެއްކެނީ ބިރު ދެއްވެނީ އިންޒާރު، މޮޔައިން ޤާނޫން ހަދަން ލީމަ ވާނެ ހަޔެތި މިވަނީ މި ޤައުމުން.
މާލީހަށް ތޯ ދަޢުވާ އަ ދިވެސް ކުރަންވީ ކަންނެލި އޮޑިން ދުޢާ ދެއްވި ނާގާބިލު ވެރިޔާ އަށް ތޯ ދަޢުވާ ކުރަންވީ
ބުއްޅަބޭ 3 ތި.އަތައްލާ މުޅިއެތި ފުނޑާލަނީ ޖާބެ އަވަހައް އާދޭ ލަންކާއިން މިސޮރު ބޭރުކުރައްން މީނަޔައް ރައްޔިތުންދިންމަގާމެއްނޫންމިއީ މުޅިގައުމު ފުނޑާލަނީ މިބައިގަޑު އަވަށެއްގަ ނެގިވޯޓަކުން ވާދަކުރި ފަރާތައްވުރެ ދެތިންވޯޓްއިތުރައްލިބުނު މީހަކު ގައުމެއްގެ އިސްމަގާމުތަކައްނައާދެވޭ ގޮތައްގާނޫނުބަދަލުކުރަންވި ސީދާރައްޔިތުންގެ ވޯޓްއަކާނުލާ ތިންބާރުގެ ތެރެއިން ބާރެއްނުލިބޭގޮތައްހަދަންޖެހޭ.
މިފަހަރު މަޖިލީހުގެ ކޮމެޓީގެ ސޯޓް ބޭލޭނެ... ވުޖޫދުގައި ނެތް ކަމަކަށް ދައުވާއެއް ނުކުރެވޭނެ
މަޖީލު ކޮމެޓީއަށް ގޮވިއަސް ނުދާންވީ އެއީ މަހުސަރުބިންތަ ނުޖެހޭ ދާކަށް ކޯޓް އަމުރު ގެނައިމާ ދާންވީ އެނޫން ގޮތަކަށް ދާކަށް ނުޖެހޭ އެމީހުން ސުވާލު ކުރީމާ އަނގައިން ނުބުނެ ހުނު ހުރީމާ ނިމުނީ ކީއްކުރެވޭނީ ތެޅި ތެޅި ތިބެން ޖެހޭނީ