ކ. މާފުށިން އިއްޔެ އިތުރު 61 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެރަށުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު 148 އަށް އަރައިފައެވެ.

މާފުށިން ކޮވިޑަށް ފައްސިވި ބައެއް މީހުންނަށް ކޮވިޑް ފެސިލިޓީތަކުގައި އަންނަނީ ފަރުވާ ވެސް ދެމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށުން ފައްސިވިތިން މީހަކަށް އަންނަނީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންނެވެ.

އަދި ހަތަރު މީހަކަށް އަންނަނީ ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންނެވެ.

މާފުށީ ފްލޫ ކްލިނިކަށް ދެއްކި މީހަކު ފައްސިވެ، އެ ރަށަށް އަރާ ފޭބުން މަނާ ކުރީ މިދިޔަ އަންގާރަ ދުވަހުއެވެ. އޭގެ ފަހުން އެރަށުން ފައްސިވަމުން ގޮސްފައި ވަނީ ކަރަންޓީންގައި ތިބި ބައެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަސަނާ

    ކިޙާދެރަ ގެސްޓުހައުސްތަކައްލާރިވަންދަން އެޔެއްމިޔެއްނުބަލާ އެތައްމިތަނުން މީހުންގެނެވެތޯބެލީ ފައިސާގެދަހިވެތިކަމުގަ ދިވެހިންޖައްސާގެން ދިވެހިންގެ ހިތްތަކުގަ އިސްލާމްދީނައް ނަފުރަތުއުފައްދަން ނަސީދުގެ މަކަރުން ގެސްޓު ހައުސްގެ ވިޔަފާރި އުފަންކުރުވީ އެގޭހިތިރަހަވެސް ފެނިގެންތިޔަދަނީ..