1439 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ސާބިތުކުރުން މިރޭ ބާއްވަން ނިންމައިފިއެވެ.

ކުރީ އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށްޓަކައި، ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާ ކުރުމަށް ވަނީ ހަމަޖެހިފައިވެއެވެ.

މިމަހު ހަތަރު ވަނަ ދުވަހު ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ކުރި އިއުލާނުގައި ވިދާޅުވެފައިވާ ގޮތުގައި ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން މިއަދު ހަވީރު 5.30 ން ފެށިގެން އެ ޑިޕާޓްމަންޓާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ސިޓީ ކައުންސިލް އިދާރާތަކާއި، އަތޮޅު ކައުންސިލް އިދާރާތައް އަދި ރަށު ކައުންސިލް އިދާރާތަކާއި އެރަށެއްގެ އަވަށު އޮފީސްތައް ހުޅުވިފައި ހުންނާނެއެވެ.

ހަނދު ފެނިގެން އެކަމުގެ މަޢުލޫމާތުދޭއިރު ގާތްގަޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، އަދި މިނޫންވެސް މުހިންމު މަޢުލޫމާތު ދޭންވާނެ ކަމަށް ޑީޖޭއޭގެ އިއުލާނުގައި ވެއެވެ.

ރާއްޖޭގެ ހުރިހާ ރަށްރަށުގައި ވެސް ފިތުރު އީދުގެ ކުރުމަށް ހަމަޖެހިފައިވާއިރު މާލެސިޓީގައި މުޅި އެކު 24 މިސްކުތުގައި ފިޠުރު ޢީދު ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މާލޭގެ އަށާރަ މިސްކިތުގައި އީދު ނަމާދު ކުރަން ހަމަޖެހިފައިވާއިރު ވިލިގިލީގެ އީދު ނަމާފު ކުރުމަށް ހަމަޖެހިފައިވަނީ ދެ މިސްކިތެއްގައެވެ. އަދި ހުޅުލޭގެ އެއް މިސްކިތާއި ހުޅުމާލެ ތިން މިސްކިތުގައި އީދު ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.