ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު މުގައްރިރަކަށް ހުންނަވާ ގޮތަށް މުޅި މަޖިލީހުގެ ކޮމިޓީއަކުން އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި ބައެއް މައުލޫމާތުތައް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން އަދިވެސް ލިބިފައިނުވާ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އެމަނިކުފާނުގެ ނަންފުޅުގައި އަލުން އެ މައުލޫމާތުތައް ދިނުމަށް އެ އިދާރާތަކަށް ފޮނުއްވާފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

އެއީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލަ ތަހުގީގު ކުރަމުންދާ ޖޮއިންޓް އިންވެސްޓިގޭޓިވް ކޮމިޝަންގައި ހިމެނޭ ދައުލަތުގެ މުއައްސަސާތަކެވެ. އޭގެ ތެރޭގައި ފުލުހުންނާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި މި ޚިޔާނާތް ތަހުގީގު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި އެސެޓް ރެކަވަރީގެ ރިޔާސީ ކޮމިޝަނާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީސް ވެސް ހިމެނެއެވެ.

ރައީސް ނަޝީދު ހާމަކުރެއްވި މި މައުލޫމާތާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ބަހުސްގައި ވެސް މަޖިލީހުގެ މެންބަރުން ވާހަކަ ދެއްކެވީ މި ބޮޑު ޚިޔާނާތުގެ މައްސަލައަށެވެ.

މަޖިލީހުގެ ނައިބު ރައީސް އީވާ ވިދާޅުވީ ކޮމިޝަންތަކުގެ ތަހުގީގަށް ވަރަށް ބޮޑަށް ފާރަވެރިވާން ޖެހިފައިވާ ކަމަށެވެ. ތަހުގީގު ލަސްވާތީ އިދާރާތަކަށް އިތުބާރު ވެސް ގެއްލިފައިވާ ކަމަށާއި މަޖިލީހުގެ ކޮމިޓީތަކުން ވެސް މި ކަމަށް އެކަށޭނަ މިންވަރަކަށް ފާރަވެރިވާ ކަމަށް ގަބޫލު ކުރަން ދަތިވެފައިވާ ކަމަށް އީވާ ވިދާޅުވިއެވެ. އެހެންކަމުން މުޅި މަޖިލީހުގެ ކޮމިޓީއަކުން މި މައްސަލަ ދިރާސާކޮށް ރައްޔިތުންނަށް ފެންނާނެ ގޮތަށް ތަފްސީލްކޮށް އެ މަރުހަލާތައް ގެންދިއުމަށް ގޮވާލެއްވިއެވެ.

"އަޅުގަނޑު އިތުބާރު ކުރަނީ އިއްޒަތްތެރި ރައީސް [މުހައްމަދު ނަޝީދު] އަށް އެކަނި، އިއްޒަތްތެރި ރައީސް އިސްވެ ހުންނަވައިގެން، ކޮމިޓީގެ މުގައްރިރަކަށް ހުންނަވައިގެން، މުޅި މަޖިލީހުގެ ކޮމިޓީއަކުން މި މައްސަލަ ދިރާސާ ކުރަން އެބަ ޖެހޭ،" އީވާ ވިދާޅުވިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލަ މަޖިލިސް މެދުވެރިކޮށް ވެސް ބައްލަވާނެ ކަމަށް ވިދާޅުވެފައެވެ. މީގެ ސަބަބުން ހިޔާނާތުގައި ބައިވެރިވި ކަމަށް ސާބިތުވާ މަޖިލީހުގެ މެންބަރުންގެ ގޮނޑި ވެސް ގެއްލިގެން ގޮސްދާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގައި އަނެއްކާ ވެސް ބޮޑު ޚިޔާނާތުގެ މައްސަލައިގެ އަޑު ގަދަވެފައި މި ވަނީ، ނިމިގެން ދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީއަށް އެ ޕާޓީއަށް ތާއީދު ބޮޑު ގިނަ ދާއިރާތަކުގެ އަޣުލަބިއްޔަތު ގެއްލިގެން ގޮސްފައިވަނިކޮށެވެ.

އެމްއެމްޕީއާރުސީ ޚިޔާނާތުގެ ފައިސާ 500 އަށް ވުރެ ގިނަ މީހަކަށް ލިބިފައިވާ ކަމަށް ބެލެވޭއިރު، މިހާތަނަށް ވެސް އެ މައްސަލާގައި ދައުވާ އުފުލައި ޝަރީއަތަށް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައިގެން ހުކުމް ކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި، އެއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް އެކަންޏެވެ.

މި ފައިސާ ލިބުނު ކަމަށް ކުރީގެ ސަރުކާރުގެ ބައެއް އިސް ބޭފުޅުންނާއި މި ސަރުކާރާއި އެމްޑީޕީގެ ބައެއް އިސް ބޭފުޅުންނަށް ވެސް ކަމަށް ތުހުމަތު ކުރެވެއެވެ. އެކަމަކު މިހާތަނަށް މި ސަރުކާރުގެ އިސް ބޭފުޅެއްގެ މައްސަލައެއް ދައުވާ ކުރުމުގެ މަރުހަލާއާ ހަމައަށް ވެސް ގޮސްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

 1. އަލީ

  އޭރަކުންނު ތިކަހަލަ ކުދިން ސަލާމަތްވާނީ!!!

  55
  1
  • ވަގުންގެ ޕާޓީ

   ހޭހޭ ހޭ ދިވެ ހިން މިތިބީ ބުރާންތި ކާފަ ކަަަމަށްތަ ތި ހިީކުރަނީ ކަލޭމެން ތިގޮތަށް ޑުރާމާ ކުޅެކުޅެ ތީ ކޮންމެވެސް ގޭސްގަނޑެއް އަބުރަން ތިއުޅެނީ ފުރަތަމަ ބަލަންޖެ ހޭނީ އެފްޕީއައިޑީ ޖީއމްއާރު ވިންޑްޓަބައިން މިލިަނުން ދަވާލި އެވެސް ޑޮލަރުން އަގުކޮށްފަ ދެން އެމޑިޕގެ ވެރިކަމުގަ ކުރީގަ މިނިސްޓަރުން މަޅާލި 4.8ބިޔަން ރ ހިޔާނާތް ދެން އެމްއެނ ޕީއާރސީ ބަލަންވީ ނަސީދު ގެބޮޑު ހުޅު ވެސް ހ. ޓެރަރިޒަމްގެ މައްސަލަވެސް މުލިއާގޭން ނެރުނު ރާތަށްވެސް ވޭތުވެދިޔަ 2 އަހަރު ޗާޕްކުރި ލާރިތަށްވެސް ގައުމެއްނެއް ބަނޑުއަޅާލާއިގެން ޑުރާމ ކުޅެން ތިތެޅެނީ ނަސީދަކީ އަމިއްލަ އިއުތިރާފުން އމއނޕރ ސީގެ ފަނިކަމަށް ބުނީ އަމިއްލަޔަށް

   34
  • ރެޓޭ

   ތެދެއް ބޮޑު ޓެރަރިސްޓެއް އަދި ވަގެއް އިސްކޮށް ބެހެއްޓީމަ ކިހާ ރަނގަ ޅުވާނެ!

   17
 2. އިންޑިއާ އައުޓް

  މީނދަޙޯރާ ބަލަގަ ނަށީދަކީ ވަގެއް ދެން އޭނައިސްކޮށްއިނދެގެން ކޮންކަމެއް ރަނގަޅަށްދާނީ ހެހެހެހެހެހެހެހެ ދެލޯ ދުމްމާރި

  54
  1
 3. ޢައިޝް

  ހީވަނީ މިއުޅެނީ ބޮޑު ރޭވުމެއްހެން... ބަރުލަމާނީ އާއި ދެކޮޅު މެމްބަރުން މަޖުލީހުން ނެރެން....

  59
  1
 4. އެމަންޖެ

  ބޮޑު ޚިޔާނާތުގެ މޭއިސްތިރީންނަކީ ނަޝީދާ އީވާމެން.

  55
  2
 5. ޢަދުރޭ

  ތެޅިގަތީ ވައްކަމޭ ކިއައިގެން ވެރިކަން ހޯދާފަ އޭގެން ކަމެއް ސާބިތުކޮށް ނުދެވި އޮއްވާ 2023 ގެ ރިޔާސީ އިންތިޚާބަށް އަނެއްކާވެސް ވައްކަމޭ ކިއައިގެން ކެންޕޭން ފަފަށާންވެގެންް ދެން ހާރަކަށް ތަރާވީހަކަށްވެސް އެމްޑީޕީގެ ފެކްޝަން ޓޫ އަށް ލިބިފަ އޮތީ ތި މަޖްލިސް . ތިތަނުން ސުޕްރިމް ކޯޓްގެ ރޯލް ވެސް ރައީސް ގެ ރޯލް ވެސް ސިފައިންނާ ފުލުހުންގެ ރޯލް ވެސް ކުޅެމުން ގެންދޭ ދައުރު ހަމަ ވަންދެން

  43
 6. Anonymous

  ރައީސް ނަޝީދު އިސްކޮށް ހުރެ ކެނެރީގޭ އެތެރެގޭތެރޭ ބޮޑު އެނދުމަތީގަ ތިބެ ތިމައްސަލަ ބަލަން ފެނޭ....
  ނަޝީދުއާ ދެކޮޅު ހުރިހާ މެންބަރުން މަޖްލިހުން ވަކިކުރަންވީ!!!!!!! ފައްކާ ޑިކްޓޭޓަރެއް ތިހުރީ.

  47
  1
 7. ވެރިން

  ކޮސް ނުގޮވާ ނަޝީދު ތީ އިންސާފުން ކަމެއްކުރަން އިނގޭ މީހެއނޫން ހުޔޯނުވާނެ ތިވަރުގެ ކަމެއްތީނޔާ ހަވާލުކުރަން

  40
 8. ބޮންދު

  ބަލަ ހޭބަލި ވެގެންތަ ތިއުޅުއްވަނީ؟ ޑިމޮކްރަސީޢޭ ކިޔައިގެން އަހަރެމެން މޮޔަހައްދާފަ ވެރިކަމައިގެނ ހޭބަލިވެފަ. މައުމޫނަށް ފެލުނު އީވާގެ ލަދު ހަޔާތް ކުޑަކަން! ހަމަ ހައިރާވެއްޖެ!

  44
  1
 9. ޖޯން

  ޢެއްމެ ފުރަތަމަ ތަހުގީގު ކުރަންވީ ތިޔަނަޝިދު ދެއްކިވާހަކަަަ އޭނައަަމިއްލަ އަށް ބުނީ އަދީބަކީ ތިމަންނާ އެޅުވިފަންޗެޖޭ ވީއިރު އަދީބު ތިޔަބުނާ މިނިސްޓްރީގައިހުރީ އެހެންވީމަ ނަޝީދުގެ އަތެއް ތިކަމުގައި ވާކަން މިކަމުން ވަރަށްސާފު

  27
 10. އަލީ

  އިވާޔަށް އެންމެ ރަގަޅަށް އެގޭނީ އަދީބައި އައްނި ހެދީ ޑީލް

  28
 11. ޙަބީ

  މީހުންގެ ގައިން ރީނދޫ ހުން ފިލަމުންދަނީ.... ﷲ ގެ ކުޅަދުންވަންތަކަމާއެވެ.

  32
  1
 12. ބޮލި މުލައް

  އެނޫންގޮތަކަށް އެފަކީރު ސަލާމަތެއް ނުވާނެ

  19
  1
 13. ތުހުމަތު

  ރައީސް ނަޝީދަކީ މި މައްސަލައިގައި ތުހުމަތުކުރެވޭ މީހެއް. ތުހުމަތު ކުރެވޭ މީހަކު އިސްވެހުރެގެން މައްސަލައެއް ބަލަން ގޮވާލުމަކީ ކަމަނާގެ ނަޒާހަތްތެރިކަމެއް ނެތުން. މަވޯޓާގެ ބަހުން ވަރަށް ހާމަކޮށް ވަރަސް ސާފުކޮށް ބުނަމުން އެދަނީ ވޯޓުދިނީ ރައީސް ނަޝީދު އަންގަވައިގެން ކަމަށް. ރައީސް ނަޝީދު އަމިއްލަފުޅަށް އަދީބަކީ އޭނާ ފޮނުވާފައިވާ އެޖެންޓެއް ކަމަށް އޮތީ ވިދާޅުވެފައި. އެޖެންޓް ފޮނުވި ފަރާތުން އެޖެންޓަށް އެންގެވި ގޮތަކަށް އެންގެވި ކަމެއް ކޮށްފައި އޮތީ ކަމަށް އޮތީ ވިދާޅުވެފައި.

  27
 14. އިބްރާހީމް

  ހަޤީޤަތުގައިވެސް ނަޝީދުވަރުގެ ވަގެއް މަދުވާނެ. އަމިއްލަ ވެރިކަމެއް ލިބި ރައީސް ކަން ލިބުނީމަވެސް މިނިސްޓަރުކަން ވިއްކީ. މިކަލޭގެ އަވަހަށް މަޖިލިސް ރައީސް ކަމުން ވަކިކޮށް ކުޑގޮޅިއަކަށް ލާންވީ. އެހެންނޫނީ މިޤަވްމަކަށް ހަމަޖެހުމެއް ނާންނާނެ.

  27
  • ރަށްކޮޅު ފަތިސް

   މި ނޫހުން މަށަށް މިހާތަނަށް ފެނުނު އެންމެ ތެދު ކޮމެންޓް. އަދި އެންމެ ފުރިހަމަ ބަރާބަރު ކޮމެންޓް. އެނޫން ގޮތަކުން މިގައުމެއް ދެނެއް ސަލާމަތެއް ނުވާނެ.

   10
 15. ބަރުލަމާނީ ކަހާނީ

  އެހެންވީމާ ރިޔާސީކަމިޝަންގެ ރައީސަކީވެސް ބޮޑުވަރުތާ. ގޯހެއްވާނޫން. އަވަހަށް ކަމިޝަންތައް އުވާލާފައި ބޮޑުވަޒީރާ ހުރިހާ ރައީސްކަމެއް ހަވާލުކުރޭ

  22
 16. ހުސެން

  އޭނައަކީ ޙީޔާނާތުގެ މަސްއަލައެއްގަ ޖަލަށް ވެސް ލާފަ ހުރިމީހެއް. ހަމަ އީވާ އަށް ނޭގެނީތޯ . ދެންކިހާމޮޅަށް ބެލޭނެ. މިއީބުރޯ ސަލާމަތްކުރަން ޖަހާ ގޭމެއް.

  23
 17. މާމީ

  އަވަހައް ސޯލިހުގެ މައްސަލަ ބަލާ ސޯލިހުއައް 37 މިލިއަން ލިބުނު ކަމައް ބުނޭ.

  24
 18. ޟަރުދީ

  ރައީސް ނަޝީދު އިސްކޮށް ހުރެ ކެނެރީގޭ އެތެރެގޭތެރޭ ބޮޑު އެނދުމަތީގަ ތިބެ ތިމައްސަލަ ބަލަން ފެނޭ....
  ނަޝީދުއާ ދެކޮޅު ހުރިހާ މެންބަރުން މަޖްލިހުން ވަކިކުރަންވީ!!!!!!! ފައްކާ ޑިކްޓޭޓަރެއް ތިހުރީ. މަވެސް ބުަނަން ބޭނުންވި ބަސްކޮޅު

  18
 19. އަހްމަދު

  ބަލަމަޢުލޫމާތުސާފުނުވާމީހުންގެތެރޭގައި ސޯލިހާ ޝާހިދު އާޒިމްއާ ނަޝީދު އަދިއީވަވެސް ހިމެނެޔޭ ކިހިނެއްތަދެން ތިކަންބަލާނީ ބަރުލަމާނީއާދެކޮޅު މީހުންބޭރުކުރަން ތުޔަށްވުރެ ރަނގަޅުއުކުޅެއްހަދަންފެނޭ

 20. އެނރޫޓޭ

  އެންޑރޫ ކިޔާމީހަކު އެއަރޕޯޓްގެ ޑޮލަރބޮނޑިފެނުނީމަ ކީކަމައްވަނީ ދިވެހިންނަ މޮޔަބަޔެކޭ ދުވާލުއެއްފަހަރު ލިބޭޑޮލަރތައްބަލާ ވަގުތުން އެސްބީއައި އައްބަދަލްކޮއްލުމުގެ ސަބަބުންދޯލަރގެ އަގުއުފުލި ޑޮލަރދަތިވީ މީހުސް ބަލަންޖެހޭ ކަންތައް ކޮނުނުކޮނުނުހެން ފަސްގިނަވާނޭ މުސްކުޅިންބުނޭ ޖީއެމްއާރއައް އެއަރޕޯޓް ދިނީ ކިހާފައިސާއެއް އަތިލާފަތޯ ބައްލަންވީނޫންތޯ ތިޔަ އމްއމްޕީއާރސީޔައްވުރެ މަދެއްނުވާނެ ވީޙިޔާނާތެއް

  14
 21. ގޮވަނީ ގޮވަނީ

  މީ ހަމަ ސާޅީސް ވަގުންގެ ނަޖިސް ސަރުކާރެއް.

  15
 22. މުހައްމަދު

  ޙެ ހޭ އަހަރުމެން އެންމެން ދިވެހި ރައްޔިތުން މީ މޮޔައިން

  9
  1
 23. ކަންބަލާ

  އޭރުންތަދޯ އަންނިޔާ އީވާޔާ ސާބެޔާ އިންތިޔާ މާރިޔާޔާ އިބޫ އާ މިމީސްމީހުން އަދީބު އަތުންނެގި މިލިޔަންޑޮލަރުގެ ޚިޔާނާތުން މިމީސްމީހުން ސަލާމާތްވާނީ

  17
 24. ޙުދީ

  ޏނުބެލޭނެ ނައިބުރާސްގެކޮއްކޯފުޅުގެފިރިކަލުންވެސްތިކަ މުގަވޭނު ދެންކިހިނެއް ކަލޯތިކަ މާއުޅޭނީ

  11
 25. ނުކެރޭނެ

  އީވާއައް ހީވަނީތައެމައްސަލަ ބަލަންކެރޭނޭ %100ޔަގީންކަމާއެކު މިބުނަނީ މިސަރުކާރަކައް އެމްއެމްޕީއާރސީގެ މައްސަލަ ބަލާކައްނުކެރޭނެ ބޭނުންވީ އެނަމުގަ މީހަކު ޖަލައްލާން އެމީހާ މިހާރު އެހެރީ ޖަލުގަ ރިޔާސީ ވައުދާ އެއްގޮތައް

  15
 26. ޝިރޯ

  ހޯބޯ ލައްވާ ޤައުމުގައި ވައްކަމޭ ތިގޮވަނީ ކާކަށް ކޮންއެއްޗެއް ވިސްނަދޭންތަ ތިހެރައުޅޭ އިމްތިޔާޒް ފަހުމި ކަރުގެ ނާރު ފުއްޕާފާ ޔާމީންގެ ޕާސްޕޯޓް ހިފަހައްޓާށޭ ވަގު ފުރާފާނެޔޭ ރާއްޖެ ދޫކޮށްފައި ބަލަގަ ހޭބަލިވި އިމްތިޔާޒަ ފަހުމީ ވައްކަންކޮއްގެން ފިލާ މީހުން މިހާރު ނުފެނޭތަ އައްނިގެ ލޭބޮއިގެން ހުރި އަދިވެސް ކަރުފުއްޕާ ވަގޭ ވަގޭ ކިޔާފަ

  14
 27. ޝިރޯ

  ހެ ހެ

  • Anonymous

   ބޯ ލައްވާ ޤައުމުގައި ވައްކަމޭ ތިގޮވަނީ ކާކަށް ކޮންއެއްޗެއް ވިސްނަދޭންތަ ތިހެރައުޅޭ އިމްތިޔާޒް ފަހުމި ކަރުގެ ނާރު ފުއްޕާފާ ޔާމީންގެ ޕާސްޕޯޓް ހިފަހައްޓާށޭ ވަގު ފުރާފާނެޔޭ ރާއްޖެ ދޫކޮށްފައި ބަލަގަ ހޭބަލިވި އިމްތިޔާޒަ ފަހުމީ ވައްކަންކޮއްގެން ފިލާ މީހުން މިހާރު ނުފެނޭތަ އައްނިގެ ލޭބޮއިގެން ހުރި އަދިވެސް ކަރުފުއްޕާ ވަގޭ ވަގޭ ކިޔާފަ

  • Anonymous

   ރައީސް ނަޝީދަކީ މި މައްސަލައިގައި ތުހުމަތުކުރެވޭ މީހެއް. ތުހުމަތު ކުރެވޭ މީހަކު އިސްވެހުރެގެން މައްސަލައެއް ބަލަން ގޮވާލުމަކީ ކަމަނާގެ ނަޒާހަތްތެރިކަމެއް ނެތުން. މަވޯޓާގެ ބަހުން ވަރަށް ހާމަކޮށް ވަރަސް ސާފުކޮށް ބުނަމުން އެދަނީ ވޯޓުދިނީ ރައީސް ނަޝީދު އަންގަވައިގެން ކަމަށް. ރައީސް ނަޝީދު އަމިއްލަފުޅަށް އަދީބަކީ އޭނާ ފޮނުވާފައިވާ އެޖެންޓެއް ކަމަށް އޮތީ ވިދާޅުވެފައި. އެޖެންޓް ފޮނުވި ފަރާތުން އެޖެންޓަށް އެންގެވި ގޮތަކަށް އެންގެވި ކަމެއް ކޮށްފައި އޮތީ ކަމަށް އޮތީ ވިދާޅުވެފައި.

 28. ސސ

  އޭރުންތާ ނަޝީދާއި އެމްޑީޕީ ކުދިން ސަލާމަތް ކުރެވޭނީ، ތިޔަ ހުރިހާ ކޮމިޝަން ހަދައިގެން އުޅެނީ ބަޔަކު ސަލާމަތް ކުރަން !

  14
 29. ބިންގޯ

  ބަލަ މިހާރު ސަރިއަތް ކުރަން ވެސް މީނަތަ.