އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގޮތުގައި ރައީސް މުހައްމަދު ނަޝީދަށް އިނދެވޭނަމަ ބައްލަވާނެ ކަމަށާއި، އެމައްސަލަ ބަލައިފިނަމަ ބައެއް މެންބަރުންގެ ގޮނޑި ގެއްލިދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލައިގައި ހިމެނެނީ "ކިތައްމެ ބޮޑު މެންބަރަކަށް ވިޔަސް، ކިތައްމެ ބޮޑު ވަޒީރަކަށް ވިޔަސް، ކިތައްމެ ބޮޑު އަމީރަކަށް ވިޔަސް" އެމައްސަލަ ބަލާނެ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާ ކުރެވޭނެކަމީ ޝައްކެއް އޮތްކަމެއް ނޫން ކަމަށެވެ.
"270 މީހުންނަށް ދައުވާ ކުރުމަށް މިހާރު ވެސް ވަނީ ފާހަގަވެފައި. އެދައުވާތައް ކުރިއަށް ގެންދާނެ ކަމީ އަޅުގަނޑުގެ ހިތުގައި ޝައްކު ހިނގާ ކަމެއް ނޫން. އިއްޒަތްތެރި ބައެއް މެންބަރުންގެ ގޮނޑިފުޅު ވެސް ގެއްލިދާނެ. ބައެއް ބޭފުޅުންގެ މަގާމު ވެސް ގެއްލިދާނެ. އަދި އަނެއްބައި ބޭފުޅުންނަށް އިތުރު އެހެން ގޮތްގޮތް ވެސް ވެދާނެ. އެހެންނަމަވެސް މިސަރުކާރު އުފެދިފައި މިއޮތީ އަދި މިމަޖިލިސް ވެސް އުފެދިފައި މިއޮތީ މިމަސައްކަތް އަޅުގަނޑުމެން ކުރުމަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން ވެސް ރައީސް ނަޝީދު ވަނީ އެމްއެމްޕީއާރްސީ މައްސަލަ އޮތް ހިސާބެއް ބެއްލެވުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށާއި، އެސެޓް ރިކަވަރީ ކޮމިޝަނަށާއި އަދި ފުލުހުންނަށް އެމަނިކުފާނު އިއްޔެ ސިޓީއެއް ފޮނުއްވާފައި ވާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލަ އާއި ގުޅިގެން "ވަރަށް ގިނަ އާއްމު ރައްޔިތުން އަޅުގަނޑާއި ސުވާލު ކުރައްވާ" ކަމަށާއި އެމައްސަލަ އަކީ "މުޅި ރާއްޖޭގެ ނަޒަރު ހުއްޓިފައި އޮތް މައްސަލައެއް" ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ ފައިސާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށާއި އެހެނިހެން މުއައްސަސާތަކުގެ އެތައް ބަޔަކަށް ބަހާލި ގޮތް ވަރަށް ތަފްސީލްކޮށް ހެއްކާއި ގަރީނާއާއިއެކު ވާނީ ސަރުކާރުގެ ކަމާބެހޭ ކޮމިޝަނަށް ހުށަހެޅިފައި ކަމަށެވެ.
އެމްއެމްޕީއާރްސީ މައްސަލަ ރަނގަޅަށް ބެލުން އެއީ ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ. ނަމަވެސް އެމައްސަލަ އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ނުދާކަމަށް ބުނެ ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.
މީނާ މަޖުލީހުން ބޭރުކޮށް ޤައުމު ހިންގަން ފަށާކަށް އަދިވެސް ނުވޭތަ؟
ފުރަތަމަ ގެއްލެންވީ ގޮނޑިން އެހެން ގޮނޑިތައް ގެއްލޭނެ ވާހަކަ ތިގޮވީ. އަދީބު ފޮނުވީ ތިމަންނާ ކަމަށް އެއްބަސްވީ އަމިއްލައަށް. ފޮނުވި މީހާއަށް ބައެއް ނުލިބޭގޮތަށް މީހަކު ފޮނުވާނެތަ! ފޮނުވި މީހާ ނައިބު ރައީސްކަށް ވުމަށް ގާނޫނުއަސާސީ ބަދަލުކުރީ ތިމާ އަންގައިގެން ވޯޓުދީގެން ކަމަށް މަވޯޓާ ސާފު ބަހުން އެބުނަނީ. ފޮނުވި މީހާ އެންގީ ވޯޓުދޭންވެސް. ޕާޓީގެ ބަޔަކު ލައްވައި ވޯޓުލާނީ ގައިމު ތިމާއަށް އެކަމުން ބޮޑު މަންފާއެއްވެގެން. ޖީއެމްއާރއަށް އެއަރޕޯޓް ވިއްކި މައްސަލަ، ފެންކުންފުނި ވިއްކި މައްސަލަ، ދިރާގު ވިއްކި މައްސަލަ، އަތޮޅުތަކުގެ އެކައުންޓްގައި ހުރި ފައިސާ ދިރުވާލި މައްސަލަ، ފަނޑިޔާރަކު ވަގަށް ނެގި މައްސަލަ، ގައުމުގައި ބޮޑުހުޅުޖެހި މައްސަލަ މިހުރީ ހައްތާވެސް ބަލަންވެފައި ހުރި މައްސަލަތައް. މިހާރުވެސް ސްޕްރީމް ކޯޓުގެ ހުކުމް އެބައޮތް އޮތްގޮތަށް. މިވަރުގެ މުޖުރިމް ޑިކްޓޭޓަރަކު ޚުދުމުޚުތާރުކޮށް ހިންގާ މަޖިލީހެއްގައި އިދެގެން ހިތުހުރި އެއްޗެއް މިގޮވަނީ. ގާނޫނު އަރާހަމަކުރާނެ. އަނެއްކާވެސް ގޮނޑިދުއްވަން ދުއްވައިގަންނާނެ.
ރަނގަޅު ބެލުމަކުން ބަލައިފި ނަމަ މަޖުލީހުގެ ރައީސްގެ ގޮނޑި ގެއްލޭނެ
ތިއުޅުއްވަނީ ރައިސް ސޯލިޙު މަޅިއަކަށް ފައްތަން ދެއްތޯ؟
ވެރިކަން ނުލިބިގެން ތެޅި ފޮޅެނީ ، މީނަ އަށް ދޯ އެންގޭނީ ރެހެންދި ފްލެޓް ގެ ވާހަކަ އެހެން ވީމަ އުންސުރާ ފަންސުރާ މީނަ އަތުގަ ހުރެދާނެތާ ދޯ؟
އެމްއެމްޕީއަރުސީގެ ކަންތަކަކީ ނަޝީދު ކުރުވިކަމެކޭ ބުނެ އަމިއްލަޔަށްވަނީ އެނަ އިއުތިރާފުވެފަ. ގޮނޑި ގެއްލެންވީ އަދި ގޮޅިއަށް ދާންޖެހޭ މީހާއަކީ ނަޝީދު.
މީނާގެ ދައުރަކީ ކޮބައިކަން މިހާރު އޮޅިއްޖެ ކޮރަޕްޝަންުގެ މައްސަލަތައް ބަލަން މިނިވަން މުއައްސަސާއެއް އޮވޭ.. އަދި ތަހުޤީޤުކުރަން ފުލުހުންގެ އިދާރާއެއް އޮވޭ، ކުޅެން އުޅޭ ކުޅިގަނޑަކީ މެންބަރުންތަކެއް ދުއްވަލައިގެން މީނާއަށް ތާއީދުކުރާ މީހުން ލައްވާ ބަރުލަމާނީ ގެނެސް މީނާ ބޮޑުވަޒީރަކަށް ވަނީއްޔޯ، ހުވަފެން ދެކިދެކި ހުންނަން ޖެހޭނީ ތިއީ މިގައުމުގައި އެއްވެސް މީހެއްނޫން މީހާރަކު...
ހެއްކާ ގަރީނާ އާއި އެކު އަދި އެހާމެ ތަފްޞީލްކޮށް ކޮމިޝަނަށް ހުށަހެޅިފައި ވީހިނދު ދެން ކޮންކަމަކާތޯ މަޑުކުރަނީ ކާކަށް ބަލަންތޯ އަވަހަށް ޝަރިޢަތަށް ފޮނުވާ
ކޮބާތޯ އަދީބު ހުންނެވި ހިސާބަކީ. ބަލަގަ، އަދީބުގެ އަސްލު މިއަދުގެ ޖަގަހަޔަކަށް ވާންޖެނޭނީ ކުޑަގޮޅި ނޫންތޯ؟ ހަމަ ހިނި އަންނަނަނީ މަނިކުފާނު ތިއުޅުއްވާ ފާޑަކުން. ޕިސްޕިސް.
އެމްއެމްޕީއާރްސީގެ މައްސަލައިގައި މަނިކުފާނުގެ ގޮނޑި ގެއްލިދާނެތޯ؟ އެހެން މި އަހާލީ އަދީބަކީ މަނިކުފާނު ޕީ.ޕީ.އެމް އަށް ފާކުރި މީހެކޭ ވިދާޅުވެފައިވާތީ!
ނަޝީދު ބްރޯ ވަރެއް ނެތްހަމަ. މީހަކަށްވާނެ އެމް.އެމް.ޕީ.އާރް.ސީ މައްސަލަ ބަލައިދެއްވާ އަދަބު ލިބެންޖެހޭ އެންމެނަށް ހައްޤުއަދަބު ދިނުން. ޢެއަށް ކިޔާނީ އިންސާފު
އާން...
ނަޝީދު ބުރޯ އޮތީ ޕޯޑިއަމްތަކުން އެކިފަހަރުގެ މަތިން އަމިއްލަޔަށް އިއުތިރާފް ވެފައި.. އެމް.އެމް.ޕީއާރް.ސީ ގެ މާސްޓަމައިންޑް އަކީ ތިމަންނަކަމަށް.. އަދި އެ ފައިސާ ބެހީވެސް ތިމަން ބުނި ގޮތައްކަމަށް..
އެހެންވީމާ އެންމެކުރިން އިންސާފްގެ މައިދާނަށް ނަޝީދު މި ހާޒިރުކުރަން ޖެހެނީ..
ކޮސްބޭ. ބޭޙާ ނަުލައި ބަޑިޔާ ނުކުޅޭތި. ޢިސްތިއުފާ ދެން ރެޑީވެ
މަޖިލިސް ރައީސް ކަމުން ދުރުކުރާނެކަން ޔަގީން ވީމަ ޖަހާ ސަކަރާތެއް.ކަލެއަށް 2 އަހަރު ތި ގޮޑި ހޫނުކޮށް ބޮޑު މުސާރަނެގި އިރު އަދި ކިރިޔާ ތި އެގުނީ ތި ޕާޓީގައި ތިބީ ވަގުންކަން. ޕަކާސް
އަވަހައް ބޮޑުވަޒީރު ހެދިގަތީ ތިހާކެރެނީވިޔާ އެފްޕީއައިޑީ މައްސަލަވެސް ބަލާބަލަ
ގދ. ގެ ގެއްލުނު ގޮނޑީގެ އަތޮޅުވެރިޔާ ދުންބޯޓު ހަސަނު ބުނީ 2 މެންބަރުންގެ ގޮނޑިވެސް ގެއްލުވާލާނެކަމަށް(.) ހަތާ ފިއުލް އިން ބިމު އެގްރިމެންޓް ވެސް ބާތިލު ކުރާނެކަމަށް(.) ކީ ހާއި ހަރުފައިގެ ވާހަކައިން އިބުރަތް ލިބިގަންނާށޯ(.)
8 ފެބުރުއަރީ 2012 ގައި މުޅި ގައުމުގައި ހުޅުޖެހި މައްސަލަ އާއި ކޯޓުގެ ފަނޑިޔާރު ވަގަށް ނަގާ ނިޒާމުން ގެއްލުވާލި މައްސަލަ ވެސް ބަލާނެތޯ؟
ސާރިދޯޅު ބުނީ ފޮނިކަނޑާ މީހަކީ އެއްވެސް އަގެއް ހުރި މީހެއް ނޫނޭ.
ކިތަންމެ ރަގަޅުވާހަކައެއްވިޔަސް، ރަގަޅު ކަމެއްކުރަން އުޅުނަސް ތިމާ ނުރުހޭމީހާ ކަމަށްވާނަމަ ހާދަ ފާޑުކިޔުމަކާއި، ތުރާލެއް ކުރިމަތިކުރެއޭދޯ!
ކުޑައިރު ކިޔައިދޭ ވާހަކަ އެއް އޮވޭ އެއީ ޕައްލަންބެ އަށް ރަސްކަން ލިބުން އެވާހަކަ އަކީ މީނާ ވަރަށް ގަޔާވި ވާހަކައެއް އެހެންވެ ރަސްގެފާނު ވައްތަރުގެ ހެދުމެއް ފަހައިގެން ލައިގެން އުޅުނީ ވެސް
ނަޝީދަށްވެސް އެނގޭނެ ނަޝީދަށް އެކަމެއް ނުކުރެވޭނެކަން....ދެން ކީއްވެބާ މީނަ މިއަދު މި ވާހަކަ މި ދައްކަނީ...އެމް.އެމް.ޕީ.އާރް.ސީ ގެ ވައްކަމަކީ މައްސަލައެއްކަމުގައި ދެކެވޭނޭ ޖާގައެއް ދިވެހި ސިޔާސީ އެއްވެސް މީހަކަށް ނޯންނާނެ...ކޮންމެ މީހަކު ވެރިކަމާއި ހެދި އުޅެނީވެސް ސިޔާސީވެގެން އުޅެނީވެސް ހަމަ އެފަދަ ވައްކަންތައް ބައިތުލްމާލުން ކުރުމަށް...ސިޔާސީ މީހުންނަށް އެއިން ދެއްކެން އޮންނާނެ ހަމަ އެކަނި މައްސަލައަކީ ތިމާއަށް ނުދިން މައްސަލަ...އަހަރެމެން ރައްޔިތުން ގެ ހާލަށް ހަމްދަރުދީވާނެ އެކަކިވެސް ސިޔާސީ ސަފުގައި ނޫޅޭކަމީ ދަންނަ ހަގީގަތެއް އެންމެން....
ބޮޑުވަޒީރުކަންވެސް އަދި ގައުމުގެ ރައީސްކަމަށްވެސް ނާދެވޭނެކަން ޔަގީންވީމާ މަޖިލިސްތެރެއިން ވެރިކަން ބޮޑުވަޒީރުކަމަށް ބަދަލުކުރަން އުޅުނު އުޅުމަށް ހުރަސް އެޅިއެއްމެން ކަންފަތްމަތީ ޖަހާލި އެތިފަހަރެއް.
މިކަލޭގެ މޮޅުކަމަކީ ވާނެކަންތައް މާކުރިން ބުނާތީއެވެ. މޮޅު މީހެކެވެ. މިކަލޭގެ އިސްތިއުފާދެއްވި ދުވަހުވެސް "ތިމަން ވެރިކަމުގައި ހުރެއްޖެނަމަ ރާއްޖެއަށް އިތުރު ދަތިގޮތްތަކެއް ކުރިމަތި ވެދާނެކަމަށް" ބުނި ނޫންހެއްޔެވެ."
ނުކެރޭނެ އަމިއްލަ މީހުން ގިނައިން ބުރައިގެންދާނެތީ؟
މަޖިލިސް އިންތިހާބަށް މޑޕ އިން ޚަރަދުކުރި ފައިސާ ހޯދީ ކިހިނެއް ؟
ކާކު ފައިސާ ހޯދައި ދިނުމުގައި އިސްކޮށް ހުރީ ؟
ކާކު ކޮންރަށަކަށް ކިހާވަރެއް ކަނޑައެޅީ ؟
ކީއްވެ އަދީބު ގޭގައި ހުރީ ؟ ކާކު އެޔަގީންކަން އޭނަޔަށް ދިނީ ؟
އަދީބަކީ ޕޕމ ގައި ކޮންބަޔަކު އެޅުވި ފަންޏެއް ؟
އަޅުގަނޑަށް ހަމަ ޔަގީން އެއްމެ ފުރަތަމަ ހެއްލޭނީ ކެނެރީގޭ ނަށީދުގެ ގޮނޑިކަން.
އެމަނިކުފާނު ވިދާޅުވީ މމޕރސ ކަންތައް ގަނޑަކީ އަދީބު މެދުވެރިކޮށް ޕޕމ ގައި މޑޕ އިން އެޅުވި ފަންޏެއްކަމަށް.
އެހާ ނުބައި އަމަލެއް ކުރުމަށް ހިތްވަރުދިނީމަ އެކަން ހިނގީ. ވީމާ ނަށިދު ކަލޭގެ ފުރަތަމަ ގެއަށްދާންޖެހޭނީ.
މީދެން ކި ހާ ދެރަކަމެއް، މީނަ މީދެން ކަކު ބަޔަކަށް މިވަރެއްނެތަސް މި ހާރު ތީ އެއްވެސް އަގެއް އޮތް މީހެއްނޫން،
މުޅިންވެސް ޑޮލަރު ގަތް އެމްއެމްޕީއަރުސީން ޑޮލަރު ގަތް މީ ހުން ތިބީ، ދެރައީ ޑޮލަރުގަނެފަ މި ބޭފުލުން ދިން ފައިސާ ވީތަނެއް ނޭގުނީމަ
ނުކެރޭނެ ބަލާކަށް. ޙެހެހެ . އެއަށްވުރެ މާބޮޑަށް ސިޔާސީ މީހުން ބައިވެރިވެފަ ޤައުމު ދަވާލާފައޮތްކަމެއްތީ... ހަމަ ނުކެރޭނެކަމާމެދު ޝައްކެއްވެސްނެތް!
ކަނޑައެޅިގެން ރަށްޔިތުންނަށް ބޮޑެތި ހިޔާނާތްތެރިން ރަށްޔިތުންގެ މަޖްލީހުގައި ބައިތިއްބައިގެން މަޖްލީސް ކުރިޔަށް ގެންދަނީ ކީއްވެ؟ މަޖްލިސް އުފެއްދީ އެމައްލަސަ ބަލަންށޭ ނަށީދު ކިޔަންޔާތީ ހިނި އަންނަނީ.
ބަލަ މިހާދުވަސް ވީއިރު ތިބުނާ ބަޔަކު ކަލޭމެން ހާމަނުކުރުމަކީ ރައްޔިތުންނަށް ވި ހަރާމްކޯރެއް ، އެމީހުންގެ ފަރާތުން މަންފާ ހޯދުމަށް އެކަން ނުކުރީ ، މިހާރު ތިކަންވެސް ބަލަންޖެހޭ
ކަލޯގަޔާ ދެންކޮބާ ރިޔާސީކަމިޝަނުން ބަލަން ޖެހޭ މައްސަލައަކީ؟
ތިމައްސަލަމް ބެލީމަ އަމިއްލަ ސޯޓް ބޭލޭނީ، ވަރަށް މަޖާ
އެންމެ ފުރަތަމަ ކަލޭ ގޮނޑި
ރަނގަޅު ނިންމުމެއް.އަނެއްކާ އަންނި ސަލާމަތްވާނެބާ؟
ކަލޭ ތި ވާހަކަ ދައްކަން ތި އުޅެނީ މާ ނަޒީހު މީހަކަށްވެގެން. ބަލަ ކަލޭ އަގައިން ބުނި އަދީބުފަނި އެޅުވީ ތިމަންނައޭ..ކަލޭ އައިހިސާބަކަށް ތިޔައީ އެ ފައިސާގަ ޖެހިގެންކަން އެބަ އިގޭ. ގެއްލެންވީ ކަލެއާ ކަލޭ ގޮޑި. ޢެހެން ހުތިހާ މީހުން މާފުދީފަ ގޮޑީގަ ބައިތިއްބަންވީ ގައުމަށްޓަކައި.
ކޮބާ، ކޮބާ!..ބަލަނީޔޯ؟..ބަލާނެޔޯ؟..ބެލޭނެޔޯ..ވާރެޔޯ ބޯއްޓޯ ކުދިންކުޅޭ ނާއްޓޯ...
ސަރުކާރުގައި ހިމެނޭ ހުރިހާ ތަޙްޤީޤީ މުއައްސަސާތަކަކުން ތަޙްޤީޤު ކުރުމުގެ ޤާނޫނީ ބާރު ވަކިކޮށް އެހުރިހާ ބާރެއް މަޖްލިސަށް ލިބިދޭގޮތަށް ހަދާފައި އެކަމަށް ޓަކައި މަޖްލިސްގައި ވަކި ކޮމިޓީއެއް އުފައްދާ އެކޮމެޓީގެ ރައީސަކަށްވެސް ނަޝީދު ލާންވީ.
މަނިކު ފާނު ވެސް ތީއީ އޭގެ ހޭކުނު މީ ހެކޭ ރަށުތެރެއިން ކިޔާ
ބިރުދައްކާނެ ކަމެއް ނެތް ޢެމްއެމްޕީއާރސީ މައްސަލަ ބަލައިފިއަޔާ އިނގިރޭސި ވިލާތުގައި ހިންގި ސިޔާސީ ހަރަކާތް، އެމްޔޫއޯ ގެ ލީޑަރު ކެނެރީގޭ ޑިކްޓޭޓަރު ނުބެދޭނެ ގޮތެއް ނޯންނާނެ. ބަލަ ހެމިން އަދި މަރެެް ނުވޭ. ތަންކޮޅެއް މުރަނަވެގެން ތޮޔައުޅެނީ. އަތައް ގޮވާފާނެ!
މިސަރުގައި ހިންގި ހިޔާނާތުގެ ނައްސަލަބަލައިފިއްޔާ އެއްނި ވެދާނެމީހަކަށް ހަމައެކަނި ތިދައްކަނީ އެމްއެމްޕީއާރުސީގެ މައްސަލައިގެ ވާހަކަ. ކޮބާ ވެނޓލޭޓަރުގެ މައްސަލަ. ކޮބާ ގައުމުހިންގަން ކަނޑައެޅި ބަޖެޓަށްވީނުވީ މައްސަލަ
ތިމ މާގެ ސްޓޫލް ފުރަތަ މަމަވެއްޓޭނީ. އެހެންވެގެން މ މައްސަލަ
ކުރިއަށް ނެގެންދާނެ. ޔަގީން!
ބަލަ ތިޔަ ފައިސާއަށް ވޯޓު ވިއްކިއިރު އަމިއްލަ ގެކޮޅުގައި އުޅުނު އާއިލީ މެންބަރުންތަކެއް ތިޔަ މަޖިލީހުގައި ތިބި. އެމީހުން ވޯޓު ވިއްކި ވާހަކައަކީ އޭރު އެންމެ ގަދައަށް ދެކެވުނު ވާހަކަ. މިހާރު އެމީހުން ހުދުކާފޫރަށްވެ އެއީ ނުދައްކާ ވާހަކައަކަށްވީތަ. ގައިމު އެމީހުން ބޮޑެތި ތަންތަން ގަނެގެން ބޮޑެތި ރެސްޓޯރަންޓް ހަދައިގެން ހުޅުމާލޭގައި އެ އުޅެނީ މިނިވަންކަމާއެކު.
އަންނި ހަ މަ ބެސްޓް އެ އުޅުއްވަނީ ވަޢުދު ތައް ފުއްދާ ނިން މާލަން. ގެއްލުނު މަރުތަކާއި ގެއްލުނު ފައިސާތައް އެއްދޮނުގައި ދެ ބުޅި ޖަހައިގެން ބާނާ ނިނާލަނީ ސާބަސް ރ ނަޝީދަށް.
444 މައްސަލަ ސާބިތުވެ އިއުތިރާފް ވެފައި އޮއްވާ ނުގެއްލުން ގޮނޑިއެއް ދެން ގެއްލޭނީ
ނުބެލެނޭނެ ދަތްއަޅާނެ ކުއްތާއެއް ވައްވަކެއް ނުޖަހާނެ ތީހުސް މަކަރު
ތި މއްސަލާގައި ބެދޭ ހުރިހާ އެންމެނައް ހުރީ މިސަރުކާރުން ބޮޑެތި މަގާމުތައްދީފަ ދެންކިހިނެއްތޯ ބަލާނީ ތީހަ މަ ހުސް ބޮޑެތި ދޮގު ...
ރައިތުން ނިކުންނަނަްވީ ވީނަބާލަން. ފުރަތަމަ މމަޖްލީހުން ނެރެން ވީ ދެން މިގައުމުން ވެސްބޭރުކުރަންވީ. ބޮޑުއެދަގުލޭއްމީ. ހުރިހާވައކަމެއްގެ ފަހަތުގަ މީނަ
މަނިކުފާނު ތިކަން ބަލާނެ ދުވަހަކަށްވާނީ ތިޔަ ބުނާ ފައިސާ ގައި ޖެހުނު ބަޔަކު ކައްވަޅަށް ދިޔައީމަ ދޮތަ! މިވެރިންގެ ހަޔާތްކޮބާ!
އެ ޑީލްގަ ހިމެނޭ ނަޝީދު ޖަލުންނެރެ ފުރުވާލުންވެސް އަދި ބުރޯ ނައިބު ރައީސަކަށް ހޮވުންވެސް ދެން ކިހިނެއް ތިޔަ މައްސަލަ ބަލަނީ
ކެނެރީގެ މުހައްމަދު ނަސީދުގެ ގޮޑިނުގެއްލޭނެތޯ
ހިންނަވަރު
ކެނެރީގެ މުހައްދު ނަސީދުގެގޮޑިނުގެއްލޭނެތޯ
ޅ ހިންނަވަރު އިބުރާހިމްސާލިހުގޮޑިނުގެއްލޭ
ނެތޯ
ކެނެރީގެ މުހައްމަދު ނަސީދުގެ ގޮޑިނުގެއްލޭނެތޯ
ހިންނަވަރު އިބުރާހިމް ސާލިހުގެ ގޮޑިނުގެއްލޭނެތޯ
ކެނެރީގެ މުހައްމަދު ނަސީދުގެ ގޮޑިނުގެއްލޭނެތޯ
ހިންނަވަރު އިބުރާހިމް ސާލިހުގެ ގޮޑިނުގެއްލޭނެތޯ