އެމްއެމްޕީއާރްސީގެ މައްސަލަ ބެލޭތޯ ރޭ ފަތިސް ނަމާދަށް ފަހު ވެސް ދުއާ ކުރިން ކަމަށާއި، އަބަދުވެސް އެމްއެމްޕީއާރްސީ މައްސަލަ ބެލޭތޯ ދުއާ ކުރައްވާ ކަމަށް ރައްޔިތުން މަޖިލީހުގެ ބިލަތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ދޮންބިލެތް އަހްމަދު ހަލީމް ވިދާޅުވީ އެމްއެމްޕީއާރްސީ ވައްކަމަކީ ޕީޕީއެމް އިން އެކަނި ކުރި ވައްކަމެއް ނޫން ކަމަށެވެ. އެމްއެމްޕީއާރްސީ ވައްކަމުގައި ރައްޔިތުން މަޖިލީހުގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ބައިވެރިވެފައިވާ ކަމަށް ވެސް ދޮންބިލެތް އަހްމަދު ހަލީމް ވިދާޅުވިއެވެ.

"އެމްއެމްޕީއާރްސީ ވައްކަމަކީ ހަމައެކަނި ޕީޕީއެމް އިން ކުރި ވައްކަމެއް ނޫން. އޭގެތެރޭގައި 18 ވަނަ ރައްޔިތުން މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ ބައެއް މެންބަރުން ވެސް އެވައްކަމުގައި ސާފުކޮށް ބައިވެރިވި. ހާއްސަކޮށް މަރަދޫ ދާއިރާގެ އިއްޒަތްތެރި މެންބަރަކީ ވައްކަމުގައި އިންތިހާއަށް ބައިވެރިވެފައިވާ ފަރާތެއް. އެއީ މިދައުރަކު ނޫން. ހުރިހާ އިރެއްގައި ވެސް ވައްކަމުގައި އުޅުއްވާ ބޭފުޅެއް." ދޮންބިލެތް އަހްމަދު ހަލީމް ވިދާޅުވިއެވެ.

ދޮންބިލެތް އަހްމަދު ހަލީމް އެހެން ވިދާޅުވުމުން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ދޮންބިލެތް އަހްމަދު ހަލީމްގެ ވާހަކަ ހުއްޓުވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގައި ދައްކަވާ ވާހަކަފުޅަށް އިމްތިޔާޒުތަކެއް ލިބުނު ނަމަވެސް އެބާވަތުގެ ވާހަކައެއް ދައްކަވަން ވާނީ ހުކުމެއް އޮތް ނަމަ ކަމަށެވެ.

އަލުން ދޮންބިލެތް އަހްމަދު ހަލީމަށް ފުރުސަތު ދެއްވުމުން އޭނާ ވިދާޅުވީ އޭނާ މިއަދު ހުންނެވީ ރޯދައަށް ކަމަށާއި ރޭ ފަތިސް ނަމާދު ވެސް ކުރައްވައިގެން ހުންނެވި ކަމަށެވެ.

"ރޯދަ މަހު އަޅުގަނޑު ދޮގެއް ހަދާކަށް ބޭނުމެއް ނޫން. އަޅުގަނޑު މިހުރީ ރޯދަށް. ރޭ ފަތިސް ނަމާދު ކޮށްގެން ވަރަށް ދުއާކޮށްގެން މިހުރީ އެމްއެމްޕީއާރްސީ މައްސަލަ ބެލޭނީ ކޮން ދުވަހަކުންތޯ. އަޅުގަނޑު އަބަދުވެސް ކުރާ ދުއާއެއް އެއީ." ދޮންބިލެތް އަހްމަދު ހަލީމް ވިދާޅުވިއެވެ.

ދޮންބިލެތް އަހްމަދު ހަލީމް މިއަދުގެ ޖަލްސާގައި ވިދާޅުވީ އެމްޑީޕީ އަށް 2008 ވަނަ އަހަރު ވެރިކަން ލިބުމުން ވައްކަމެއް ކޮށްފައި ނޯންނާނެ ކަމަށެވެ. ދޮންބިލެތް އަހްމަދު ހަލީމް އެހެން ވިދާޅުވި ނަމަވެސް 2008 ވަނަ އަހަރު އެމްޑީޕީ އަށް ވެރިކަން ލިބުމުން ފެރީ ނިޒާމް ކުރިއަށް ގެންދިއުމަށް ދޮންބިލެތް އަހްމަދު ހަލީމްގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް ސަރުކަރުން ދެރަށް ރިސޯޓް ހިންގަން ދިނެވެ. އެދެރަށުގައި ރިސޯޓް ހަދައިގެން މިހާރު ވެސް ހިންގަމުން އެބަގެންދެއެވެ. ނަމަވެސް ދޮންބިލެތް އަހްމަދު ހަލީމްގެ މަސްލަހަތު އޮންނަ ކުންފުނިން ފެރީ ދަތުރުތައް ކުރުން ވަނީ ހުއްޓާލާފައެވެ.

ދޮންބިލެތް އަހްމަދު ހަލީމް މިއަދު މަވޯޓާ ޝަރީފަށް އެމްއެމްޕީއާރްސީގެ މައްސަލައިގައި ތުހުމަތުތައް ކުރުމުން ޝަރީފް ވަނީ ދައްކަން "ލައްކަ ގިނަ ވާހަކަ" އެބަހުރި ކަމަށާއި ނަމަވެސް މަސްލަހަތައްޓަކައި އެވާހަކަ ނުދައްކަވާ ހުންނެވީ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ޢައލ

    ވެރިކަމާއި ހެދި ހޭ ބުއްދި ފިލައިދަނީ.... މިހާރު މިޖަހަން އުޅޭ މަޅިޔަކީ ބަރުލަމާނީ އަށް ތާއީދު ނުކުރާ މެމްބްރުން ބޭރުކުރުން... ބަލަ މިހާރު ރައްޔިތުންގެ ތާއީދެއް ތި ނަޝީދަކަށްނެތޭ... ރައްޔިތުން އެބަތިބިކަން ހަނދާން ނުނައްތާލާ... ތިކަލަ މަޅިޖަހާ ވަރަކަށް ތާއީދު ގެއްލެނީ...

    35
  2. ދަލާސްޓް

    އަަސްތާ ބަގީޗާގެއާގެ ގައި ތަ ނަމާދުކޮށް ދުއާ ކުރީ. ކާލޭމެންގެ ހަގީގީ ސިފަ ވަރަށް ގިނަ މީހުންނަށް މިހާރު އެނެގޭ.

    39
  3. އަމްޖޭ

    ކަލޭ އަށް ނަމާދު ކުރަން އިނގޭތަ

    31
  4. ހަސަދު

    ދުއާ އަކުން އެކަނި ނުފުދޭ. އެބެލޭތޯ މަސައްކަތް ވެސް ކުރަން ޖެހޭ. މިސަރުކާރުން އެކަން ކުރެވޭނެ ކަމަކަށް ގަބޫލެއް ނުކުރެވޭ.

    23
  5. ކޮވިޑް

    ހަމަސީދާ ރާވައިގެން ހިންގާ ޖަރީމާ އެއް ފޮރުވަން މޮޅު ވާހަކަ އެއް ފަތުރާލީ ގައުމަށް، ދޮން ބިލަތަށް ވެސް އެންގޭނެ ދޯ ތިކިޔާ ވައްކަމުގައި މިހާރު މިޤައުމުގައި ރައީސް އަކަށް ހުރި ނަމުން ސޯލިޙް ކަމުން ޖައްބާރު ބައިވެރި ވާކަން، ބޯޑު ވަޒީރު ބާބު ކުރިޔައް ނުދާތީ ސޯލިޙް ދުވަސް ދުއްވާލައިގެން ވެސް ވެރިކަން ބޭނުމުގަ ގޯ ޕަކާސް

    26
  6. ޙަސަނާ

    ދޮންބިލެއް އަހުމަދުހަލީމުގެ ކުންފުންޔައް ބަދަލުގެ ގޮތުގަ 750 މިލިއަންރުފިޔާ މިސަރުކާރުން ވަގައްނައިފި...ޕަކާސް

    25
  7. ރަމްޟާން

    އަހަރެމެން ރައްޔިތުން ތާ އަބަދު މިހާރު ﷲއަށް އިސްތިޣްފާރުކޮށް ދުޢާ 24އަވާ މިކުރަނީ މިސަރުކާރުގެ ބަލާވެރިކަމުން ނާއި ދީނާ ﷲއާއި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ލޯބި ނުކުރާ ގުންޑާއިންގެ ސަރުކާަރުން މިޤައުމު ރައްކާތެރިކޮށްދެެއްވާތޯ؟ އިންޝާﷲ އިންޝާﷲ އިންޝާﷲ އިންޝާﷲ އިންޝާﷲ އިންޝާﷲ އިންޝާ ﷲ އިންޝާ ﷲ

    15
  8. ފާއިޒު

    ފެރީގެ ޚިދުމަތް ދިނުމުގެ ނަމުގައި ސަރުކާރުން ނާޖާއިޒު ފައިދާ ނަގާމީހުންގެ ކިބައިން މި ޤައުމު ސަލާމަތްކޮށްދެއްވުން އެދެމެވެ.

    17
  9. ހުސޭނުބޭ

    ކަލޯ ބީތާޔާ! ތައުބާގެ ފުރަތަމަ ޝަރުތަކަކީ ކައިފައި ހުރި އަލިފާންތައް ނެރި ހައްޤުތައް އަދާކުރުން! ފާދިއްޕޮޅުގައި އެންމެ ފެރީ ދަތުރެއްވެސް ނުކޮށްދީ ކަލޭ އަލިފާނުގެ ގޮތުގައި ދިރުވާލި ބޮޑު ލާރިގަނޑު ކޮބައި؟

    12
    1
  10. ރަސީދު

    ދޮންބިލަތާ ފަތިސް ނަމާދުގެ ފަހުގަ ކޮންމެ ކަލޭގެ މަންމަ އާއި ބައްޕަ ސުވަރުގެ ވަދެވޭތޯ ދުއާކޮއްބަލަ، ކަލެއަށް ތިޔަލިބޭ ފައިސާފޮތި ތިލިބެނީ ތިޔަބުނާ އެމް އެމް ޕީއާރުސީގެ ހާދިސާހުރެ.

    10
  11. ޙާމިދު

    ދުޢާ އިޖާބަ ވުމަށް ފުރަތަމަ ތިމާ ދުޢާ ކުރާއިރު އިޙުލާސްތެރި ވާން ޖެހޭ. ދެން ހަލާލު ނޫންގޮތުގަ ހޯދާ މުދަލުން ކައިގެން ބޮއިގެން ހުރެ ކުރާ ދުއާ އިޖާބަ ނުވާނެ ކަމަށް ވަނީ. އެހެންވީމަ ދުޢާ ކުރުމުގެ ކުރިން ރައީތުންނަށް ފެރީ ނިޒާމު ދޭންށޭ ކިޔާފަ އަތުލި ރަށްތަށް ފެރީގެ ހިދުމަށް ނުދެންޏާ އަނބުރާ ދައުލަތަށް ހަވާލު ކުރޭ. އޭގެ ފަހުން އިޙުލާސްތެރި ކަމާއެކީ ދުޢާ ކުރެވޭތޯ ބަލާ. އިންޝާ ﷲ ކޮންމެސް މަގެއް ދައްކަވާނެ

    8
    1
  12. ބީރުމީހާ

    ދޮންބިލެތް އަހްމަދު ހަލީމް އެހެން ވިދާޅުވި ނަމަވެސް 2008 ވަނަ އަހަރު އެމްޑީޕީ އަށް ވެރިކަން ލިބުމުން ފެރީ ނިޒާމް ކުރިއަށް ގެންދިއުމަށް ދޮންބިލެތް އަހްމަދު ހަލީމްގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް ސަރުކަރުން ދެރަށް ރިސޯޓް ހިންގަން ދިނެވެ. އެދެރަށުގައި ރިސޯޓް ހަދައިގެން މިހާރު ވެސް ހިންގަމުން އެބަގެންދެއެވެ. ނަމަވެސް ދޮންބިލެތް އަހްމަދު ހަލީމްގެ މަސްލަހަތު އޮންނަ ކުންފުނިން ފެރީ ދަތުރުތައް ކުރުން ވަނީ ހުއްޓާލާފައެވެ.

    8
    1
  13. ބޯޖަލީލު

    ދެވަނަ ފަހަރަށް ހަކުރު ބޮވޭތޯ ދުއާނުކުރަންތަ ؟ ހަކުރު އަހައްމަދު ކޮބާ ފެރީ ނިޒާމް ދެރިސޯޓު ކައްވާލީ...

  14. ކިސަޑު

    ފަތިސް ނަމާދު ކުރެއްވިއިރު ގިބުލަ ހުރި ދިމާ އެގިލެއްވިތޯ ހަމަ ދޮންބިލަތް ވައްކަން ނުކޮއް އުޅުއްވަނީތޯ ހާދަ ތެދުވެރި އިންސާނެކޭ އަނެއްކާގެ މުޅަމަސް ނުކައި އަދި މީހުން ބޭޒާރު ނުކޮއްހުންނަވާ އޭރުން ތިބާވެސް ﷲ ގިޔާމަތްދުވަހުން ބޭޒާރު ނުކުރައްވާނެ

  15. ބުރާންތިފަތިސް

    ތެދުފުޅެކޭ ތެދުފުޅެކޭ ފަތިސްނަމާދު ވަގުތެއް ނޫނޭ، ހަމަ ހީވީއޭ ފަތިސްވަގުތޭ މިއީ، މިކުރެވެނީ ދުއާއެކޭ ހީވީއޭ، އެކަމަކު ދުއާއެއް ނޫނޭ. ދުވާއަކަށޭ ތިޔާވާނީ. ތިޔަ ކަލަހަ ވާހަކައެއް ބުންބާ މީހުން މާލޭގައި ތިބި ދުވަސްވަރު ހިނގިކަމެކޭ ކިޔައިގެން އިހުތިބީން ބުނެ އުޅެއޭ، ބުންބާ މީހުން ވިއްކި އެއްޗެއް ކަމު ނުގޮސްގެން ހެއްދެވި ހާލުގައި ގޮސް މީހަކު ފިހާރަ ދޮރުމަތީގައި ހަޅޭއްލަވަން ހުއްޓޭ. އެވާހަކައެކޭ ތިޔަ ވާހަކައެކޭ ރަނގަޅަށް ބަލައިފިއްޔާ އެއްވެސް ތަފާތެއް ނޯންނާނެއޭ. ވެފައި އޮންނާނީ ދާދި އެއްކަހަލަ ގޮތެކޭ. ތިވާހަކައެއް ދެއްކިއިރުވެސް ހުރިގޮތެއް ނޭނގެޔޭ.

    • Anonymous

      ދޮންބިލެތް އަހްމަދު ހަލީމް އެހެން ވިދާޅުވި ނަމަވެސް 2008 ވަނަ އަހަރު އެމްޑީޕީ އަށް ވެރިކަން ލިބުމުން ފެރީ ނިޒާމް ކުރިއަށް ގެންދިއުމަށް ދޮންބިލެތް އަހްމަދު ހަލީމްގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް ސަރުކަރުން ދެރަށް ރިސޯޓް ހިންގަން ދިނެވެ. އެދެރަށުގައި ރިސޯޓް ހަދައިގެން މިހާރު ވެސް ހިންގަމުން އެބަގެންދެއެވެ. ނަމަވެސް ދޮންބިލެތް އަހްމަދު ހަލީމްގެ މަސްލަހަތު އޮންނަ ކުންފުނިން ފެރީ ދަތުރުތައް ކުރުން ވަނީ ހުއްޓާލާފައެވެ.

  16. މާމީ

    ފުރަތަމަ ކަލޭގެ މައްސަލަ ބަލަން ވީ މިހާރުވެސް ކަމުންދާ ލާރިގަނޑުގެ މައްސަލަ ފެރީދަތުރު ނުކޮއް 2 ރައްދިރުވާލައިގެން ތިހިރީ....