މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ރެޕް އާޓިސްޓު، އިސްމާއީލް އިފްހާމް މުހައްމަދު (ޕެސްޓު) އާއި އަދި އޭނާ އާއިއެކު ހައްޔަރުކުރި އެހެން ބައެއް މީހުންގެ މައްޗަށް ބޮޑެތި ދައުވާތަކެއް ކޮށްފިއެވެ.
ޕެސްޓްގެ މައްޗަށް ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާއި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާއި މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އާއި ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާގެ އިތުރުން، ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.
ޕެސްޓްގެ އިތުރުން އެމައްސަލައިގައި ހައްޔަރުކުރި ލ. ގަން-ތުނޑި، އަބަދަށްއުފާ، މުހައްމަދު ސުއައިދުގެ މައްޗަށް ވަނީ ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާއި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާއި މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން، ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.
ލ. ގަން-ތުނޑި، ރޯޝަންހިޔާ، އަހުމަދު ހުސާމްގެ މައްޗަށް އުފުލާފައިވަނީ، ކެނެބިސް ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ.
ލ. ގަން-ތުނޑި، ހަނދުވަރީހިޔާ، އަހުމަދު ޝަމްއޫންގެ މައްޗަށް ވަނީ ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.
އަދި މ. އަސަރީހަދާން، އާއިޝަތު ހަސްނާ ނާހިދުގެ މައްޗަށް، ކެނެބިހުން މުއާމަލާތުކުރުމުގެ ކުށުގެ ދައުވާ ވަނީ އުފުލާފަ އެވެ.
މިމީހުން ހައްޔަރު ކުރީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ފެބްރުއަރީ މަހު ފަހުކޮޅު ހިންގިއޮޕަރޭޝަނެއްގައެވެ. މިއޮޕަރޭޝަންގައި މާލޭގެ ހަތަރު ގެއަކާއި ސައިކަލަކާއި ނޯތު ހާބަރުގައި އޮތް ބޯޓެއް ބަލައިފާސްކޮށް ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތިވަނީ ހޯދާފައެވެ.
މިމައްސަލައިގައި ހިމެނޭ ބައެއް މީހުން މިހާރު ވަނީ ބަންދުން ދޫކޮށްލާފައެވެ.
ކެނަބިހޭ؟؟؟ އަހަރުމެން ދިވެހިބޭހަކައް ދިވެހި ކުކުޅުބިހެއް ނުލިބިގެން އުޅޭއިރު މިމީހުން ފާޑު ފާޑު ބިސް ފޮރުވަފޮރުވައިގެން ވަގުވަގައް މިގެންގުޅެނީ!!!!!! ޕެސްޓެއް ޓޮމާޓޯ ޕޭސްޓެއް ކިޔާނެކަމެއްނެއް. އަދަބުދީ....
މިއަދި ބޯންދިނީ ކޯވަރެެއް
ޕެސްޓަކަސް ވެސްޓަކަސް ދައުވާކުރު ަމކުން ނުވާނެ. އިސްލާ މީ ހުކު މަށް މައްސަލަ ސާބިތުކޮށް ހުކު މް ތަންފީޒުކުރީ މާ އެއްޗަކަށް ވާނީ.. އެހެންނޫނީ ހަ މަ މިމމ މީހުން މާދަ މެސް މިކަން ކުރާނީ.. ދިވެހި ޤައު މު ހަލާކުވާނީ.
ދައުވާ ސާބިތުވީމ މާ ވަގުވަގުން ވެރިޔާ ކައިރިޔަށް ގޮސް ކަން ނިން މާލާތީ މިކަން ހައްލު ނުވަނީ.
ފަރިކަމުން ތިބަލަނީ މަމީ ލޯގަނޑެއް ހޭ
އެއީ ޕެސްޓެ ކޮންޓްރޯލް ކުރަން ގެންގުޅުނު އެއްޗަކަށް ވާނީ!!
ކޮއްކޮމެން މަސްތުވާތަކެއްޗާ ނުލާއުޅެން ދަސް ކޮއްބަލަ، ބަސް އަހާބަލަ، ދެން ގޮޅީގަ އޮވެގެން ރެޕް ކުރޭ، ސަޅިވާނެ، ބޯދިން ކޯވަރުގެ ނުނިމި އިން ކޯވަރު ބޯލާ ދެން.
ހާދަ މީރު ބިހެއްގެ ވާހަކަ މިދައްކަނީ ، ބިހެއްގެ ސަބަބުން ޖަލަކައް ނުލެވޭނެ.
މިއަދި ބޯންދިނީ ކޯރެެއްގެ ކޯވަރެެއް
އަދި ތިއީ ކޯރެއްގެ ކޯވަރެއް. 25 އަހަރައް ކަނޑާލީމަ ކޯރު އެއްކޮއް ބޮވޭނީ.
ޕެސްޓް ކޮންޓޯލް ކޮށްލީ... ލޮލް
މިގޮލާމެން ދޫވާނެ، އެވިޑެންސް އެއްނުވެގެން
ތިޔަމީހުން ދޫކޮއްލާނެ ނިކަން އަވަހަށް..ތިޔަ މީހުން އުޅޭ ރަށްތަކުގައި މިހާރުވެސް ކުޑަކުދިން ތޮޔަ ކަމުގައި ޓްރެއިނިންގ ކުރަމުން ދަނީ...ކޮންމެ ސަރުލާރެއްގެ ވެސް ވެރިން ގެރިންނަށް ވެ ނިމިއްޖެ..