އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މޭސްތިރިޔެއްގެ ގޮތުގައި ހުންނެވި ކަމަށް ތުހުމަތު ކުރާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއެކު "ޑީލެއް" ހައްދަވާފައި ނުވާ ކަމަށާއި އެފަދަ މުއާމަލާތެއް ހިންގެވި ނަމަ ހިންގެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން މި ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ އެއް މެންބަަރަކީ ޝަރީފެވެ. އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު ފަހަކަށް މަދު ކުރުމަށް ފަނޑިޔާރުންގެ ގާނޫނަށް 2014 ގައި ޝަރީފް އިސްލާހު ހުށަހެޅުއްވީ އަދީބު އަންގަވައިގެން ފައިސާ ނަންގަވާ ގޮތަށް ކަމަށް ވެސް އޭރު ތުހުމަތު ކުރެވިފައިވެއެވެ.

އެކަމަކު މެންބަރު ޝަރީފް މިކަން ދޮގު ކުރައްވައެވެ.

މީގެ ކުރީގައި ވެސް އެކި ފަހަރު މަތިން އޭނާ ވިދާޅުވެފައިވާ ގޮތުގައި އެ އިސްލާހު ހުށަހެޅުއްވުމަށް އޭނާ އެއްވެސް އިރެއްގައި އަދީބާ ވާހަކަ ދަައްކަވާފައެއް ނުވެއެވެ. އަދި އެ އިސްލާހަކީ ރައީސް ނަޝީދުގެ އެދިވަޑައިގަތުމުގެ މަތިން ހުށަހެޅުއްވި އިސްލާހެއް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ އެ ޚިޔާނާތުގެ މައްސަލަ އޮތް ހިސާބެއް ސާފު ކުރަން ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށް މަޖިލީހުގެ އިދާރާގެ ފަރާތުން އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ސިޓީއެއް ފޮނުވާފައިވާ ކަން ހާމަކުރައްވައިފައެވެ. އަދި އެއާއެކީ ޚިޔާނާތް ހިންގެވި ގޮތާއި ފައިސާ ބެއްސެވި ގޮތް ހެއްކާއެކު ހުށަހަޅުއްވާފައިވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ހާމަކުރެއްވި މި މައުލޫމާތާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެކި މައްސަލަތަކަށް ބަހުސް ކުރައްވަމުން މެންބަރުން ވާހަކަ ދައްކަވާފައި ވަނީ ވެސް އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅޭ ގޮތުންނެވެ.

މީގެ ކުރިން އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ޝަރީފް ހުށަހެޅުއްވި އިސްލާހާ ގުޅޭ ގޮތުން ކަންކަން ސާފުކޮށްދެއްވާފައި ވަނިކޮށް ވެސް ރައީސް ނަޝީދު ތާއީދު ކުރައްވާ ވަރަށް ގިނަ މެންބަރުން މަޖިލީހުގެ އިދާރާގެ ތެރޭގައި ތިއްބަވައިގެން އޭނާއާ ދިމާއަށް "ވަގަށް" ގޮވަމުންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ އަދީބާ އެކީ "ޑީލް" އެއް ނުހައްދަވާ ކަމަށާއި ހެއްދެވީ ރައީސް ނަޝީދު ކަމަށް ވެދާނެއެވެ.

"އަޅުގަނޑު އެމްއެމްޕީއާރްސީގެ އަދީބަކާ އެކު ޑީލެއް ނަހަދަން. ވަރަށް ކެރިގެން މި ދަންނަވަނީ، އަޅުގަނޑު މި މަޖިލީހުގައި ދިން ވޯޓެއްދީފައި އޮތީ މަނިކުފާނު އެންގެވި ގޮތެއްގެ މަތިން. ޑީލު ހެއްދެވީ މަނިކުފާނު [ރައީސް މުހައްމަދު ނަޝީދު]،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް މިފަދަ ތުހުމަތެއް ރައީސް ނަޝީދަށް އަމާޒު ކުރެއްވުމުން ނައިފަރު ދާއިރާގެ މެންބަރު، ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވަނީ މެންބަރު ޝަރީފް ވިދާޅުވާ ވާހަކަތައް ބެއްލެވުމަށް ގޮވާލައްވާފައެވެ. ރައީސް ނަޝީދު ވަނީ އެ މައްސަލަ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށް އަދި މަޖިލީހުގެ ކޮމިޓީއަކަށް ހުށަހަޅުއްވައިގެން ބަލަންވީ ކަމަށެވެ. އަދި އަދީބާ އެކު ޑީލް ހައްދަވާފައި ނުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު މިއަދު ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގެ އެންމެ އަޑިއަށް ދިއުމަށް މަޖިލީހުން މަސައްކަތް ކުރައްވާނެ ކަމާއި ބައެއް މެންބަރުންގެ ގޮނޑި ގެއްލުމަކީ ވެސް ވެދާނެ ކަމެއް ކަމަށް ވިދާޅުވެފައެވެ.

އަދީބު ވެސް މީގެ ކުރީގައި ވިދާޅުވެފައިވާ ގޮތުގައި ޝަރުއީ ކޯޓުތަކުން ވަކި ގޮތަކަށް ހުކުމް ނެރުމަށާއި ރައްޔިތުންގެ މަޖިލީހުން ވަކި ގޮތަކަށް ކަންކަން ފާސްކުރަން އެމްއެމްޕީއާރުސީގެ ފައިސާ ބައްސަވާފައިވާ ކަމަށެވެ. އަދި އެ ފައިސާ ކުރީގެ ބައެއް ރައީސުންނަށް ވެސް ލިބިވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. އުބުޖާޑި

  ޢަދީބަކީ ބޮޑު ފާސިގެއް. އޭނާ ދައްކާވާހަކަ ހުދު އޭނާއަށްވެސް ސާފުނުވޭ. ވީމާ، މިޒާތުގެ މީހަކުދޭ މަޢުލޫމާތު ކިހިނެތްތޯ ކަށަވަރުކުރާނީ. މަޖިލީހުގަ ތިބެގެން އެކެއްއަނެކާއަށް ވަގަށްގޮވާ ސިޔާސީ ހަޅޭޖެހީމަ މިރާއްޖެއަށް ވަނީކޮންފައިދާއެއްތޯ؟ ތިބޭފުޅުން އަސްލުވެސް ތިޔައްވުރު ތައްސަރަފު ފުދެންޖެހޭނޫންތޯ؟ ދިވެހިންގެ ޓެކްސްފައިސާ ފިތިން މުސާރަނަންގަވާއިރު، މިގައުމު ބިނާކުރަން ނޫނީ ކުދި އަދި މެދުފަންތީގެ ވިޔަފާރުތަށް ފުޅާވެ، ވިޔަފާރިތަކަށް ޖާގެއް ފަހިކުރެވިއްޖެތޯ؟ އިތުރު ވަޒީފާ އުފެދޭތޯ؟ ޒުވާނުން އަދި ދިވެހިން ހަނާވަނީ މިތިބަ!!! ފާއިތުވެދިޔަ 15 އަހަރުވެސް އަދިވެސް ތިޔަކޯޅުމުގަ ސިޔާސީ ރަންޑިވެގެން ދިވެހިން ތާއަބަދު ކުޅިބަލަންވީތޯ؟ ތިޔަފިލުމު ނިމެންޖެހޭ. މިގައުމު ތަރައްގީވެ ދިވެހި ޒުވާނުންނަށް ދިރިއުޅުން އާރާސްތު ކުރެވޭނެ ވަރުގެ ވަޒީފާ އުފައްދަން އެބަޖެހޭ. ސިޔާސީ މީހުންގެ މުސާރަ މަހަކު -/50000ރ އިން މަތީގަ އެހެންވިޔސަަސް ރައްޔިތު މިހާއަށް -/5000ރ. މީތޯ ހައްގުމިންވަރަކީ.

  27
  1
  • ސަލާމްބެ

   ބަލަ ނަސީދު އަމިއްލައަށޭ ބުނީ ތިމަންނާއަށް އެނގެޔޭ އަދީބު ކޮރަޕްށަންގެ އަމަލުތައް ހިންގާނޭ. ތިމަންނައޭ މޑޕގެ ވިޕުލައިންއާ ހިލާފަށް އަދީބާށް ނާއިބުރައީސްކަމުގެ ރުހުންދޭން އެންގީ. ޢަދީބަކީ ތިމަންނަ އެޅުވި ފަންޔެކޭ.

   25
 2. ިބޯކިބާ

  ސަރީފޫ، ބަލަގަ މާލޭ އެކިއެކި މަނިކުފާނުން އަންގާހާގޮތަކަށް ވޯޓުދޭކަށްނޫނޭ އައްޑޫ މަރަދޫމީހުން ވޯޓުލައިގެން ކަލޭ ތިތަނަށް ހޮވާފަ ތިހިރީ.

  21
  3
 3. އަހުމަދު

  އަޑުތަށް އިވޭ ގޮތުގަ ޝަރީފު ނަޝީދު ދެކެ ރުޅި އަންނަނީ އެމްއެމްޕީރސީ ލިސްޓްގަ އޮތް ޝަރީފުގެ ނަން ކަޑާ ނުދީގެންނޯ އެއީ ތެދެއްބާ؟

  2
  13
 4. ައަހްމަދު

  އަޅުގަނޑައްފެނޭ މިހާރުމިއޮތްމަޖިލިސް މިބާވަތުގެމައްސަލަތައްބައްލަވަން އެކަހެރިކުރައްވާފަ ގާނޫނުތައް ހައްދަވަން އިތުރުމަޖިލީހެއް އިންތިހާބުކުރަން

  13
 5. މަކަރުވެރި ޖަރީމާ

  ޝަރީފުއެއް ކަމަކު ތިބުނީ ހަމަ ހައްގު ތެދު.

  15
  1
 6. މަރުދޮގުފަތިސް

  މަރުދޮގު ފަތިހަކަށް މިއޮތީ އިރު އަރާފައި. މަރުދޮގު ހެދުން ނޫން ކަމެއް ދެނެއް މިގައުމުގައި ނޯންނާނެ. މުލު ވަގު ޚުދުމުޚުތާރު ޑިކްޓޭޓަރަކާއެކު އުޅެން އުޅުނަސް އެކަލޭގެ ކިބައިގައި އެހުންނަ ޚުދުމުޚުތާރުކަމާއި ނުބައިނުލަފާކަން ނުދައްކައެއް ނުހުންނާނެ. ކަނާތުން ކުރާ ކަންތައް ވާތަށް ނޭނގޭވަރަށް ޗާޓުން ބޭރުންވިޔަސް ނުލަފާކަމާއި ޖައްބާރުކަން ދައްކާނެ.

  15
 7. ނުރަބޯ

  މަވޯޓާ ސަ ރީފު ތިއުޅެނީ ކެވުނުވަ ރު މަދުވެގެން ހަދާނެ ގޮތެއް ނޭނގިގެންކަން އެންމެނަށް އެނގޭ. މަނިކުފާނަކީވެސް ވަގަށް ރައްޔިތުންގެ ލާ ރިން ގޮނޑީގެ ނާޖާއިޒް ފައިދާ ނަގާ މީހެއް. އަށް މަނިކުފާނު

  1
  5
 8. Anonymous

  ނަޝީދު ޑުރާ މާ ނުޖައްސާ. ބަރުލަމ މަނި އަށް ކަލެއާ އެއްކޮޅަށް ވޯޓު ނުދޭ ހުރިހައި މެންބަރުން ބޭރު ކުރަން ކަލޭ ތިއުޅެނީ އެއްޗެކޭ ކިޔައިގެން،.