12:48

12:30

ދިވެހިރާއްޖޭގެ އެއްވެސް ސަރަހައްދަކަށް ބިންހެލުމެއް އައި ކަމަށް ދުނިޔޭގެ ބިންހެލުންތައް ރެކޯޑް ކުރާ އެއްވެސް މަރުކަޒަކުން ނުބުނޭ. ރާއްޖެ އާއި އެންމެ ކައިރިން ވެސް ބިންހެލުމެއް އައިކަމަށް ރެކޯޑް ކުރެވިފައި ވަނީ މިއަދު ހެނދުނު 07:07 ގައި އިންޑޮނޭޝިއާ އަށް. އެބިންހެލުން އައިސްފައި ވަނީ 5.4 މެގްނެޓިއުޑްގެ ބާރުމިނުގައި.

12:25

ލ.ގަމުގެ ފިހާރައެއްގައި މަސައްކަތް ކުރާ މީހަކު ބުނީ ފިހާރައިގެ ހަރުގަނޑުތަކުގައި ޖަހާފައި ހުރި ބިއްލޫރި ފުޅިތައް ތެޅުވުނު ތަން ފެނުނު ކަމަށާއި ނަމަވެސް އެއްވެސް ފުޅިއެއް ނުވެއްޓޭ ކަމަށް.

12:20

ލ.މުންޑޫ އަށް ވެސް ލޮޅުން އިހްސާސް ކުރެވުނު ކަމަށް އެރަށުން މައުލޫމާތު ދީފި.

12:12

ލ.ފޮނަދޫ ސްކޫލްގެ މުވައްޒަފަކު ބުނީ ކްލާސް ރޫމްތަކުގައި ހުރި ބިއްލޫރިތައް ވަރަށް ބާރަށް ތެޅުވުނު ކަމަށް.

12:09

ލ.މާބައިދޫ ކައުންސިލް އިދާރާ އާއި ސިއްހީ މަރުކަޒު އަދި މިސްކިތުގައި ތިބި މީހުންނަށް ވެސް ލޮޅުން އިހްސާސް ކުރެވުނު ކަމަށް އެރަށުގެ މީހުން ބުނޭ.

12:06

މާންދޫ އިން ވާހަކަދެއްކި މީހަކު ބުނީ އިރުކޮޅެއް ވަންދެން އޭނާ އަށް ވެސް ލޮޅުން އިހްސާސް ކުރެވުނު ކަމަށް.

ލ.އަތޮޅުގެ ބައެއް ރަށްރަށަށް "ބިންހެލުމެއްގެ" ލޮޅުން އިހްސާސް ކުރެވިއްޖެ ކަމަށް އެއަތޮޅުގެ ބައެއް މީހުން ބުނެފިއެވެ.

ލ.އަތޮޅު މާބައިދޫ އާއި ދަނބިދޫ އަދި ގުޅިފައި އޮންނަ ގަން، މާންދޫ، ކައްދޫ، ފޮނަދޫގެ ބައެއް މީހުން ވަނީ ލޮޅުން އިހްސާސް ކުރެވުނު ކަމަށް ބުނެފައެވެ. މީގެ އިތުރުން ސިކްސް ސެންސްސް ލާމް ރިސޯޓަށް ވެސް ލޮޅުން އިހްސާސް ކުރެވުނު ކަމަށް އެރިސީޓުން މައުލޫމާތު ދެއެވެ.

ލޮޅުން އައިކަމަށް މައުލޫމާތު ލިބިފައި ވަނީ 11:33 ގައެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ލ.އަތޮޅަށް ލޮޅުމެއް އައިކަމަށް ބައެއް މީހުން ރިޕޯޓް ކޮށްފައިވާ ކަމަށާއި އެކަން ޔަގީން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ތިފަދަ ރިޕޯޓެއް ވަނީ ލިބިފައި. އަޅުގަނޑުމެންގެ ސިސްޓަމްތަކަށް އެކަން ރެކޯޑް ކުރެވިފައިވޭތޯ ބަލަމުން މިގެންދަނީ." މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވިއެވެ.

ގަމުގައި ހުންނަ ހަމަދު ސްކޫލް އާއި ހަވާލާދެއްވާ ގަމު ކައުންސިލްގެ މެންބަރަކު ވިދާޅުވީ ލޮޅުން އައި ވަގުތު ސްކޫލްގެ މުޅި އިމާރާތައް ލޮޅުން އެރި ކަމަށެވެ.

(ތަފްސީލް އަންނަނީ)

ކިޔުންތެރިންގެ ހިޔާލު

40 ކޮމެންޓް

 1. ދަނބިދޫމީހާ

  ދަނބިދޫވެސް އިތުރުކޮއްލާ ލިސްޓައް

 2. Anonymous

  ތިވާނީ ޗައިނާ މީހުން ގާދޫ ފަޅު ގޮއްވާލީ ކަމަށް.

 3. މާއެނގޭ

  މީގެ ދުވަސް ކޮޅެއް ކުރިން ޅަވިޔަނި އަތޮޅަށް ވެސް ލޮޅުމެއް އެރި .

  • މަހުލަބީ

   އާއެކެވެ......?

 4. ޟ

  ޙާދަވަގުތެއް ނަގައޭދޯ ބަލަން

 5. ޢާދިލު

  ގިޔާމަތް ކައިރި ވަރަކަށް ބިންހެލުންތައް ގިނަވާނެ އެވެ. ހޭއަރާކަށް ނުވޭބާ

  • މީ

   الله اكبر

 6. ޒާ

  މަ ހިތަށް އަރާ މިރާއްޖޭގެ މެޓް އޮފީހާއި އެޗް ޕީ އޭ އާއި މީ ކީއްކުރަން މުސާރަ ދީފައި މީހުން ބައިތިއްޔާ ދެތަންތޯ. ރާއްޖޭގެ ސަރަހައްދުގައި ތޫފާނެއް އުފެދުނަސް، ސުނާމީއެއް އުފެދުނަސް ބިންހެލުމެއް އަޔަސް އެކަން މިޖެހެނީ ބަޔަކު ރިޕޯރޓް ކުރަން އޭގެ ފަހުގައި މެޓް އޮފީހުން އެކަން ބަލާފައި އެއްޗެއް ބުނަނީވެސް. ހަމަ އެގޮތް ރޯގާތައްވެސް ރާއް އަތުވެދާނެ ކަމަށް ނުވަތަ އައިސްގެން މީހުން ތެޅިގަތީމާ އެޗްޕީއޭއިން ރެޔަކާލަނީ.

  • އައިޝް

   އަސްލުވެސް..ބޯއިކޮޓްކުރަންވެފަތިބި ބައެއް

  • ހަސަނު

   މެޓަށް ގުޅީމަ ބުނީ، ބިންހެލުމެއް ނާދެޔޯ. ތިވާނީ އެހެން ކަމަކަށޯ. ލޮލް

  • ހަމަ

   ކަލޭ ތީ ހާދަ ތަންދޮރު ނުދަންނަ މީހެކޭ ދޯ!، ހަމަ ކަމެއްވާއިރަށް ވާނުވާ ނުބަލާ މެޓް އޮފީސް ނުވަތަ އެޗް.ޕީ އަކުން ރިޕޯރޓެއް ނުނެރޭނެ، ކަމުގެ ހަގީގަތް ބަލާ ރައްޔިތުންނަށް އެންމެ ފައިދާހުރިގޮތައް އެކަން ކުރެވޭތޯބަލާނީ، ބިންހެލުން ފަދަ ގުދުރަތީ ކަންކަމަކީ ދުރާލާ އެނގިގެން ވާ ކަންކަމެއްނޫން، ދުނިޔޭގެ ކޮން ގައުމެއްތޯ އޮތީ ދުރާލާ ބިންހެލުމުގެ އިންޒާރުދޭ. ނުވަތަ މިއަދު ލ.އަތޮޅަށް އައި ލޮޅުމަކީ ބިންހެލުމެއް ކަމަށް ނިންމޭނީ ކިހިނެއްތޯ އެކަމުގެ ހަގީގަތް ނުބަލާ. އަރާ ކޮންމެ ލޮޅުމަކީ އަދި ބިންހެލުމަކަށް ނުވެދާނެ އަދި ޖެހޭ ކޮންމެ ރޯގާޔަކީ އިންފުލުއެންޒާ އަށްވެސް ނުވެދާނެ.

  • އަލީ(ލ.އަތޮޅު)

   އަސްލުވެސް. މެޓް އޮފީހަށް ގުޅާފަ ރިޕޯޓް ކުރިން، އެކަމް އެމީހުނަކަށް އެނގޭ ކަމަށްވެސް ނުހެދި.. މަ ހިތަށްއަރާ ކީއްކުރަން ބޮޑު އަގުދީފަ ސިސްޓަމްތަކާ އެއްޗެހި ގަނެފަ ބަހައްޓާ ތަނެއްބާއޭ؟؟ އަދި އެބަ ބުނެޔޭ ބިންހެލުމެއް ނޫނޭ، ބަލަ ބިންހެލުން ކިޔަނީ ބިންގަނޑު ހެލުނީމަ އެއްނޫންތަ؟

  • Aishath Rasheedha

   ހަމަ ވ..ރަނގަޅު ވާހަކައެއް ތީ. ކަން ވެ ނިމުނީމާ މެޓް އޮފީހުން ނުބެއްޔަސް ރަގަޅު. ކަން ވުމުގެ ކުރިން ސިސްޓަމްތަކުން އިންޒާރު ނުދޭ ނަމަ، ކީއްކުރާ ސިސްޓަމްތަކެއް

 7. ޑިނަސަ

  ޢަދިވެސް ހަމަލަތައް އިތުރުކުރެވިގެން ތިކަން ކަން ހައްލުވެ ނިމި ދިއުން ﷲ މަތިން ހަނދަން ކުރުން އެދެން

 8. ްަާިމީހާ

  މާމެންދޫ ވެސް އިތުރު ކޮއްލާ

  • އިއްބެ

   ކީއްވެ؟

 9. ޙެހެ

  ﷲ މަތިން ހަނދުމަ ކުރުން އެދެންަ. މެރުން އަނިޔަ ކުރުން ނިމުމަކައް ގެންނަން ފެންނަނި

 10. ރަޓުމީހާ

  ލ ގެ މީހުންގެ ނުބައި ކަމުންތި ... ހަދުފަހަނާ އަޅައިފައި އޮތްތަނެއްތިޔާ،،،

  • ރަޓުމީހާ

   ތިހެންވިއްޔާ މުޅި ރާއްޖޭގަވެސް އުޅެނީ ހައްދުންނައްޓާފައި ތިބޭމީހުން ތި ބޭފުޅާވެސް...

  • ރަޓްމީހާ

   ލ.އަތޮޅަށްވުރެ މީހުން ހެޔޮ ރަށެއް ރާއްޖެގައިވެސް ނޯންނާނެ... ކަލޭ މޮޔަވެބަލް

  • ރަށުމީހާ

   ތިޔާ އެންމެ ހައްދުފަހަނަޅާފަހުރި މީހާ ދެންފަހެ

 11. އަހްމަދު

  ގޫގުލް ސަރޗްކޮށްލީ ދޯ؟ ސާބަސް މެޓަށް

 12. ނާނާ

  ތިތަނުގެ އިތުބާރު ވެސް ގެއްލުވާލީމާ ރަނގަޅު ވާނެ. ގަައިމު އެތައް ބަޔަކަށް އެލޮޅުން އިހުސާސް ކުރެވުނު ސަބަބެއް އޮންނާނެ. ޢެކަން ދިމާވި ސަބަބު މެޓްއޮފީހުން ޒިންމާދާރު ކަމާއި އެކު ބެއްލެވުމަށް ފަހު ހާމަ ކުރެއްވުން އެދެން.

 13. ބޭރި

  ލާމު އަތޮޅު މީހުން އުޅެވޭ ގޮތާމެދު ވިސްނާލަބަލަ

  • ލާމު

   ހަމަ އެކަނި ލާމު އަތޮޅު މީހުންތަ އުޅޭ ގޮތާ މެދު ވިސްނަންވީ. ދެން އެހެން އަތޮޅު ތަކުގެ މީހުންނަށް ބިންހެލުމުގެ އަސަރު ކުރީ އެމީހުން ކިހިނެއް އުޅޭތީތަ؟؟؟؟؟

 14. ލާމު

  ރަޓުމީހާ މާ ފޮނިނުވެބަލަ...

 15. އެއްކަލަ ގޮލާ

  އާނ މަށައްވެސް އިހުސާސް ކުރެވުނު.

  ނޫން މަޑުކުރޭ. އެއީ އަހަރެންގެ އަންހެނުން އެނދުމަތީ ޖައްސާލި އަސަރު.

 16. ޝ ، ޔ

  ދުނިޔެ އާއި ރާއްޖެގައި ބިންހެލުންތައް ރެކޯޑް ކުރާ ސިސްޓަމް ތަކާއި، މަރުކަޒުތަކުންދޭ މައުލޫމާތެށް ދެން އަހަރެން ގަބޫލެއް ނުކުރާނަން . ހަމަގައިމުވެސް އަހަރެން ތިބުނާ ބިންހެލުމުގެ އިހްސާސް ވަރަށް ބޮޑަށް ކުރިން

  • ގަމު މީހާ

   އަހަރެންވެސް 2 ފަހަރަށް ތިޔަ ބިންހެލުން އިހްސާސް ކުރެވުނު، 2 ވަނަ ފަހަރަށް ވ. ގަދަޔަށް ބިންގަނޑުހެލުނު.. މިފަހަރު ބިން ހެލުނުކަން ޔަގީން ކުރާކަށްއަހަރެމެން ސިސްޓަމެއް ބޭނުމެއް ނުވޭ.. އަމިއްލަޔަށް އެކަން ތަޖުރިބާ ކޮށްފިން މިއަދު.

 17. ނޫސްކިޔާ މީހާ

  މަހިތައް އަރާ މިރާއްޖެގެ މެޓް އޮފީހުން ދުވަހަކުވެސް ކަމެއްއިނގޭބާއެވެ ސަބަބަކީ މުސުން ލަފާކުރިޔަސް ޅ .އަތޮޅަށް އައި ބިންހެލުމުގެ މަޢުލޫމާތެއްވެސް ރިކޯޓް ކުރެވިފައިވެވެޔޯ ނަމެއްގާ ހުންނަތަނެތްދޯ

 18. މާމިގިލީ މީހާ

  މާމިގިއްޔައް ވެސް އިހުސާސުކުރެވުނު..

 19. ލ މީހާ

  ދުނިޔޭގެ ބިންހެލުންތައް ރެކޯޑް ކުރާ އެއްވެސް މަރުކަޒަކުން ދޭ މައުލޫމާތެށް ދެން ގަބޫލެއް ނުކުރެވޭނެ

 20. އަހްމަދު

  ތިޔަ ބުނާ ލޮޅުމަކާި ބިންހެލުމާ ހުރި ތަފާތަކީ ކޮބައިކަން މެޓުން ބުނެލަދީބަ. ރަނގަޅު....ބިންގަނޑަށް ލޮޅުން އެރީ. ލޮޅުން އެރީމަ ބިންގަނޑު ހެލެނީ. ބިންގަނޑު ހެލުނީމަ ކިޔަނީ ބިންހެލުން. ގައިމުވެސް ބިންގަނޑު ހެލުނު ކުރިން ދުވަހަކުވެސް އިހްސާސް ނުކެރެވޭވަރަށް. މެޓުން މި ކިޔާ އެއްޗެއް ގެޓެއް ނުވޭ

 21. ހެޔޮބަސް

  ގިނަރަށްތަކެއްގެ ގިނަބަޔަކަށް ލޮޅުމުގެއަސަރުކުރިކަމަށްބުނާނަމަ ގަބޫލްކުރެވޭ
  ލޮޅުމެއް އައިސްފިކަމަށް ނަމަވެސް ހިތާމައަކީ މުސާރަދެއްވާފައި އޮފީހެއްހައްދަވާ މިފަދަ
  ކަންކަން ދެނެގަންނަން ތިއްބަވާބޭފުޅުންނަށް އެނގިވަޑައިނުގަންނަވާތީ

 22. މާވަށު ކުއްޖާ

  މާވަށަށް ވެސް އަސަރު ކުރި...

 23. ޞ

  ފައިނަށްވެސް އަސަރު ކުރި...

 24. ބިން ބޮނޑޭ

  ބިންހެލުމެއް ނޫން، ލޮޅުމެއް. ލޮޅުން އިހްސާސް ކުރެވޭއިރު ގެތަށް ބޮލަށް ވެއްޓުނަސް ބުނާނެ އެއީ ލޮޅުމެކޭ.

 25. ޢަފަލާ

  ﷲ ވޮޑިގެންވާކަން ނޭނގެނީތޯ؟ ﷲ ކަމަކަށް އިރާދަ ކުރައްވައިފިއްޔާ އެކަމެއްވާނެ ލަހެއް ފަހެއް ނޯންނާނެ

 26. އެހެން

  ދުނިޔޭގެ ބިމަށް ކޮންމެ 24ގަޑިއިރަކު 360 އަށްވުރެން ގިނަ ބިންހެލުން

  އަންނަކަމަށްވޭ........ އޭގެ ތެރޭން އަހަރެމެނަށް އިހުސާސްވަނީ ވަރަށް ވަރަށްވެސް މަދުފަހަރަކު....

 27. ނުރަބޯ

  ދުނިޔޭގެ ގައުމުތަކުގައި އަދި ބިންހެލުން އަންނަކަމުގެ އިންޒާރު ކުރިންދޭ އާލާތްތަކެއް ނުހުރޭ. މިހާރު ހުންނަނީ ބިންހެލުން އައުމުން އެ އައިބާރުމިން ރެކޯޑްކުރާ އާލާތް. ނަމަވެސް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އާއި ބައެއް ޔުނިވަރސިޓީތައް ގުޅިގެން މިހާރު ދަނީ އެފަދަ އާލާތެއް ތަރައްގީކޮށް ޓެސްޓްކުރަމުގެ މަސައްކަތްކުރަމުން. އޭގެ ނަމަކީ ޝޭކް އެލާޓް. ދެންކަލޭމެން އެންމެން ތަނެއްދޮރެއް ނުބަލާ މިގައުމުގެ މެޓްއޮފީހާދިމާލަށް ބެވިޔަކަސް އެނގޭނީ ނުވަތަ އެމީހުން ދޭނީ ކޮން މައުލޫމާތެއް.....؟