ބ. ފުޅަދޫގައި ފަތުރުވެރިއަކު ފާލަންމަތީގައި ހުރެފައި މޫދަށް ޖެހި ޑައިވަކާ އެކު ކުއްލިއަކަށް މަރުވެއްޖެއެވެ.

ފުޅަދޫ ކައުންސިލުން ބުނި ގޮތުގައި މަރުވެފައި ވަނީ ޔޫކްރެއިންގެ އުމުރުން 62 އަހަރުގެ ފިރިހެނެކެވެ. އެ މީހާއަކީ އޭނާގެ އަންހެނުންނާއި ކޮއްކޮއަކާ އެކު އެރަށުގެ ގެސްޓްހައުސްއެއްގައި ޗުއްޓީ ހޭދަކުރަމުން އައި މީހެކެވެ.

އެމީހާ މަރުވެފައި ވަނީ މިއަދު ހެނދުނު 6:30 ހާއިރުއެވެ.

އެމީހާ މަރުވެފައިވަނީ މޫދަށް ފުންމާލި ގޮތަކުން މޫދުގެ ވެލިގަނޑުގައި ބޯޖެހި އަނިޔާވެގެން ކަމަށްވެއެވެ.

އޭނާ މޫދަށް އެރޭ އެއްޗިހި ހިފައިގެން ފާލަމަށް ދިޔައީ އަންހެނުންނާ އެކުގައެވެ. ފުޅަދޫގެ ބައެއް މީހުންވެސް ފާލަމުގައި އެމީހާ ފުންމާލި އިރުގައި ތިބިކަމަށް ކައުންސިލުން ބުންޏެވެ. ހާދިސާ ހިނގިތާ ގާތްގަނޑަކަށް ދިހަ މިނެޓްގެ ތެރޭގައި އެ މީހާ، ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ކާރިސާ ތަކާ ހާދިސާ ތަކުގެ ރަސްގެފާނުބާ ސޯލިބޭގޯތި އިބޫމިއީ ވޯޓުން ވަށްކަންކުރުމުގެ ބަދަލްތާ މިއީ

    10
    2
    • ވިސްނާ

      ޔާމީނު އިރު ފެން ނެތިގެން ގުއި ނުދޮވެ ތިބީ ޔާމީނު ސަޖިދަޔަށްދާލެއް ގިނަކަމުންތަ؟ އަނގަ ހުޅުވާއިރު ވިސްނައިލާނަމަ.

  2. ާަަަުުބިސް

    ނަމުންސޯލިހު ކަމުން ވަށްކަން ހައްޔަރުކުރަންޖެހޭ އެބަޖެހޭ ސޮލިހު ސޮލިހާއިހެދި ގެސްޓުންމަރުވަނީ.