ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުފުޅާއި އެއްގޮތަށް ގދ. އަތޮޅުގައި އޮންނަ "ގަން" ގައްދޫ ރައްޔިތުންނަށް ރައްދު ކޮށްދިނުމަށް އެއަތޮޅުގެ އިންތިހާބީ ރައީސް ހަސަން ފައިހަތު ގުދުރަތުﷲ ވިދާޅުވެއްޖެއެވެ.

ފައިހަތު ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވެފައި ވާއިރު "ވަގުތު" އަށް މިކަމާއި ބެހޭގޮތުން އިތުރު މައުލޫމާތު ދެމުން ފައިހަތު ވިދާޅުވީ، ގަން، ގައްދޫ ރައްޔިތުންނަށް ދޭނެ ކަމަށް ރައީސް މީގެ ކުރިން ވައުދުވެފައިވާ ކަމަށާއި އެހެންކަމުން އެތަނުން ލިބޭ އާމްދަނީ ވާން ޖެހޭނީ ގައްދޫ ކައުންސިލަށް ލިބޭ އެއްޗެއްގެ ގޮތުގައި ކަމަށެވެ. އެހެން ނަމަވެސް މިހާރު ”އެގްރޯނޭޓް“ ނަމަކަށް ކިޔާ ކުންފުންޏަކަށް އެރަށް ދޭން ނިންމާފައިވާ ކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

ގދ.ގަން

އޭނާ ވިދާޅުވީ، ގަމަކީ އެއީ ގައްދޫގެ އިޙުތިސޯސްގެ ތެރޭގައި އޮންނަން ޖެހޭ ރަށެއް ނަމަވެސް އެގޮތަށް ކަންތައް ވަމުން ނުދާ ކަމަށާއި އެހެން ކުންފުންޏަކަށް އެރަށް ދިނުން އެއީ ގައްދޫ ރައްޔިތުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

"އަޅުގަނޑު ކެމްޕޭނުގެ ތެރެއިން ގައްދޫގެ 90 އިންސައްތަ ގެތަކަށް ވަނިން. ހުރިހާ ރައްޔިތުންގެ ވެސް އުއްމީދަކީ، އަދި ރައްޔިތުން އެދުނީ ވެސް އެރަށް ގައްދޫ ރައްޔިތުންނަށް ހޯދައި ދިނުމަށް. އެހެން ކަމުން އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެރަށް ގައްދޫ ކައުންސިލަށް ލިބެން ޖެހޭ" ފައިހަތު ވިދާޅުވިއެވެ.

ފައިހަތު ގައްދޫގެ އަށް ކުރި ދަތުރުގެ ތެރެއިން އެރަށު ރައްޔިތުންނާއި އެކު

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުންގެ ވޯޓުން އައްޔަން ކުރެވުނު ފުރަތަމަ އަތޮޅު ކައުންސިލްގެ ރައީސްކަމުގެ ގޮނޑި ގދ.އަތޮޅުން ކާމިޔާބުކޮށްފައިވާ ފައިހަތު ވަނީ އެމްޑީޕީގެ ކެނޑިޑާޓާއި ވާދަކަށް 1،768 ވޯޓުގެ ބޮޑު ތަފާތަކުން ރައީސްކަމުގެ ގޮނޑި ހޯއްދަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޏިޔާޒު677777

  ޢިހުޒަމާނުއްސުރެ ގައްދޫ މީހުން ދަނޑުވެރިކަން ކުރަމުން އިންވެސްޓް ކުޜާރަށެއް މިއީ. ޙެޔޮނުވާނެ ތިހެން ހަދަން.

  10
  1
 2. ޟނބޏިޔާޒު677777

  ޢިހުޒަމާނުއްސުރެ ގައްދޫ މީހުން ދަނޑުވެރިކަން ކުރަމުން އިންވެސްޓް ކުޜާރަށެއް މިއީ. ޙެޔޮނުވާނެ ތިހެން ހަދަން.

  7
  3
 3. އަލަކުރި

  ތިރަށް އެހެން ބަޔަކަށް ދޭން ނިންމީ މާލީވަޒީރަށް ބޮޑުތަނުން ކަޓުލިބޭގޮތަށް.. ވެންޓިލޭޓަރާއި ހިލޭ އެހީތަށް ކައެގެން އަދިވެސް ހިތްނުފުރޭ.. ހަތްބޯރާހި

  6
  2
 4. ބުރާންތި

  ކެޔޮޅަށް ވެރިކަން ނުދިނީމަ އެރަށް ވިއްކާލަނީ.
  ރައީސްމީހާ އަދި އިންވެސްޓްކުރާ މީހާއަށްވެސް އިނގެން އެބަޖެހޭ ގައްދޫ ވާދޫ މީހުންނާއި ދެކޮޅަށް އެރަށަށް އަރައި ނުތިބެވޭނެކަން.

  8
  2
  • އަލި ދީދީ

   ވަރަށް ސާފު ކަމެއް.. ދަންނަން ޖެހޭ ހުވަދޫ ކަން.. ކިންދެން ދިލަހަ އެއްލަންނާ..

   2
   1