ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އުޅުއްވަނީ ސައިޒު އޮޅިވަޑައިގެން ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އަދި މަޖިލީހުގެ ސުލޫކާއި އިމްތިޔާޒް ކޮމިޓީއަށް އޮޅުވާލާފައިވާ ކަމަށް ކަނޑައަޅައި އޭނާއަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެެރަލް (ޕީޖީ) އޮފީހަށް ފޮނުވަން ކޮމިޓީން ނިންމުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވައި ކުރެއްވި ޓުވިޓެއްގައެވެ.
އެގޮތުން މަލީހު ވަނީ އޭނާގެ ސުލޫކީ މައްސަލައެއް ބަލަން ކޮމިޓީއަށް އެންގެވި ރައީސް ނަޝީދު އުޅުއްވަނީ ސައިޒް އޮޅިވަޑައިގެން ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ނަޝީދަށް އޭނާ އަތުނުވާނެ ކަމަށް ވެސް މަލީހު ވިދާޅުވިއެވެ.
"ރައީސް ނަޝީދު މަނިކުފާނަށް ދަންނަވާލަން އޮތީ ހިކިފަސްތާ ބަކަނާޅާށޭ. އަޅުގަނޑު އަތުވާހާ ހަކަތައެއް މަނިކުފާނު ގަޔަކު ނުހުންނާނެ. މަނިކުފާނު ތިޔަ އުޅުއްވަނީ ސައިޒު އޮޅިވަޑައިގެން. އެމްޑީޕީ ބަލިކުރުމުގެ ފޯމިއުލާ އޮތީ އަޅުގަނޑުމެން ޖީބުގައި. 2013 ހަދާން ނެތުނީތޯ. 2023ގެ ބަލީ މާ ބޮޑުވާނެ" މަލީހު ވިދާޅުވިއެވެ.
ރ.ނަޝީދު މަނިކުފާނަށް ދަންނަވާލަން އޮތީ ހިކިފަސްތާ ބަކަނާޅާށޭ. އަޅުގަނޑު އަތުވާހާ ހަކަތައެއް މަނިކުފާނުގަޔަކު ނުހުންނާނެ. މަނިކުފާނު ތިޔަ އުޅުއްވަނީ ސައިޒު އޮޅިވަޑައިގެން. އެމްޑީޕީ ބަލިކުރުމުގެ ފޯމިއުލާ އޮތީ އަޅުގަނޑުމެން ޖީބުގަ. 2013 ހަދާން ނެތުނީތޯ? 2023ގެ ބަލީ މާ ބޮޑުވާނެ. އއ
— Mohamed Maleeh Jamal (@maleehjamal) April 26, 2021
މަލީހުގެ ސުލޫކީ މައްސަލަ ބަލަން ނަޝީދު ކޮމިޓީއަށް އަންގާފައިވަނީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިޔަ ދުވަހު މައްސަލައިގައި ޖަވާބު ދެއްވަމުން ދެއްކެވި ބައެއް ވާހަކަތަކާއި ގުޅިގެންނެވެ.
އެގޮތުން މަލީހް އެދުވަހު ތުހުމަތު ކުރައްވާފައިވަނީ މަޖިލީހުގެ މެމްބަރުން ވަޒީރުންނަށް ބިރުދައްކާ ކަމަށާއި، އެގޮތުން ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު އިސްތިއުފާ ދެއްވާފައިވަނީ މަޖުބޫރު ކޮށްގެން ކަމަށެވެ. އެ މައްސަލަ ބެލުމަށްފަހު ކޮމިޓީން އެކުލަވާލި ރިޕޯޓާއި ގުޅިގެން މަލީހު ވަނީ އެކަމުގެ އަޑީގައި ހުންނެވީ ނަޝީދު ކަމަށް ތުހުމަތު ކުރައްވާފައެވެ.
MMPRC މައްސަލަ ބަލަން އުޅޭތީތަ ސައިޒު ދިމާ ނުވެގެން އުޅެނީ
ނަޝީދު މަޖިލިސް ހިންގަނީ ޗާޓުން ބޭރުން ޤާނޫނު އަސާސީ އާއި ހިލާފަށް މަޖިލިސް މޭންޑޭޓުން ބޭރުން، ކުރިން ސުޕްރިމް ކޯޓް ހިންގި ގޮތަށް ! ނަޝީދު އުޅުއްވަނީ ސައިޒު އޮޅިގެން !
ކަލޯ ނެރުނު ތަނުގެ ސައިޒް މިހާރު ވަނީ ދުވަސް ވުމުން ބޮޑުވެ އޮޅިފައި ކަމަށް ވަނީ!
މިހާރު ސައިޒް އޮޅުނު ދިމާނޭގުނު
މަލީހުގެ ވަޒީފާ ގެއްލުނީމަ ހާދަވަރެއް ތިވަނީ !
މަލީހުއެބުނުއްވީރަނގަޅަށް .. މިކަލޭގެމިއުޅެނީ މިކަލޭގެނަސްލުވެސް އޮޅިގެން!! ބޮޑުވަޒީރު. އުއްތަމަ ފަނޑިޔާރު. މަޖިލީހުގެ ރައީސް. މީނަހިތުންމީނަޔަކީ މިސަރަހައްދުގެވެސްވެރިޔާ ^^ އަނގަވަތަށް ވެއްޓޭދުވަހަކުން ހޭންތިބޭނަން
މަލީހުއެބުނުއްވީރަނގަޅަށް .. މިކަލޭގެމިއުޅެނީ މިކަލޭގެނަސްލުވެސް އޮޅިގެން!! ބޮޑުވަޒީރު. އުއްތަމަ ފަނޑިޔާރު. މަޖިލީހުގެ ރައީސް. މީނަހިތުންމީނަޔަކީ މިސަރަހައްދުގެވެސްވެރިޔާ ^^ އަނގަވަތަށް ވެއްޓޭދުވަހަކުން ހޭންތިބޭނަން
ކަލެއަކަށް ރައީސް ނަޝީދަކާ ނުކުޅެވޭނެ..ކަލޭގެ ސައިޒުގަ ކަލޭ ހުރޭ...
ކުމް ކުމް ކަލޭ ޖެހޭނީ ތެޅިތެޅި ހުންނަޢް
ނަޝީދަށް ދުނިޔެ ދައްކާލަން ތައްޔާރަށް މި ތިބީ 2023 ނުވަތަ އެޔަށްވުރެކުރިންވެސް.....ކޯވަރެއް ނޫން އަހަރެމެން ބޯންދޭނީކީ....ކޯރެއް ބޯންދީފަ އަނބުރާ އިނގިރޭސިވަލާތަށް ކުޑަގޮޅު ކޮންޓެއިނަރުގަ ފޮނުވާލާނި
މަލީހޫ ސައިޒުއޮޅިގެން އުޅޭ މީހާ ރައްޔިތުންނަށް ވަރަށް ސާފު އިތުރަށް ބުނެދޭކަށް ނުޖެހޭ
ސައިޒްއޮޅިލެއްވީ ކޮންބޭފުޅަކަށްކަމެއް ނޭގުނު ނަޝީދުވިދާޅުވެފައިވޭ ތިމަންނަގެހުރި ނުބައިކަން
ދައްކާލާނަމޭ ކަނާތުންކުރާކަންތައް ވާތަށްވެސްނޭގޭ ޗާޓުންބޭރުންވެސްކަންތައްކުރައްވާނަމޭ މީގެ
ކުރީގައި ގައުމެއްގެވެރިކަންކުރެއްވި ބޭފުޅަކު ބަސްމަގުމިގޮތަށްހުރީއިރުމިއީގޯސްވާހަކަފުޅެއްކަމަށް
މަލީހު ފާހަަގަނުކުރައްވާ މިކަމަށްރަށްދު ނުދެއްވާ މަލީހުގެ ވަޒީފާގެއްލުމުން ކުރިންނޭގިމިހާރުތޯ
ނަޝީދު ސައިޒްއޮޅިވަޑައިގެންފައިވާކަން އެގިލެއްވީ ރަގަޅަށް ވިސްނާފަރާތަކަށް ކުރިންވެސް
ނަޝީދު އެއީ ކިހާވަރެއްގެ ފަރާތެއްކަންއެނގިލައްވާނެނޫންތޯ އެއީ އެބޭފުޅާގެފަރާތުންފެނިފައިވާ
ކަންތަކުންނާ ދައްކަވާފައިވާ ވާހަކަފުޅުން ( ވެރިކަމުން އަމިއްލައަށް އިސްތިއުފާދެއްވާ ބަގާވާ
ތަކުންނޭ ބުނުއްވުން ) މިއީ ވެރިކަމުގައިހުނަނެވިއިރު ކަންތައްކުރެއްވިގޮތުން ( ގާޒީއަކު
ރަހީނުުކުރުން ) ރަށްޔިތުން ރަތަށްއަރާ މުޒާހަރަާކުރުމުން ވީކަމެއްކަމަށްބެލެވޭ ވީމާ، ކުރެވު
ކަންތަކުން ޕްރެޝަރުބޮޑުވެގެން އެހެންގޮތެއްނެތިގެން ނުވަތަ ގައުމެއްގެ ވެރިކަންކުރާނެ ގާބިލް
ކަންނެތުމުން އެހެންފަރާތެއްގެ ( ބަގާވާތެއް) ބޮލުގައި އެޅުއްވުމުގެ ބޭނުމަކީ ކޮބައިތޯ އިސްތިއުފާ ދެއްވިދުވަހު ގައުމުގެއެކިތަންތަނުގައިހުޅުޖަހާ ލިބިފައިވާ ބޮޑެތިގެއްލުމުގައި ޒިންމާ
ވާންޖެހިލައްވާނީ ކޮންފަރާތަކުނަތޯ މިކަންކުރިފަރާތުންތޯ ހަގީގަތާޚިލާފް ވާހަކަފުޅެއްދައްކަވާ
އެކަމަށްހިތްވަރުދެއްވިފަރާތުންތޯ
ސާބަހޭ ! މަލީހު !
މަލީހު ދެންކަލޭ ރަށަށްދޭ! ގަސްއިންދަން🤭