މިދިޔަ ހަފްތާގެ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި މާލޭ މަގުމަތިން ދަމާފައިގަދަކަމުން ގެޔަކަށް ވެއްދުމަށްފަހު ރޭޕް ކުރިކަމަށް ބުނާ އަންހެން މީހާ މަސްތުވާތަކެއްޗަށް ފަރުވާ ހޯދުމަށް ރީހެބަށް ގެންގޮސްފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުން އުމުރުން 20 އަހަރުގެ އެ އަންހެންމީހާ ވަނީ އިއްޔެގެ ވަގުތެއްގައި ހިންމަފުށީ ރީހެބަށް ގެންގޮސްފައެވެ.

މަސްތުވާތަކެއްޗަށް ފަރުވާ ކުރުމަށް މި އަންހެން މީހާ ހިންމަފުށީ ރީހެބަށް ގެންދިޔައީ ޖެންޑާ މިނިސްޓްރީ އާއި ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އާއި ގުޅިގެން، "ހޭންޑްސް ޓުގެދާ" ނަމަކަށް ކިޔާ ޖަމިއްޔާއަކުންނެވެ.

ދެ މީހަކުވެގެން މި އަންހެން މީހާ މަގުމަތިން ދަމައިގެން ގޮސް ތަނަކަށް ވައްދާ މަންޒަރު ފެންނަ ވީޑީއޯއެއް މިދިޔަ ހަފްތާގައި މީސްމީޑިއާގައި ދައުރުވުމާއި ގުޅިގެން ގިނަ ބައެއްގެ ސަމާލުކަން މި ހާދިސާއަށް ވަނީ ލިބިގެން ގޮސްފައެވެ.

މި މައްސަލައިގައި އޭނާ ދަމައިގެން ގެންދިޔަ އުމުރުން 18 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނަކު ހައްޔަރުވެސް ކޮށްފައި ވެއެވެ. މި ދެމީހުން ހައްޔަރުކޮށްފައި ވަނީ ކުށުގެ ވެށިންނެވެ. އަދި ފުލުހުން އެ މައްސަލަ ބަލަމުން އަންނަނީ ރޭޕްގެ މައްސަލައެއްގެ ގޮތުގައެވެ.

ނަމަވެސް އޭނާ އެތަނަށް ވެއްދީ "ރޭޕްކުރާކަށް ނޫން" ކަމަށް ބުނެ ބަޔަކާއި ވާހަކަ ދައްކަން އޭނާ އިން މަންޒަރު ފެންނަ ވީޑިއޯއެއް ފަހުން ވަނީ ދައުރުވެފައެވެ.

މި އަންހެން މީހާއަކީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެއްޗަށް ދެވިހިފާހައި ހުރި މީހެއް ކަމަށް ބުނެ މީސްމީޑިއާގައި ވެސް ގިނަ ބަޔަކު ވާހަކަ ދައްކާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދިވެސް

    ތިޔަށް ނުކިޔާނެ ރޭޕް އެކޭ. އެއީ ކިޑްނެޕް ކުރުން.

  2. ބޯޖަލީލު

    ކެނެރީ ލާދީނީ ބޮޑުވަޒީރު ބުނީ ބޮވެންޖެހޭނޭ ...

    4
    1