އެމްއެމްޕީއާރުސީ ފިލްމުގެ އިޝްތިހާރު އަންނަތާ މިހާރު ދެއަހަރަށްވުރެ ގިނަ ދުވަސް ވެއްޖެކަމަށާއި، އެކަމަކު އަދިވެސް ފިލްމު ނާޅުވާކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު ނަސީރު މިގޮތަށް ވިދާޅުވެފައި މިވަނީ، އެމްއެމްޕީއާރުސީ މައްސަލައާއި ގުޅޭ އެކިއެކި ވާހަކަތައް މަޖިލީސްތެރޭގައި ދެކެވި، މި މައްސަލަ ބަލައި ނިމޭއިރު ބައެއް މެމްބަރުންގެ ގޮނޑި އާއި ބައެއް ބޭފުޅުންގެ މަޤާމު ގެއްލިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
"އެމްއެމްޕީއާރްސީގެ މި ފިލްމުގެ އިޝްތިހާރު އަންނަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ. އަދިވެސް ފިލްމެއް ނާޅުވާ،" އުމަރު ވިދާޅުވިއެވެ.
މިއަދު މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލައިގައި ހިމެނެނީ "ކިތައްމެ ބޮޑު މެންބަރަކަށް ވިޔަސް، ކިތައްމެ ބޮޑު ވަޒީރަކަށް ވިޔަސް، ކިތައްމެ ބޮޑު އަމީރަކަށް ވިޔަސް" އެމައްސަލަ ބަލާނެ ކަމަށެވެ.
އެމްއެމްޕީއާރުސީ މައްސަލައިގެ ވާހަކަތަކުގެ އަޑު ގަދަވާން ފަށާފައި މިވަނީ މި މައްސަލަ އޮތް ހިސާބެއް ބެއްލެވުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށާއި، އެސެޓް ރިކަވަރީ ކޮމިޝަނަށާއި އަދި ފުލުހުންނަށް ސިޓީއެއް އިއްޔެ ފޮނުއްވާފައިވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ ފައިސާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށާއި އެހެނިހެން މުއައްސަސާތަކުގެ އެތައް ބަޔަކަށް ބަހާލި ގޮތް ވަރަށް ތަފްސީލްކޮށް ހެއްކާއި ގަރީނާއާއިއެކު ވާނީ ސަރުކާރުގެ ކަމާބެހޭ ކޮމިޝަނަށް ހުށަހެޅިފައި ކަމަށެވެ.
އެމްއެމްޕީއާރްސީ މައްސަލަ ރަނގަޅަށް ބެލުން އެއީ ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ. ނަމަވެސް އެމައްސަލަ އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ނުދާކަމަށް ބުނެ ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.
ފިލް މު ނާލުވާނެއެވެ އެގޮތަށް ގޮތްދައްކާ ދައްތިބޭނީއެވެ
ފިލް މުއަޅުވައިފިނަ މަމސޯޓް ބޭލޭނެއެވެ. ސާފްތާހިރުވާން ދިން
ރިސްވަތަކީ މމ މމޕރސ އިން ވަގަށް ނެގިފައިސާ
އެވެ ވެރިކަންހޯދަން ތަޅާބުރުއްސީ ވެސް އެފައިސާއެވެ.
ޢު މަރު ކެތް މަދުވެފަ ނާޗަރަންގީ ފިލް މު ބެލު މަށް😁
އެފިލްމު ކުޅުނުމީހުންނަށް ފިލްލުމުން ވާގޮތް އެނގޭނެ
އުމަރުގެ ޑައިރެކްޝަން ސުލޯވީމާ ވާގޮތް މީ. މި ފިލްމުގަ ނަޝީދަކަށް ވެސް 6 ކުޅި ކުރިޔައް ކުޅޭކަށް ނުކެރޭނެ ބުރައިގެން ދާނީ މަޖިލީސް ރައީސް އާއި މި ޤައުމުގެ މިހާރުގެ ރައީސް ، އިންޝާ ﷲ
އަހަރެމެން މިތިބެނީ "ހުދުވަލުގެ" ފިލްމްވެސް ފެނޭތޯ !
މިހާރު މިސަރުކާރު ގެނެސް ރައްޔިތުން މަޖްލިސްދޭން ވޯޓް
ދިންމީހުންނައް ރަނގަޅު ޢިބްރަތެއް ލިބިފަ ހުންނާނީ އެމީހުންނައް މިއަދު ރަނގަޅައް ވަގުންތިބީ ކޮންތާކުކަން އެނގޭނެ
މީގެ ދެއަނހަރު ކުރިން އޭގެ ތްރިލައެއް ދެއްކި ފިލްމައް އޯޑިއަންސްވެސް ލިބުނު އެކަމަކު މިހާރު އޯޑިއަންސް އައްވެސް އެގޭ ސްކްރިޕްޓް ވަނީއޮޅުވާލާފާކަން އެހެންވީމާ
އޯޑިއަންސް މިހާރުތިބީ އެފިލްމް އެގޮތައް އޮންސްކްރީންގަ
ބަލާގޮތަކައްނޫން އަސްލު ކެރެކްޓަރ ނުފެންނަނަމަ ޕްރޮޑިއުސަރައްވެސް އެނގޭ އެފިލްމަކައް މާރކެޓް ނުލިބޭނެކަން އެހެންވީމާ ދެން އެފިލްމެއް އޮންސްކްރީންގަ ނާޅުވާނެކަމަން ވަނީ ހަމައެކަނި ނަން އޮންނަނީ
އަޅެ ކަލޭ ކޮންތާކަށް ވަދެ އޮވެފަ ތި ނިކުތީ..؟!..ސިޔާސީ މީހެކޯ!..
ކިހިނެތްތޯ ފިލްމު އަޅުވާނީ. ފިލްމުގެ ޑައިރެކްޓަރ އިންނެވީ އިއްޒަތްތެރި ގޮނޑިކޮޅެއްގައި. ފިލްމުކުޅެން ސުޕަސްޓާރ ފޮނުވައި ހަދަންވީގޮތުގެ ހުރިހާ ހީލަތަކާއި މަކަރަކާއި ބުނެދީފައި. އެ މަކަރުވެރި ޖައްބާރު ނުބައި ނުލަފާ ޚުދުމުޚުތާރު ޑިކްޓޭޓަރު މީހާ އެ ގޮނޑިކޮޅުން ބާލުވައިގެން ނޫނީ ތިޔަ ފިލްމް ކުޅެފައި ފުރިހަމައަށް ނޭޅުވޭނެ. އެކަމަކު ވެދާނެ ގޮތެއް އެބައޮތް. ކަސައުޓީއެކޭ އެއްގޮތަށް އޭރަކު ބޭނުންވާ ތަންކޮޅެއް ކުޅެފައި މަޖިލީހައި އިންނަ އަންހެން ގޮއްޔެއަކު ލައްވައި ރޮއިރޮއިފައި ކުސްތަޅާލެވިދާނެ.
ފިލްމް އަޅުވާފާނެ އެކަމަކުފިލްމުގެ ކުރީކޮޅުގައިއުޅޭމީހުންކޮޅު ހުރަގެއަށް ފޮނުވާލާނެ ފަހުބާއިގެ އުޅޭ މީހުންގެ ކަންތަކެއް ނުބެލޭނެ
އެއީ މަޖްލީހުގައި ތިބި ލާދީނީ ބައިގަޑު
ކޮބާ މަރު ކޮމިޝަންގެ ފިލްމު ސީރީސް. ޔާމީންގެ ވެރިކަމުގެ ތެރޭގައި އެންމެ ގަދަޔަށް އެޅުވި ޓްރެއިލަރ އަކީ އެ ސީރީސްގެ. އެކަން ހިންގަން ބޭނުންވި ހުރިހައި ބާރެއް )އެކަޓަރުން ( އެހުރީ ހަމަވެފައި. ވައްތަރީ އިންތިޚާބަކާއި ގާތް ކޮށްފައި ރިލީޒްކުރާނެ ކަމަށް.
މިވެސް ނަޝީދު ކަހަލަ ޖޯކަރެއް މިހާރު.
ބުރު މާގެ ޕަޕެޓެއް .
މީނާބުނި ރުކަކަށް ވޯޓްދޭކަށް ނުޖެހޭނޭ..
ކޮބާ ރުކަށް ވޯޓްނުލިބޭތަ؟
ކޮބާ އުމަރު ނުނަގަންތާ ލާރިކޮޅެއް🤭
ބޮޑު މ،ުސާރަކައިގެން މުވައްސަސާތަކުގެ ވެރިން ކުރަނީ ކޮންކަމެއްހޭ؟ ރައްޔިތުން ވެއްޖެއްނު ގުބޯލުގެ ގޮތް ދޫކޮށް މާތްﷲ ދެއްވި ސިނކުޑިން ވިސްނާލަން އަމިއްލައަށް މިގައުމާމެދު.. ތެލިއަސް ..ސާބަހޭ މެރިއަސް ސަބަހޭ ދަންޖެއްސިއަސް ..ސާބަހޭ ކިޔުމުގެ ބަދަލުގަ
އެފައިސާއިން ބައިއެޅުނު ގިނަ ބަޔަކު މީގެތެރޭގަވެސް ތިބީމަ ދެން ކިހިނެއްތޯ ތިކަމެއް ބަލާނީ؟ ތިކަންވެސް ކުރެވޭނީ ޢުމަރަށް.
ވެރިކަން ހޯދަން އުޅޭތާވެސް ހާދަދުވަހެއް ވެއްޖެޔޭ ސިފައިންގެއިން ކެޑިގެން ފެށިގޮތައް އަދިވިސް ވޯޓްލާނެމީހަކުނުވޭ
އެފިލްމުގައި ތަޅާ ފޮޅާ ތަން ވަރަށް ސަޅިވާނެ ބަތަލުންނާއި ބަތަލާއިންވެސް ، އަމްރީޝުޕޫރީ ހުންނާނެ އެންމެގެ އެތިފަހަރު އަރަން
އެފިލުމުގެ ބަތަލުވީ ޖަލުގަ