މިއަދު ހެނދުނު ލ.އަތޮޅުގެ ބައެއް ރަށްތަކަށް އައި ލޮޅުން ގދ.ކާޑެއްދޫގައި ހުރި ބިންހެލުން ރެކޯޑްކުރާ ސެންސަރުން ރެކޯޑް ކުރެވުނު ކަމަށާއި ނަމަވެސް މިއީ ބިންހެލުން ނުވަތަ އާތުކުވޭކް ކަމަށް ރެކޯޑް ކުރެވިފައި ނުވާކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއްޖެއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ދެންމެ ނެރުނު ބަޔާނެއްގައި ވިދާޅުވީ މިއަދު 11:34 ހާއިރު ލ.އަތޮޅުގެ ސަރަހައްދުގެ ބިންގަނޑަށް އައި ލޮޅުމެއްގެ އަސަރު ކުރެވުނުކަމުގެ ރިޕޯޓް ބައެއް ފަރާތްތަކުން ވަނީ ލިބިފައެވެ.
"މިލޮޅުމަކީ އެސަރަހައްދުގެ ބިންގަނޑަށް އައި ކުޑަ ލޮޅުމެއް ކަމަށް ބެލެވެއެވެ. މިސަރަހައްދުގެ އެހެން ގައުމުތަކުގައި ހުރި ބިންހެލުން ރިކޯޑްކުރާ ސެންސަރުތަކުން މީގެ އެއްވެސް އަސަރެއް ފެންނަން ނެތް ވާހަކަ ދަންނަވަމެވެ." ބަޔާނުގައި ވެއެވެ.
މި ލޮޅުން އިހުސާސް ކުރެވުނު ކަމަށް ލ.އަތޮޅު މާބައިދޫ އާއި ދަނބިދޫ އަދި ގުޅިފައި އޮންނަ ގަން، މާންދޫ، ކައްދޫ، ފޮނަދޫގެ ބައެއް މީހުން ވަނީ ބުނެފައެވެ. މީގެ އިތުރުން ސިކްސް ސެންސްސް ލާމް ރިސޯޓަށް ވެސް ލޮޅުން އިހްސާސް ކުރެވުނު ކަމަށް އެރިސޯޓުން މައުލޫމާތު ދެއެވެ.
އެގޮތުން ގަމުގައި ހުންނަ ހަމަދު ސްކޫލް އާއި ހަވާލާދެއްވާ ގަމު ކައުންސިލްގެ މެންބަރަކު ވިދާޅުވީ ލޮޅުން އައި ވަގުތު ސްކޫލްގެ މުޅި އިމާރާތައް ލޮޅުން އެރި ކަމަށެވެ.
ދިވެހިރާއްޖޭގެ އެއްވެސް ސަރަހައްދަކަށް ބިންހެލުމެއް އައި ކަމަށް ދުނިޔޭގެ ބިންހެލުންތައް ރެކޯޑް ކުރާ އެއްވެސް މަރުކަޒަކުން ބުނެފައެއް ނުވެއެވެ. ރާއްޖެ އާއި އެންމެ ކައިރިން ވެސް ބިންހެލުމެއް އައިކަމަށް ރެކޯޑް ކުރެވިފައި ވަނީ މިއަދު ހެނދުނު 07:07 ގައި އިންޑޮނޭޝިއާ އަށެވެ. އެބިންހެލުން އައިސްފައި ވަނީ 5.4 މެގްނެޓިއުޑްގެ ބާރުމިނުގައެވެ.
ބިންހެލުމެއް ނޫނީޔާ ދެން ކޯއްޗެއް ތަ؟ މެޓް އޮފީހަކަށް ނޭގޭނެ.. މޫސުން ގޯސްވާ ތަނަކަށް ދުވަހަކުވެސް އެލާޓެއް ނުނެރޭނެ..
ތީ ބިންހެލުމެއް ނޫން ތީ ހަމަ ކާޜިޝާ އެއް..
ތިވެސްނުވާނެތެދަކަށް .. ޅ އަތޮޅުގުޑުވާލިދުވަހުވެސް ނޭގުނޭބުނީ .. އެދުވަހުވެސް އަވަށްޓެރިގައުމުތަކަށްގުޅި .. އެފަހަރުވެސް އެކޮއެމެންނަކަށްނޭގުނު. ދެން މިއަދުވެސް ތިނަންނަމެންނަށްނޭގުނޭބުނެފިނަމަ ދިވެހިން ފާޑުކިޔާނެތީވެ ތިބުނީ ރެކޯޑުކުރެވުނޭ
"ރެކޯޑުކުރެވުނޭ" ކޮންތާކުން؟؟؟ އިހްސާސް ވެސް ވީ މީހުން ގުޅާވަރުން.. ތިޔަކަހަލަ ރާޑަރެއް މަގޭ ކޮއްކޮ ވެސް ގެން ގުޅޭ.. އޭނަ އަށްވެސް އެނގޭނެ ވާރޭ ވެހުނީމާ ، ވެހުނުކަން . ވައި ގަދަ ވީމާ ގަދަ ވެއްޖެކަން. މެޓް ގައި އުޅޭ ކުދިންނަށް ވ. ސަލާމް.
މެޓަށް އެނގުނުބާ ރާއްޖެއަށް ތޫފާން އެރިއިރުވެސް.އެވާހަކަ ބޭރު ގައުމުން އެންގީމާ ރާއްޖެ މީޑިޔާތަކުން ރިޕޯޓް ކުރީމާ ނުބައިވީ މީޑިޔާ. އެންމެފަހުން ނާރާނޭ ބުނި ތޫފާންވެސް އެރީ. މެޓް ކުދިން ރޯދަ މަހު ނިދުން ނޫން ކަމެއް ނުކުރަނީތާ..
މީސްތަކުންގެ ނުބައި އަމަލް ތަކުގެ ސަބަބުން ބިންހެލުން އާނމުވެ އިތުރުވެގެންދާނެ. ގިޔާމަތުގެ އަލާމާތްތައް މިއީ
ޕްރޮފިސާއުގެލް ބޭނުންވަނީ
ބަލަ ބިންގަނޑު ތެޅުމަކީ އާތު ކުއޭކް އޭ... އިނގިރޭސި ބަހުގެ މާނަ ނޭނގޭ...