އައްޑޫ ސިޓީގައި ކަރަންޓީނާ ހިލާފުވި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑަށް ފައްސިވެފައި ވަނީ މާލެ އިން މުބާރާތެއްގައި ބައިވެރިވާން އައްޑުއަށް ދިޔަ މީހެކެވެ. އެމީހާ ވަނީ ކޮވިޑް ޓެސްޓްގެ ނަތީޖާ ލިބުމުގެ ކުރިން ޕްރެކްޓިސްތަކުގައި ވެސް ބައިވެރިވެފައެވެ. އެމީހާ ހުރީ ހިތަދޫގައި ކަމަށް މައުލޫމާތު ލިބެއެވެ.

އެމީހާއަކީ އަންނަ ބުދަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ގޯދިޔާ ފުޓްސަލް މުބާރާތުގައި ބައިވެރިވުމަށް އައްޑު އަށް ދިޔަ މީހެކެވެ. އެނގިފައިވާ ގޮތުގައި އޭނާ ކޮވިޑަށް ފައްސިވި ކަން އެނގުނީ ޕްރެކްޓިސް ކުރަން ދަނޑުގައި ހުއްޓައެވެ.

އޭނާ ކޮވިޑަށް ފައްސިވި ނަމަވެސް އަދި އައްޑޫ ސިޓީ މޮނިޓަރިންގެ ހާލަތަކަށް ނުގެނެއެވެ.

އަތޮޅުތެރޭގެ ގިނަ ރަށްތަކެއްގައި މިހާރު ކޮވިޑް ހަލުވިިކޮށް ފެތުރެމުން ދާއިރު ބައެއް ރަށްރަށުގައި ކޮވިޑް ފެތުރިފައި ވަނީ ކަރަންޓީނާއި ހިލާފު ވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފަރުދީ ޒިންމާ އަދާކުރޭ

    ކަރަންޓީނާ ޚިލާފުވާ ފަރާތްތައް އެމުއްދަތުގައި ކޮވިޑަށް ފައްސިވެއްޖެނަމަ، އެފަދަ ފަރާތްތަކަށް ޖިނާއީ ދައުވާކޮށް މަދުވެގެން ހަމަސްދުވަހުގެ މުއްދަތަށް އެބައިމީހުން ޖަލަށް ލާންޖެހޭނެ ކަމަށް ދެކެން.

    3
    1