ލ. އަތޮޅު މާންދޫން ކޮވިޑް-19 އަށް ފައްސިވަމުންދާ އިހަލާއި ގުޅުން ހުރި އަންހެނަކު ގަމުގެ އަލަށް އާބާދުވި ސަރަހައްދުން ފައްސިވެއްޖެ އެވެ.

މިއާއެކު މިހާރު މާންދޫން އިހަލުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު 55 އަށް ވަނީ އަރާފައެވެ.

މާންދޫ އިހަލުން ކޮވިޑަށް ފައްސިވެފައި ވަނީ މާންދޫގައި މަސައްކަތް ކުރާ ބައެއް މީހުންނާއި އެމީހުންނާއި ގުޅުން ހުރި ގަމުގައި ދިރިއުޅޭ މީހުންނެވެ. މިހާތަނަށް މިއިހަލުގައި ނުހިމެނޭ މީހަކު ލ.އަތޮޅުން ފައްސިވި ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

މާންދޫ ކޮވިޑަށް ބަޔަކު ފައްސިވީ ހޮނިހިރު ދުވަހު އެވެ.

ލ.އަތޮޅުގެ ގުޅިފައިވާ ރަށްތައް ކަމަށްވާ ގަމާއި، ފޮނަދޫ އަދި މާންދޫ ވެސް މިހާރު އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.

ގަމުގެ 80 އަށްވުރެ ގިނަ ވެސް ވަނީ މޮނިޓަރިންގެ ހާލަތައް ގެނެސްފައެވެ.

މާންދޫ އިހަލުގައި ނުހިމެނޭ މީހަކު ގަމުން ކޮވިޑަށް ފައްސިނުވި ނަމަވެސް ގަމު ކައުންސިލުން ވިދާޅުވެފައި ވަނީ ގަމުގައި ވެސް ބަލި ފެތުރިފައި އޮތުމުގެ ފުރުސަތު އެބައޮތް ކަމަށާއި ބަލި ފެތުރިފައި އޮތް މިންވަރު ދެނެގަނެވޭނީ މިހާރު ނަގާފައިވާ ސުންކުތަކުގެ ނަތީޖާ ލިބުމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު