ރާއްޖޭގައި ފިތުރު ޒަކާތުން ފައިސާ ލިބުމަށް އެދޭ 16،294 ފަޤީރުން އެބަތިބި ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ތަފާސް ހިސާބުތައް ދައްކާގޮތުން އަތޮޅުތަކުން މިއަހަރު ފަގީރުންގެ ގޮތުގައި 12،995 މީހުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. މިދިޔަ އަހަރު ފަގީރުންގެ ގޮތުގައި އަތޮޅުތަކުން ރަޖިސްޓްރީކޮށްފައިވަނީ 13،063 މީހުންނެވެ.

އަދި މާލެ އިން މިއަހަރު ފަގީރުންގެ ގޮތުގައި 3299 މީހުން ރަޖިސްޓްރީ ކޮށްފައިވާއިރު މިދިޔަ އަހަރު މާލެ އިން ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ 3142 މީހުން ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މި އަދަދުތަކާއެކު މިދިޔަ އަހަރަށްވުރެ މިއަހަރު ރާއްޖޭގައި ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކުރެވުނު މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރު ފަގީރުންގެ ގޮތުގައި މުޅި ރާއްޖެ އިން ރަޖިސްޓްރީ ވެފައިވަނީ 16،205 މީހުންނެވެ. މިއަހަރު އެ އަދަދު ވަނީ 16،294 އަށް އިތުރުވެފައެވެ.

މިއަހަރު މާލެ ސަރަހައްދުގައި ރަޖިސްޓްރީ ކޮށްފައިވާ ފަގީރުންނަށް ފިތުރު ޒަކާތުގެ ގޮތުގައި ބޮލަކަށް ޖެހެނީ 1300 ރުފިޔާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

ފިތުރު ޒަކާތުގެ ފައިސާ އިސްލާމީ މަރުކަޒުގެ ހޯލުން މިއަދުން ފެށިގެން ދޫކުރަމުން ގެންދާނެއެވެ. މި ފައިސާ ދޫކުރާނީ ހެނދުނާއި މެންދުރު އަދި ރޭގަނޑުގެ ވަގުތުތަކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ބީވާ

    ފަގީރުން އިތުރު ކަން އިނގޭނެ “ވަގުތު އެހީ” އިން ބޭސް ފަރުވާ މީހުނަށް ހޯދައިދޭ އަދަދަށް އެކަނި ބެއްޔަސް. މުއްސަދިންނާ ފަގީރުންގެ ފަރަގު އަދިވެސް ދަނީ މައްޗަށް.

  2. އައްޕެ

    ފަގީރުންނަށް ފިތުރު ޒަކާތުގެ ގޮތުގައި ބޮލަކަށް ޖެހޭ 1300 ރުފިޔާ ހޯދަންގޮސް ކިއުގައި ތިބޭއިރު ފޫހިވެގެން ގޮސް ކުޅެލަނީ އަތުގައި އޮންނަ 20000 ރުފިޔާ ދޯފައި ގަންނަ ފޯނަކާ،

  3. މާމިގިލީ މީހާ

    ނޫޅޭނެ އެއަދަދަކަށް ފަގީރުންނެއް.. ވަޒީފާތަކުގައި އުޅޭ މީހުން ފަގީރުންގެ ލިސްޓްގައި ވެސް ތިބީ ނަންޖައްސާފައި.. މާމިގިލީގައި ހުރި ފަގީރުންގެ ލިސްޓްތައް ބަލާބަލަ.. އެއްބައެއްގެ ލޯނުވެސް ދައްކައިދެނީ ޒަކާތު ފަންޑުން.. ކިހާ ތާހިރު...65ގެ ފައިސާ ލިބޭ މީހުންވެސް އެބަތިބި ފަގީރުންގެ ލިސްޓުގައި.. މިއީ ވަކިބަޔަކަށް ލާރިދޭން ޒަކާތު ފަންޑުން ހިންގާ ޖަރީމާއެއް..

  4. މިއާ ޚަލީފާ

    އެކަމަކު އުޅެންވަނީ މާލޭގަ... ފޮނިކަމުން ވެސް އިންތިހާ...

  5. ޅަބޭ

    މަގޭ އަތުން ޒަކާތަށޭކިޔާފަ އިސްލާމިކު މިނިސްޓްރީއައް ލޯލާރިއެއްވެސް ނުލިބޭނެ. ކަލޭމެން ސަކަރާތްޖަހާކައް ލާރިއެއް ނުލިބޭނެ. މާރުކޭޓުދޮށުގައި ތިބޭ ނިކަމެއްޗަކައް އަމިއްލައަތުން 100 ރުފިޔާ ދިއްކޮއްލެވުނީމަ މާހިތް އުފާވެފަ، ލިބޭ ސަވާބާ ދަރުމަވެސް ބޮޑު.

  6. ސުންބުލިބީފާނު

    ހާދަބައިވަރެކޭދޯ .. އަހަރެންހީކޮށްގެންހުންނަނީ ފަގީރުންގެއަދަދުއުޅޭނީ 0 % ގާކަމަށް ،

  7. ރިޒާ

    ފަގީރުން އިތުރުވީ ކިހިނެއްބާ މިބަނީ !!!!!!! ވަގުތު ގެ ރިޕޯޓަރުން މިކަންބަލާ ދީބަލަ ޖަވާބު ބޭނުންވޭ އިންތިހާބުގައި ވޯޓް ލާނީ ފަޤީރުމް އިތުރު ކޮށްދޭ ބަޔަކަށް

  8. ވަކަރޭ

    ތިޔައީ ތަރައްގީ ވާކަމުގެ ފުރިހަމަ މިސާލެއް

  9. ށަމްސު

    ރައްޖެވަނީ މުއްސަންޖޯ. އެކަމަކު ފަގީރުން ހާދަ ގިނައޭ.

  10. ބިސް ކީމިޔާ

    ކަލޭމެން ފަގީރު ވިދުވަހަކުން ތިޔެއް އިންގޭނީ