މި އަހަރުގެ ރިޔާސީ އިންތިހާބާ މެދު ވިސްނާނީ ރައީސް ޔާމީންގެ "އަނިޔާވެރިކަން" ނިންމާފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބު އަންނަ ސެޕްޓެމްބަރު މަހު ބޭއްވޭތޯ ބަލަން މަސައްކަތް ކުރަމުން އަންނަ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނުމާ ގުޅިގެން މަހުލޫފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގެ ވާހަކަ އިލެކްޝަންސް ކޮމިޝަނުން ދެއްކިޔަސް މިވަގުތުގެ އަމާޒުން "ފޯކަސް" ބަދަލެއް ނުވާނެ ކަމަށެވެ.

"އިންތިހާބާއި އީސީގެ މެމްބަރުންނާއި މެދު ވިސްނާނީ ޔާމީންގެ އަނިޔާވެރިކަން ނިންމާފައި." މަހްލޫފުގެ ޓްވީޓުގައި ވިދާޅުވިއެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރިޔާސީ އިންތިހާބު ބޭއްވޭތޯ ބަލައި އެކަމަށް ތައްޔާރުވަން އީސީ އިން ވަނީ މަސައްކަތް ފަށައިފަ އެވެ. އަދި ކުރިއަށް އޮތް ހަފްތާގައި އެކަން އިއުލާނު ކުރާނެ ކަމަށް ވަނީ ބެލެވިފައެވެ.

ރިޔާސީ އިންތިޚާބު ސެޕްޓެމްބަރު މަހު ބާއްވާ އިރު އިންތިޚާބުގައި ވާދަކުރައްވާނެ ކަން އަދި އިއުލާން ކުރައްވާފައި ވަނީ ރައީސް ޔާމީން އެކަންޏެވެ.

ގާނޫނު އަސާސީގައި ބުނެފައިވާ ގޮތުގައި ރިޔާސީ ދައުރު ހަމަވުމުގެ 120 ދުވަހާއި 30 ދުވަހާ ދެމެދު ރިޔާސީ އިންތިހާބު ބާއްވަން ޖެހޭނެއެވެ.

ރިޔާސީ އިންތިހާބުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ "ހ" ގައި ބުނެފައިވާ ގޮތުގައި ހިންގަމުންދާ ރިޔާސީ ދައުރުގެ މުއްދަތު ހަމަވާން 120 ދުވަހަށް ވުމާ އެކު ގިނަވެގެން 10 ދުވަހުގެ ތެރޭގައި ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި އެކަން އިއުލާން ކުރަން ޖެހޭނެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. Anonymous

    އަންނި ބޯއީ ޖެހޭނީ އަންނި ކެންޑިޑޭޓަކަށް ހަދަން ތަޅާހާލުގެ ބައިއަދާކުރާކަށްނު

  2. ޙޮއްކޮ

    ކަލޭ އަމާޒު ހުފާގެން ހުރޭ

  3. މުހައްމަދު

    ނުވާނެ ކަލެއަކަށް ތިޔަކަމެއް.

  4. އަދުނާނު

    ކެންޑިޑޭޓެއް ނެތިއްޔާ އެބުނާހެން ކުރިމަތިލައި އެކަމާ އުޅުމުގެ ބޭނުމެއް ނެތް.

  5. ވިސްނާ

    އިންތިހާބުބާއްވާނީ މަހޭބަލިކޮށްފައި ދެންދޭގެއަށް

  6. ބޤ މަހލފ

    ހެ ހެ ފާޅުގަ މަހްލޫފް އެބުނަނީ ބަޤާވާތަކުން ވެރިކަން ވައްޓާލާނަމޭ. ފެބްރް 1 ގަވެސް މީނާަ ހީވީ ފަޔަަަށްރަތްހިނި އަރައިގެން އުޅޭމީހެއް ހެން. މީނާ ކުރަން މިއުޅެނީ ކިހާބޮޑު ނުބައިކަމެއްކަން އަޅެ މިމަގުމަތީ މީހާއަށް ހަމަ ނޭނގެނީބާވައެވެ

  7. އައިމަން

    މި މަހުލޫފަކީ އީވާގެ ދަލުގައިޖެހުނު ފިނޑިއެއް

  8. އަޙްމަދް

    އޭ ﷲ
    މިނުލަފާ އަނިޔާވެރި މަހްލޫފުގެ ދުލާއި އަތުގެ ނުަބައިކަމުން އަޅަމެންގެ މި މުސްލިމު ވެރިޔާ عبدالله ޔާމީން ރައްކާތެރި ކުރައްވާނދޭވެأمين.

  9. ހިންޗު

    ކޮބާތަ ސަޕުރައިޒް ކެނޑިޑޭޓު ؟

    • މޮހޮނު

      އިހަށް މަޑުކޮށްބަލަ! އަހަރެމެން އެބަ ބަލަންޖެހޭ ކާކަށްތޯ އެންމެ ބޮޑުފަޅި ލިބރންޖެހެނީ. ބުއްޅަބެޔާ މަހުޖަނާ ފާޑެއްގެ ކޯޅުމެއްގެ ތެރޭގައި އުޅޭއިރު ޒައީމު އެއޮއްއުޅެނީ ހަތަރު އުދަރެސް ފެނުޖެހިގެން.

  10. ބޮޑޭ

    އެމްއޯޔޫއިން ކެނޑިދޭޓެއް ހޮވަން ވަރަށް ބާރަށް ގޮވަމުން ބައްދަލަުވުންތަކެއް ބޭއްވި އަދި ހުރިހާ ބައްދަލުވުމެއް ސިރުކުރި. ކެނޑިޑޭޓެއް އަދިވެސް ނުފެނޭ؟ ބަންދު ކޮޓަރީގަ ރޭވީ 1 ފެބްރުއަރީގެ ކުޅިގަނޑުތަ؟

    ކަލޭމެނަށް ގޮންޖަހާފަ މިބުނަނީ އެންމެން އެއްބަސްވާ 1 ކެނޑިޑޭޓެއް ނެރިބަލަ

  11. ރުޒާނާ ޗޮއްޕަޓު

    އިންތިޚާބާ މެދަކު ބަހުލޫލުމެނަކަށް ނުވިސްނޭނެ. ވިސްނާކަށް ޖާގައެއް ނެތް. އަބަދުވެސް އިދިކޮޅުގަ ހުޅުނބު ބާލަން ރީލޯޑޭ ހުރެލާ. ދުވަހަކު ތި ނޫން ވަރެއް ކަލެއަކަށް ނުވާނެ. ރަނގަޅީވެސް ނުވިއްޔާ.

  12. މަހޭ... އެއްކަލަ ފުރެންޑް

    މީނަގެ ޓާރގެޓެއް ދިވެހިރާއްޖޭގެ ރައީސްއަކަށް ވުމަކީ.. މީ ހަމަ ކޮފީއެއްގަ ބުނެވިފައި އޮތް ބަހެއް. މިހާރު މިއުޅެނީ އައްނި ހޯދި ފަދަ މަގުބޫލް ކަމެއް މަގުމަތިން ހޯދައިގެން ކުރިއަށް ދިއުމަށް....