އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތައް ބަލާނެ ކަމުގެ ޔަގީންކަން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްވިއިރު ހަމަ އެފަދަ ޔަގީންކަމެއް ކުރީގެ ރައީސް އަލްއުސްޛް މައުމޫން އަބްދުލްޤައްޔޫމްގެ އަނިޔާވެރިކަން ބަލަން ވެސް ދެއްވިކަން އެމްޑީޕީގައި ކުރިން އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް އެކްޓިވިސްޓް ކަމަށް ޖެނިފާ ލަތީފް ހަނދާން ކޮށްދީފިއެވެ.

ރައީސް ނަޝީދު އިއްޔެ ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާ ކުރެވޭނެކަމީ ޝައްކެއް އޮތްކަމެއް ނޫން ކަމަށާއި އެމަނިކުފާނު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު އިންނަވާނަމަ އެމައްސަލަ ބައްލަވާނެ ކަމަށެވެ.

"270 މީހުންނަށް ދައުވާ ކުރުމަށް މިހާރު ވެސް ވަނީ ފާހަގަވެފައި. އެދައުވާތައް ކުރިއަށް ގެންދާނެ ކަމީ އަޅުގަނޑުގެ ހިތުގައި ޝައްކު ހިނގާ ކަމެއް ނޫން. އިއްޒަތްތެރި ބައެއް މެންބަރުންގެ ގޮނޑިފުޅު ވެސް ގެއްލިދާނެ. ބައެއް ބޭފުޅުންގެ މަގާމު ވެސް ގެއްލިދާނެ. އަދި އަނެއްބައި ބޭފުޅުންނަށް އިތުރު އެހެން ގޮތްގޮތް ވެސް ވެދާނެ. އެހެންނަމަވެސް މިސަރުކާރު އުފެދިފައި މިއޮތީ އަދި މިމަޖިލިސް ވެސް އުފެދިފައި މިއޮތީ މިމަސައްކަތް އަޅުގަނޑުމެން ކުރުމަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ ވާހަކަފުޅާއި ގުޅިގެން ޖެނިފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މައުމޫންގެ އަނިޔާވެރިކަން ބަލާނެ ކަމުގެ ޔަގީންކަން ވެސް މިގޮތައް ނަޝީދު ދެއްވި ކަމަށެވެ. "ނަމަވެސް ވީހިތްތިރި. އިންސާފުގެ މާނަ ފުށުން ޖެހުނު." ޖެނިފާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އިންސާފަކީ ބަދަލު ހިފުންކަމަށް ކުލަ ޖައްސާފައި ހިތްތިރި ކުރަން ބުނުމުގެ އަޑު އިންތިހާއަށް ގަދަ ކުރި ކަމަށެވެ.

ނަޝީދު 2008 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވީ މައުމޫންގެ ވެރިކަމުގައި ހިންގަވާފައިވާ އަނިޔާވެރި އަމަލުތަކަށް އިންސާފު ހޯއްދަވައި ދެއްވާނެ ކަމުގެ ވައުދާއިއެކުގައެވެ. ނަމަވެސް ވެރިކަމަށް ވަޑައިގަތުމަށް ފަހު މައުމޫންގެ ވެރިކަމުގައި އަނިޔާ ލިބުނު މީހުންނަށް އިންސާފު ހޯއްދަވައި ދެއްވަން ނަޝީދު އެއްވެސް މަސައްކަތެއް ނުކުރައްވައެވެ.

ޖެނިފާ އަކީ ސިޔާސީ އެކިއެކި މައްސަލަތަކުގައި މައުމޫންގެ ވެރިކަމުގައި ގިނަ ދުވަސްތަކެއް ބަންދުގައި ހޭދަކުރި ބޭކަނބަލެކެވެ. 2003 ވަނަ އަހަރު ޖަލުގައި ބަޔަކު މަރާލި މައްސަލައިގައި މާލޭގައި ކުރި މުޒާހަރާތަކާއި ގުޅިގެން ޖެނިފާގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވިއެވެ.

ޖެނިފާގެ ބައްޕަ އަކީ އެމްޑީޕީ އުފެއްދުމުގައި ހަރަކާތްތެރިވި ބޭފުޅެއް ކަމަށްވާ މުހައްމަދު ލަތީފް (ގޯގޯ ލަތީފް) އެވެ.

އެމްއެމްޕީއާރްސީގެ މައްސަލަ ބަލާނެ ކަމަށް އެމްޑީޕީ އިން ވެފައިވާ ވައުދު އިއްޔެ އަނެއްކާވެސް ތަކުރާރު ކުރުމުން ގިނަ ބަޔަކު އަންނަނީ ވާހަކަ ނުދައްކައި އަމަލު ކުރުމަށް އެމްޑީޕީއަށާއި ސަރުކާރަށް ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ބޮޑު ވަޒީރު

    ހަމަ އެކަނި އެމް އެމް ޕީ އާރުސީގެ މަ އްސަލަ ބަލަން އުޅެނީ ރިޔާސީ އިންތިޚާބަށް! އިންތިޚާބު ގެ ކުރިން ހުރިހާ މީހުން ޖަލު ގޮޅި އަށް ވަ އްދަން

    16
  2. ގޯރީ

    މައުމޫނު އަނިޔާއެއްކޮށްގެެނެއްނު ބެލޭނީ. މައުމޫން މީހަކަށް އަނިޔާއެއް ކޮށްފައެއް ނޯންނާނެ. ބޭކާރު ވާހަކަ

    13
    4
  3. ާދގ

    ޖެނިފާ ތިޔައީ ބޯހަމަޖެހޭ މީހެއްކަމަށްނުބެލެވޭ.

    14
    4
  4. ހުސޭނުބޭ

    ތި ދައްކަނީ މުޅިންވެސް އެމްޑީޕީން ޖަހާފައިހުރި ޖަމަލު ފޮޑީގެ ވާހަކައެވެ.

    22
    2
  5. ވިލޭ

    ކަލޭރ.ނަޝީދުއާއިދެބަލާ

  6. ޝަހޫ

    ޖެނިފާ ލޮޕޭސް މުހަންޑިން ނަޝީދު މީހުސް ފަރަމްޖީން ވިލާތު ބައިގަނޑެއް! މާދަމާ ވެސް ވެރިކަމުން ދުރުވާ އިރަށް އިންސާޙައްޤުތައް ހިފާެން އުދުއްސާގަންނާނެ. އޮޓޮމެޓިކުން ފަރަންޖީ ރައްޔިތެއްގެ މަޤާމަށް ބަދަލުވާނެ!
    ދިވެހިން ވެއްޖެއެންނު މި ޝައިތާނާ ގެ ކިބައިން ސަލާމަތްވަން ވިސްނެން! އަހަރެއް 24ައަވާޒް ﷲއަށް އިސްތިޣްފާރުކޮށް ދުޢާ ކުރަން މިޤައުމަށް މިބަލާއިން ﷲ ރައްކާތެރިކަން ދެއްވުމަށް.

    ނުބައި މީޙުން އެމީހުންގެ ދުލާ އަތުން ދުނިޔޭގަވެސް އަމިއްލައަށް ﷲ އެބަޔަކު ބޭޒާރުކުރައްވާ އިމްތިޙާނު ކުރައްވާނެ! މި ޝައިޠާނާއަށް މި ވާގޮތްވެސް އޙްސާސްވެސް ނުކުރެވޭނު! ސުބްޙާނަﷲ

  7. ނަނަަ

    ނެޭގެޭނެދެޭކައްވެސް އެއިީއިންސަާނެއްނޯން

  8. ޒަބީބު

    އަދީބު އާއިއެކީ ހަޑިމުޑުދާރު ޑީލް ހަދައިގެން އަދީބުގެ އަންހެނުން އިނގިރޭސި ވިލާތަށް ގެންގޮސް ލަންޑަނުގަ މޯލްޑިވްސް ޔުނައިޓެޑް އޮޕޮސިޝަން (އެމްޔޫއޯ) ގެ ނަމުގައި ހިންގި ސިޔާސީ ހަރަކާތުގެ ނިއުސް ކޮންފަރެންސް ގައި އަދީބުގެ އަންހެނުން ބައިވެރި ކުރި އެމްޔޫއޯގެ ޅީޑަރު ކެނެރީގޭ ނަޝީދު އެމްއެމްޕީއާރްސީ ގެ މައްސަލަ ބަލާނަމޭ ބުނެ އަނގައެރުވީމަ ދެން ދިވެހިން ހަމަ ވީ އަތްޖަހާފަ އުފަލުން ނަށަންތަ؟ ބަލަ އަދީބުއާއި އެކީ އަންނި ހެދި ހަޑިމުޑުދާރު ޑީލުންނާއި އާއި “ސްޓީލިންގް ޕެރެޑައިސް” ވިއްކައިގެން ނެގި ނަޖިސް ފައިސާގެ އަޑި އެނގޭމީހުން ދުނިޔޭގައި ތިބި ކަން ހަނދާން ނެތުނީތަ؟ ވެރިކަމަށް ބޫތުކެއަސް ތީބޮޑުވަރު ބުނަން މާބާރަށް ތެެޅެންޏާ ދާނީ ހުޅުމބުކަން ހަނދާންކުރާތި.

  9. ހުނިގާނާ

    ޖެނީއަކީ ފިސާރި.... އަންހެނެއް!

    1
    3
  10. ބރު

    މިލިއަން ރުފިޔާ ހަހަރަދުކޮށްގެން ރައްޔިތުންގެ ވޯޓްއަކުން ވެ ރިކަންކު ރާނިޒާމު ބަ ރުލަމާނީ އަށް ބަދަލުކޮށް ކެނެ ރީގޭ އާބާދީގެ މުހައްމަދު އާއި ހަވާލުކު ރަންވީ.....؟!!!!! މިއުޅެނީ އަނެއްކާކިހިނެތްވާން؟
    ދިވެހިންމިހާ ގަމާ ރުތަ؟
    ހަމައެކަނި ދިވެހި ރާއްޖޭގެ ވެ ރިކަން ކު ރަންދަންނާނީ ކާމިނީގޭ މީހުނާ ކެނެ ރީގޭ މީހުންތަ؟
    މިނޫންގޮތެއް ހޯދަން ހަމަނުވަނީތަ؟

  11. ރައްޔިތުން

    މައުމޫނު ވެ ރިކަން ކު ރި އި ރު ޒިޔާ ރަތްތަކަށް. ނަދު ރުބުނުން އޮތީ އާންމުކޮށްފަ 1989 ގައި އެކަން ހުއްޓުވީ.