ރާއްޖެއަށް އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރު ގެންދަން އެންގި މައްސަލާގައި އިންޑިއާއިން އަމަލު ކުރާނެ ގޮތަކާ މެދު މަޝްވަރާ ކުރުމަށް އިންޑިއާގެ ހާރިޖީ އިސްވެރިންގެ ބައްދަލުވުމެއް ބާއްވައިފިއެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ "ދަ ހިންދޫ" އިން ބުނެފައިވާ ގޮތުގައި އެ ބައްދަލުވުން ބާއްވާފައިވަނީ އިންޑިއާގެ ހާރިޖީ ވަޒީރު ޝުޝްމާ ސުވަރާޖެވެ.

މިދިޔަ ހޯމަ ދުވަހު އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ ދެ އޮފިޝަލަކާއި ހަވާލާދީ އެ ނޫހުން ބުނެފައިވާ ގޮތުގައި މަޝްވަރާކޮށްފައިވަނީ މި މަހުގެ ނިޔަލަށް ދެ ހެލިކަޕްޓަރު ގެންދަން އަންގާފައިވާތީއެވެ.

އެނޫގައި އިތުރަށް ބުނެފައިވަނީ މި ހެލިކޮޕްޓަރު ރާއްޖޭގައި ބޭއްވުމަށް ހެދުނު އެއްބަސްވުމުގެ މުއްދަތު މިދިޔަ މަހު ހަމަވިއިރުވެސް އެ އެއްބަސްވުން އާ ކުރަން ރާއްޖެއިން ބޭނުން ނުވާކަމަށާއި ރާއްޖެއިން ބޭނުންވަނީ އިންޑިއާއިން ހަދިޔާކުރި ދެ ހެލިކޮޕްޓަރު ވެސް ޖޫން މަސް ނިމުމުން އަނބުރާ ފޮނުވާލަން ކަމަށެވެ.

އިންޑިއާއިން ރާއްޖެއަށް ދީފައިވާ ދެ ހެލިކޮޕްޓަރުގެ ތެރެއިން އެއް ހެލިކޮޕްޓަރު ބާއްވާފައި އޮންނަނީ އައްޑޫގައެވެ. ދެވަނަ ހެލިކޮޕްޓަރު އޮންނަނީ ލ އަތޮޅުގައެވެ.

ދިވެހި ސަރުކާރުން ބުނެފައިވާ ގޮތުގައި ދެ ހެލިކަޕްޓަރު ގެންދަން އަންގާފައިވަނީ ރާއްޖެއިން ޑޯނިއާ މެރިޓައިމް ސަވައިލެންސް އެއާކްރާފްޓެއް ބޭނުންވާތީއެވެ.

މީގެ ކުރިން ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ރާއްޖެއަށް އިންޑިއާ އިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރު އަނބުރާ ފޮނުވާލަން ރާއްޖެ އިން ބޭނުން ވަނީ ހެލިކޮޕްޓަރު ދުއްވުމުގައި އެއްވެސް ވަރަކަށް ދިވެހި ސިފައިން ބައިވެރި ނުކުރާތީ އެކަމާއި ހިތްހަމަނުޖެހިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެއްކަޅި

    އިންޑިއާ މީހުން ބޭނުމެއް ނުވާނެ ދިވެހިން އަތަށް އެދޫކޮއްލާކަށް އިންޑިއާ މީހުންނަކީ ވަރަށް ނުލަފާ ގޮތް ދޫނުކުރާ ބަަޔަކަށް ވާތީ މުޅި ދުނިޔޭގަވެސް ހަންފަތުރާފަ އޮތީ ދޭބަަލަ އެމީހުން ހަން ނުފަތުރާ ޤައުމަކައް ނޯންނާނެ

  2. ކައްޓާރު

    އިންޑިޔާގެ ގިނަ މީހުންނަކީ މާ ފޮނި ނުލަފާ ބައެކެވެ. ރޭޕްގެ ބަފައެވެ.

  3. އަހުން

    ތިބާއްވާނެ ކަމެއްނެއް އިންޑިއާމީހުން މިތާ ޖާސޫސުކުރަން ފަސޭހައަކަސް އެމީހުން މިތާ ތަނުއެޅި ކުނާހެން ތިބެންވެގެން. ސަރުކާރުން އެކުރަނީ ބަރާބަރު ކަމެއް ހަމަ