އދ. ދަނގެތީގެ މިސްކިތެއްގައި ބަހައްޓާފައި ހުރި ފަންޑު ފޮއްޓެއް ރޭ ތަރާވީހް ނަމާދަށް މީހުން ތިއްބާ ވަގަށް ނަގައިފި އެވެ.

ވަގަށް ނަގާފައި ވަނީ ބޭރުގެ އެކި ގައުމުތަކުގައި އެހީގެ ހަރަކާތްތައް ހިންގާ ރާއްޖޭގެ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނާއި ދަނގެތީގެ ޖަމިއްޔާތަކާއި ގުޅިގެން އެހީ ހޯދުމަށް މިސްކިތުގައި ބެހެއްޓި ފަންޑު ފޮއްޓެކެވެ.

ދަނގެތިން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ ފަންޑު ފޮށީގައި ހައެއްކަ ހާސް ރުފިޔާ ހުންނާނެ ކަމަށް ބެލެވެއެވެ.

ފަންޑު ފޮށި މިސްކިތުގައި ބަހައްޓަނީ ކޮންމެ ދުވަހެއްގެ ވެސް ނަމާދު ގަޑިތަކުގައެވެ.

"ނަމާދު ވަގުތު މިސްކިތުގައި ބެހެއްޓުމަށް ފަހު ނަމާދުކޮށް ނިމުމުން ފަންޑު ފޮށި ކޮންމެ ދުވަހަކު ވެސް ގެންދޭ. ރޭ ތަރާވީހް ނަމާދަށް ފަހު ބެލިއިރު މިސްކިތުގައި ފަންޑު ފޮއްޓެއް ނެތް. ދެން ރަށު މީހުން ފަންޑު ފޮށި ފެނޭތޯ ބަލަމުން ދަނިކޮށް ފެނުނީ ފަޅު ގޯއްޗެއްގައި އޮއްވާ. އޭރު އެއްވެސް ފައިސާއެއް ފޮށީގައި ނެތް." މައުލޫމާތު ދިން މީހާ ބުންޏެވެ.

ދަނގެތިން ވާހަކަދެއްކި އިތުރު މީހަކު ބުނީ އަބަދުވެސް ރަށުގެ މިސްކިތްތަކުގައި ފަންޑު ފޮށި ބަހައްޓާ ކަމަށާއި ނަމަވެސް މީގެ ކުރިން އެފަދަ ހާދިސާއެއް ދިމާވެފައި ނުވާކަމަށެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށާއި އަދި މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރޮ ކުސް

    ދަނގެތީ ގަ އި ވެސް ވަގުން

  2. ދަގަތީ އައިނތު

    އެމްޑީޕީ މީހުން ކުރާ ވައްކަންތައް މިފެންނަނީ. ވަގުންގެ ޕާޓީއެއްހެން ހީވަނީ.

    4
    1
  3. ކޮރަލް

    ފުލުހުން ވިދާޅުވީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށާއި އަދި މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. ގޮހޮޑާ ގެ ވާހަކަ ކަހަލަވާހަކަ އެކެވެ.

  4. އަނެއް ދިވެހިރާއްޖެ

    ޖީއްޕެ ފޯ ޕުރެޒިޑެންޓު