ސަރުކާރުން ފައިސާ ޗާޕްކޮށް، ސަރުކާރާ ގުޅުން ހުރި ފަރާތްތަކަށް ފައިސާ ބަހާ ކަމަށް ބުނެ އެކަން ހުއްޓާލަން ގޮވާލައި ފަރެސްމާތޮޑާ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

ކުއްލި މައްސަލަ ބަލައިގަނެ ބަހުސް ކުރަން ފެނޭތޯ ރައްޔިތުންގެ މަޖިލިހުގައި މިއަދު ނެގި ވޯޓުގައި އެ މައްސަލަ ބަލައިނުގަންނަން ފާސްވީ 29 މެމްބަރުންގެ ވޯޓުންނެވެ. އެ މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ ފަސް މެމްބަރުންނެވެ.

ކުއްލި މައްސަލައިގައި ވަނީ ރާއްޖޭގެ އިގްތިސާދު ވެއްޓިފައިވާ ފުން ވަޅުގަނޑުން އަދިވެސް އަރައި ނުގަނެވި އިގްތިސާދީ އަދި މާލީ ހާލަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ވެފައިވާ ވަގުތެއްގައި އަދި އާއްމު ރައްޔިތުންގެ އެތައް ބައެއްގެ ވަޒީފާ ގެއްލި، ގެދޮރު ގެއްލި މަސްވެރިން ބާނާ މަސް ނުކިރި މަހަށް އަގު ނުލިބި އެތައް އާއިލާއެއް ނިކަމެތިވެފައިވާއިރު ކުރިއަށް އޮތް އެއް އަހަރު ދުވަހަށް ސަރުކާރުން ފައިސާ ޗާޕް ކުރަން ނިންމާފައި ވަނީ ވަކި މަގްސަދެއް ހާސިލް ކުރަން ކަމަށެވެ.

އެގޮތަށް ފައިސާ ޗާޕްކޮށް މި ސަރުކާރާ ގާތް ގުޅުން އޮންނަ ފަރާތްތަކަށް ބަދަލުގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ދިނުމަށް ނިންމަމުންދާ ކަމަށާއި ޝަރުއީ ކޯޓެއްގެ ނިހާއީ ހުކުމެއް ނެތި ކޯޓުން ބޭރުން ސަރުކާރުން ހަދާފައިވާ ސެޓްލްމަންޓް ކޮމިޓީގެ ތެރެއިން އެއްވެސް ކަހަލަ ބެލުމެއް ނެތި ބޮޑެތި އަދަދުތަކުން ބައެއް ފަރާތްތަށް ފައިސާ ދޭން ނިންމަމުންދާ ކަމަށް އެ މައްސަލައިގައިވެއެވެ.

ރައްޔިތުން ނިކަމެތި ހާލެއްގައި ވަނިކޮށް އެތައް މިލިޔަން ރުފިޔާ ބަދަލުގެ ގޮތުގައި ސަރުކާރާ ގާތް ގުޅުން އޮންނަ ފަރާތްތަކަށް އެގޮތަށް ނަގައިދިނުމަކީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއް ކަމަށް ކުއްލި މައްސަލައިގައިވެއެވެ.

ކުއްލި މައްސަލަ މަޖިލިހުން ބޭރުކޮށްލި އިރު، ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރަން މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ނެގި 4.4 ބިލިއަން ރުފިޔާގެ އޯވަޑްރާފްޓް ނުވަަތަ އޯވަޑްރޯ ފެސިލިޓީގެ މުއްދަތު އިތުރު ކޮށް ފައިސާ ޗާޕް ކުުރުުމުގެ ހުއްދަ ދޭން މަޖިލީހުން މިދިޔަ އާދިއްތަ ދުވަހު ވަނީ ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސަގަރު

    ހަގީގަތެއް ސަރުކާރުން ވަށްކަންކޮށް ފައިސާއިތުރަށް ޗާޕުކޮށް ބަހަމުންގެންދާ މަށްސަލަބެލުމަށް ކަމާބެހޭ މުއަށްސަސާތަކަށް ގޮވާލަން މިއީ ނުރަށްކާތެރި އަމަލެއް ހަރުކަށި އިބާރާތުން ކުއްވެރިކުރަން.

  2. ބޮކި

    ބަލަ ކަލޭމެން އަދީބް މެދުވެރިކޮށް ބެހި ފައިސާ ކޮބާތަ ؟؟؟؟؟؟؟؟؟؟؟

  3. ޢަހޫ

    ލައްޑޫ ސިޔާމުބުނީ މިހާ ރު ބަހަނީ ލައްޑޫއޯ.

  4. ބޯގޯސް

    ލައްޑޫ ސޯލިހް