ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށް ކުރިމަތިލެއްވުމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ނިންމަވައި އެކަން ރޭ އިއުލާން ކުރައްވައިފިއެވެ.

މިނިސްޓަރު މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި މެދު އުތުރު ޕްރޮވިންސް (ކ، އއ، އދ، އަދި ވ) ގެ ރައީސް ކަމަށް ވާދަކުރުމަށް ނިންމަވާފައިވާ ކަމަށެވެ. އެމްޑީޕީގެ އެ ދާއިރާތަކުގެ މެމްބަރުން އޭނާއަށް ތާއީދުކޮށްދެއްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހުއެވެ.

އިންތިހާބުގައި ވާދަކުރެއްވުމަށް މަހްލޫފް ނިންމެވި އިރު، ބޮޑެތި ކުށްތަކުގައި ތުހުމަތުވާ މީހުންނާއި ކޮރަޕްޝަނާއި ހިޔާނާތުގެ ތުހުމަތުތައް ކުރެވޭ މީހުންނަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތައް ލިބެން ޖެހޭ ފައިސާ ބެހި ކުންފުނި ކަމަށްވާ އެސްއޯއެފް އިން މަހްލޫފްގެ އެކައުންޓަށް 33000 އެމެރިކާ ޑޮލަރު (ފަސްލައްކަ ދިވެހި ރުފިޔާ) ޖަމާކޮށްފައިވާ ކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާއްމު ކުރި ރިޕޯޓެއްގައި ބުނެފައިވެއެވެ. އެ މައްސަލައާ ގުޅިގެން މަހްލޫފް ވަނީ މަސައްކަތުން އެކަހެރިކޮށް ދުވަސްކޮޅަކު ސަސްޕެންޑްކޮށްފައެވެ.

މަހްލޫފްގެ ސަސްޕެންޝަން އުވާލީ އޭސީސީ އާއި ފުލުހުންގެ އިދާރާ އިން އެއްވެސް މައްސަލައެއް ނެތް ކަން ޔަގީންވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސާސް

    ތި ކޮންތާކު އޮތް ޕްރޮވިންސއްގެވާހަކަތޯ؟

    10
    1
  2. އަހުމަދު

    މީނަގެ އެމްއެމްޕީރސީ މައްސަލަ މިހާރު ނިމުނީތޯ؟

  3. ާހ

    މިވެސް އެމްއެމްޕީ އާރުސީން 30.000 ޑޮލަރު ނެގި ވަގެއަ ކަމުގައި ކަޑައެޅީ ފައިވާ ވަގެއް. މޮޔަވަގު.

  4. ޑަބިޔާ

    މަހުލޫފު އަމިއްލަފުޅަށް އޮރިޔާން ނުވެ މަޑުފުޅުން ހުންނެވުމަށް މަމެން ހަނދާންކޮށްދެން!

  5. ކެމެރޫން

    ޕްރޮވިންސް އަކީ ބަލަގަ ކައުންސިލް ނުލިބިއްޖެޔާ އުފައްދަން ނިންމާފައިވާ ޕްރޮވިންސެއް އެހެންވެ އެ އުފަންކުރަން އެއުޅެނީ މިޕްރޮވިންސް އެއްގޮތް ނެތިއްޔާ އަނެއްގޮތަށްވެސް ވައްކަން ކުރެވޭތޯ މިވަގުސަރުކާރުން މަސައްކަތްކުރާނެ "ޖުއްޅޭއި " މީހުންނޭ ރައްޔިތުންނޭ ދެނެއް މިޤައުމު ސަލާމަތެއް ނުވާނެ އަވަސްކުރޭ އަވަސްކުރޭ

  6. ޖުއްޅޭއި

    ދޭތިން އެކަތި ކިޔާގޮތަށް އަންނީގެ ތިނެތިން އެކަތި އެއީ ޕްރޮވިންސް އެގޭތަ އެއީ ޕްރޮވިންސް