ސައިކަލެއްގައި އަޅުވާފައި އޮތް ކޮތަޅެއް ވަގަށް ނެގި ދެމީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުންގެ ވެބްސައިޓްގައި ވީޑިއޯއެއް އާއްމު ކުރުމަށް ފަހު ފުލުހުން ވިދާޅުވީ ވީޑިއޯއިން ފެންނަ ދެ މީހުންނަކީ މިއަހަރުގެ މާރިޗު މަހުގެ 23 ވަނަ ދުވަހުގެރޭގެ ވަގުތެއްގައި މާވެޔޮ މަގުގައި ޕާކްކޮށްފައިހުރި ސައިކަލެއްގައި އަޅުވާފައި އޮތް ކޮތަޅެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ ދެ މީހުން ކަމަށެވެ.

މިދެމީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ. މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 483156 އެވެ.

ފުލުހުން އާއްމުކުރި ވީޑިއޯ އިން ފެންނަނީ ދެކޮތަޅު ހިފައިގެން ޕޭމަންޓް މަތިން ހިނގާފައި އައި ދެމީހުންނަށް ސައިކަލްގައި އޮތް ކޮތަޅު ފެނުމުން މަޑުކުރާ މަންޒަރެވެ. މަގުމަތިން ހިނގާ މީހުން މަދުވި ވަގުތު ބަލާފައި އެމީހުން ކޮތަޅު އޮތް ސައިކަލާއި ކައިރިވި މަންޒަރު ވީޑިއޯ އިން ފެނެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝުމަން

    ފެންނަ ފެނުމުގަ ތި ހީވަނީ ނީލަން ފިހާރަ ދޮށުގަ ތިބޭ ވިޔަފާރި ކުރާ ޕާޓޭން ތަކެއް ހެން، ރޭގަޑު ވެމްކޯ އިން ކުނި ނުނަގާ އާއްމު ރައްޔިތުން ގެ ގެދޮރު މަތީ ގަ ހުން ނަ ކޮތަޅު ހޭވުމާ ވައްކަން ކުރުން އާއްމު ވެއްޖެ . ފުލުސް މީހާ އުޅެނީ ސްޓިކާ ޖެހުމުގަ ހޭވެރި ކަން ކަނޑާލާފަ. ފެއިލްޑް ގަވާރނިން ސިސްޓަމް ފްރޮމް އިބޫސޯލް