ކ. ތުލުސްދޫގައި ހުންނަ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑް-19 އަސް ފައްސިވެ، އެ ރަށް މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގެ އޮފިޝަލަކު "ވަގުތަށް" މިއަދު ވިދާޅުވީ އެ ރަށަށް އަރައި ފޭބުން މަނާކޮށްފައި ވަނީ ބަލި ވެގެން އެރަށުގައި ހުންނަ ފުލޫ ކުލިނިކަށް ދެއްކި މީހެއް ކޮވިޑް-19 އަށް ފައްސިވެފައިވާތީ ކަމަށެވެ.

އެމީހާއަކީ ގާތްގަނޑަކަށް ފަންސާހަކަށް އަހަރުގެ ހައި ރިސްކް ކެޓަގަރީގެ މީހެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މާލެ އަށް ވުރެ ބޮޑަށް މިހާރު ކޮވިޑް-19 ގެ ވޭދަނަތައް ފެންނަމުން ދަނީ ރާއްޖޭގެ ރަށްރަށުންނެވެ. ކޮވިޑް-19 ގެ ވޭދަނަތައް ފެންނަމުންދާތީ ބައެއް ރަށްތަކުގައި ވަނީ ހަރުކަށި ފިޔަވަޅުތަކެއް ވެސް އަޅައިފައެވެ.