ކޮންމެ އަހަރެއްގެވެސް ޢީދާ ދިމާކޮށް މޯލްޑިވްސް ގާލް ގައިޑް އެސޯސިއޭޝަނުން ދަނީ މުޙިއްމު މަސައްކަތެއް ހިންގަމުންނެވެ. އެއީ، ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބޭ މީހުންނަށް އެހީގެ ތަކެތި ފޯރުކޮށްދިނުމެވެ. އެމަސައްކަތުގައި ގައިޑުންނަށް އެހީވުމަށް އެކި ފަރާތްތަކުން ތަކެތި ފޯރުކޮށްދޭއިރު، ޣިޔާސުއްދީން އިންޓަނޭޝަން ސްކޫލުންވެސްވަނީ ތަކެތި ފޯރުކޮށްދީފައެވެ.

މިކަމުގެ އެހީތެރިވުމަށް، އެސްކޫލުގެ ދަރިވަރުންވަނީ ތަކެތި ހަދިޔާކޮށްފައެވެ. މިކަން ކުރުމުގައި އެސްކޫލުން އިސް ނަގާފައިވަނީ ކޮމިއުނިޓީ ސާވިސް ލީޑަރގެ މަޤާމުގައި ހުރި ޝައިނާ މުޙައްމަދު ޝައިނީއެވެ.

މިކަމާ ގުޅިގެން ޝައިނާ މުޙައްމަދު ޝައިނީ ބުނެފައިވަނީ ސްކޫލުގެ ކޮންމެ ކުލާހަކަށް ގޮސް، މިކަމުގެ މައުލޫމާތު ދީފައިވާކަމަށެވެ. އެގޮތުން، މިއީ ކޮން ކަމެއް ކިޔައިދީފައިވާކަމަށެވެ. އަދި، ދަރިވަރުން މިކަމަށް ވަރަށް ބޮޑަށް ޝައުގުވެރިވިކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުން، އެދަރިވަރު ބުނެފައިވަނީ ސްކޫލުގައި ޑޮނޭޝަން ފޮއްޓެއްވެސް ބަހައްޓާފައިވާކަމަށާއި އެހެންކަމުން، ދަރިވަރުންނާއި ބެލެނިވެރިން ބޭނުންވާ ކޮންމެ ވަގުތަކުވެސް އައިސް، އެހީތެރިކަން ފޯރުކޮށްދެވޭނެކަމަށެވެ.

2000 ވަނަ އަހަރުން ފެށިގެން ގާލް ގައިޑް އެސޯސިއޭޝަނުން މި ހަރަކާތް ހިންގަމުން އަންނައިރު، މި އަހަރު ހެލްތު މިނިސްޓްރީންވެސްވަނީ މިކަމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސޯބިރު

    ޤިޔާސުދީން ސްކޫލުން ޖާގަނުލިބޭމައްސަލަ އެޑުކޭޝަން މިނިސްޓިރީއަށް އިގޭބާ