ކ. މާފުށިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ޢަދަދު 205 އަށް އަރައިފިއެވެ.

މާފުށިން ކޮވިޑް-19 ޖެހުނު މީހުންގެ ޢަދަދު 205 އަށް އަރާފައި މިވަނީ މިއަދުވެސް މިހާތަނަށް އިތުރު 53 މީހަކަށް މި ބަލި ޖެހުމާއި ގުޅިގެންނެވެ.

މާފުށީ ފްލޫ ކްލިނިކަށް ދެއްކި މީހަކު ފައްސިވެ، އެ ރަށަށް އަރައި ފޭބުން މަނާ ކުރީ މިދިޔަ އަންގާރަ ދުވަހުއެވެ.

އޭގެ ފަހުން އެރަށުން ފައްސިވަމުން ގޮސްފައި ވަނީ ކަރަންޓީންގައި ތިބި ބައެއް ނޫނެވެ. އެރަށުން ފައްސިވި ބައެއް މީހުންނަށް މިހާރު ހުޅުމާލޭ ފެސިލިޓީއާއި ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދެއެވެ.

ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކުރަމުން އަންނަ މާފުށީގައި ފުރަތަމަ ކޮވިޑް ފެތުރުނީ ކިހިނެއް ކަމެއް ނޭނގެއެވެ. ނަމަވެސް އެރަށުގައި ކޮވިޑުން ރައްކާތެރިވުމަށް މާސްކް އެޅުން ފަދަ ކަންކަމަށް މާބޮޑު ސަމާލުކަމެއް މީހުން ނުދޭކަމަށް ބުނެ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މާފުއްޓަކީ މިހާރު އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވަމުން އަންނަ ރަށެވެ.

އެރަށުގެ ހާލަތު ގޯސްވަމުން ދާތީ ކޮންމެހެން ގެއިން ބޭރަށް ނިކުންނަން ޖެހިގެން ނޫން ގޮތަކަށް ގެއިން ބޭރަށް ނުނިކުތުމަށް ރަށު ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮރަލް

    މަޖްލީހަށް ކުއްލި މައްސަލަ އެއް ވައްދަ ބަލާށެވެ.

    5
    1
  2. އުސްމާން

    ތިޔަ މާފުށި މީހުންނަކީ ރުފިޔާޔާގެން ބޫތުކައިފަ އުޅޭ ބައެއް.. ތި މީހުންނަށް ހެޔޮވާނެ މީހުން މާސްކް ނާޅާ އުޅުނަސް.. ޑޮލަރު ލިބެންޏާ.. ކޮންމެ މީހެއްވެސް ގެ ކުއްޔަަށް ދީފައި މާލެ ބަދަލުވެގެން އެއުޅެނީ.. ދެން ރަށުގަ ދިރިއުޅޭ މީހުންނަށް ބެލުމެއް ނޯނާނެ.. ފަތުރުވެރިން ހިތު ހުރިގޮތަކަށް ތެޅެންވީ..

    13
    2
  3. ކާފަބޭ2020

    ޑޮލަރުންމާފަތިހަދައިގެން ފަހަތުންދުވިމީހާގެހަދިޔާސަޅިދޯ؟ މިވީހާތަނަށް ވަކިވަކިފަރުދުންނަށްވީފައިދާއަށްވުރެ މުޅިޤައުމާއި ރައިއްޔަތުންނަށްއެންމެބޮޑުނިކަމެތިކަމަކާގެއްލުމެއްލިބުނީ ދެކޮޅު އެއްވަރުނުވާތިލަފަތުން ޤައުމުކިރާއިރުކަން ޤަބޫލުކުރަންޖެހެއެވެ. ހަމަހިމޭންކަމާއެކުވިސްނާލާށެވެ. ފެންނަމުންދާޙަޤީޤަތަށްވިސްނާލާށެވެ. ޑިގުރީހޯލްޑަރުންނަށްވުރެ އޯލެވެލުން ދެފުށުއެޅިފަތިބިމީހުނަށް ލިބޭއުޖޫރަބޮޑުވީމަ ދުނިޔޭންބޭރަށްފޮނުވައިގެން ކިޔަވާދިނުމުގެބޭނުމަކީ؟؟؟؟؟؟؟