ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ކޮވިޑް-19 އިން ސަލާމަތްވެއްޖެއެވެ.

ފަޒްނާ ކޮވިޑް-19 އަށް ފައްސިވެފައި ވަނީ މި މަހުގެ މެދުތެރޭގައެވެ.

އެކަމަނާ ކޮވިޑް-19 އަށް ފައްސިވުމުން ރައީސް ސޯލިހް ވެސް ކޮވިޑް-19 އަށް ޓެސްޓް ކުރެއްވިއެވެ. އެކަމަކު، އެމަނިކުފާނުގެ ނަތީޖާ ވަނީ ނައްސިވެފައެވެ. ފަޒްނާ ފައްސިވުމާ ގުޅިގެން އެކަމަނާ ހުރީ އެކަހެރިކޮށްފައެވެ.

ކޮވިޑުން ފަސޭހަވެފައިވާކަން ފޭސްބުކް މެދުވެރިކޮށް ހާމަކުރައްވަމުން ފަޒްނާ ވަނީ ހެޔޮ ދުއާކޮށް ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ.

ފަޒްނާ ކޮވިޑަށް ފައްސިވީ ރަސްމީ ދަތުރުފުޅެއްގައި، ގަތަރާއި ބަންގްލަދޭޝްއަށް ވަޑައިގަތްތާ ދުވަސްކޮޅެއް ފަހުންނެވެ.އެ ދަތުރުފުޅަށް ފަހު ހޯމް ކަރަންޓީން ފުރިހަމަކުރައްވައި ދެ ބޭފުޅުން ޓެސްޓް ކުރެއްވި އިރު ނަތީޖާ ވަނީ ކޮވިޑަށް ނައްސިވެފައެވެ.

ފަޒްނާ ކޮވިޑަށް ފައްސިވިއިރު އެކަމަނާ ވަނީ ކޮވިޑް ވެކްސިންގެ ދެޑޯޒް ޖައްސަވާފައެވެ. ނަމަވެސް ވެކްސިންގެ ދެވަނަ ޑޯޒް ޖެއްސެވިތާ އަދި ދެހަފްތާއެއް ނުވެއެވެ. ރައީސް ސޯލިހް ވެސް ވަނީ މިހާރު ވެކްސިންގެ ދެޑޯޒް ފުރިހަމަ ކުރައްވާފައެވެ.

ފަސްޓް ލޭޑީ ކޮވިޑަށް ފައްސިވި އިރު، އެކަމަނާގެ ކޮއްކޯފުޅު، ނަޒީހާ އަހުމަދާއި އޭނާގެ ފިރިކަލުން، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް ވަނީ ކޮވިޑަށް ފައްސިވިއެވެ. ހަމީދު ވެސް ކޮވިޑަށް ފައްސިވީ ވެކްސިންގެ ދެ ވަނަ ޑޯޒް ފުރިހަމަ ކުރެއްވި ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ގެރި

    އަހަރުމެނަށް ކޮންކަމެއް.. ދުވާލަކު 200 މީހުން ފައްސިވޭ. ދެންވެސް ރައްޔިތުންނަށް ކުރެވެން އޮތް އުނދަގުލެއްކުރޭ ލޮކްޑައުންކޮށްގެން

    24
    6
  2. ާަަ

    ޥަގުން މައްސަލަ ތައްބަަލާތިސާބަހޭައަންނި އެންޑީޕީއަ

    ކީ އަދުލުއިންސާފުގެ ސަރުކާރު

    3
    18
  3. ކެމެރޫން

    އިބޫ ޔާމީން ދޫކުރިޔަސް ނުކުރިޔަސް ކަލޭގެ ދުވަސް މިޖެހެނީ ދެން ނުފެހެއްޓޭނެ ކަލޭގެ ވެރިކަން ފެށުނީ ވައްކަން ކޮއްގެން ވެރިކަން ނިމޭނީ ވަރަށް ހިތިކޮށް ކުޑަދޫ ބޭރުވާހާ ހިތިވާނެ
    ދެން މާލަހެއްނުވާނެ ވަގު ސަރުކާރު ވަގު ވޯޓު

    22
    1
  4. ކެމެރޫން

    އިބޫ ޔާމީން ދޫކުރިޔަސް ނުކުރިޔަސް ކަލޭގެ ދުވަސް މިޖެހެނީ ދެން ނުފެހެއްޓޭނެ ކަލޭގެ ވެރިކަން ފެށުނީ ވައްކަން ކޮއްގެން ވެރިކަން ނިމޭނީ ވަރަށް ހިތިކޮށް ކުޑަދޫ ބޭރުވާހާ ހިތިވާނެ
    ދެން މާލަހެއްނުވާނެ ވަގު ސަރުކާރު ވަގު ވޯޓުސަރުކާރު

    14
    1
  5. މުޙައް މަދު

    ٱلْحَمْدُ لِلَّٰهِ‎, 

    10
    2
  6. ރާނީ

    ހުންނާނެތާ ކަމެއް

    12
    1
  7. މުހައްމަދު

    ގައިމު އަދި ސާދަ ދުވަސް ފުރިހަމަ ނުވާނެ

    15
    1
  8. ބޯޖަލީލު

    ތިކަމާ އަހަރެމެން އުފަލެއްނުވޭ