އެލަޔަންސް އޮފް ކޮންޒަވޭޓިވްސް އެންޑް ރިފޯމިސްޓްސް އިން ޔޫރަޕް (އޭސީއާރްއީ) ގެ މެމްބަރަކަށް ޕީޕީއެމް ވުމުން ރާއްޖޭގެ އެންމެ ވަރުގަދަ ސިޔާސީ ޕާޓީއަށް ޕީޕީއެމް މިހާރު ވެފައިވާ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އިއްޔެ މީޑިޔާތަކަށް މައުލޫމާތުދެއްވަމުން ޝިޔާމް ވިދާޅުވީ އޭސީއާރްއީ ފަދަ ބޮޑު ޖަމިއްޔާއެއްގެ މެންބަރުކަން ޕީޕީއެމްއަށް ލިބުމަކީ އެ ޕާޓީގެ ހައިސިއްޔަތު ހާމަވެގެން ގޮސްފައިވާ ކަމަށާއި އަދި އެކަމުގެ ސަބަބުން އެ ޕާޓީއަކީ ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ޕާޓީއަށް ވެފައިވާ ކަމަށެވެ.

"ޕީޕީއެމްއަށް އޭސީއާރްއީގެ މެންބަރުކަން މިލިބުނީ ޕީޕީއެމްގެ ހަރުދަނާ ސިޔާސަތުގެ ސަބަބުން. އޭސީއާރްއީގެ މެމްބަރުކަން ހޯދަން ރާއްޖޭގެ އެހެން ސިޔާސީ ޕާޓީތަށްވެސް މަސައްކަތް ކުރި. ނަމަވެސް އެބޭފުޅުންގެ މަސައްކަތް ވީ ނާކާމިޔާބު، އެކަމުންވެސް ޕީޕީއެމްގެ ހައިސިއްޔަތު ނުވަތަ ހައިބަތު ހާމަވެގެންދޭ. އަދި އޭސީއާރްއީގެ މެންބަރުކަން ލިބުމުން ޕީޕީއެމް އަކީ ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ސިޔާސީ ޕާާޓީއަށް މިވަނީ ވެފަ" ޝިޔާމް ވިދާޅުވިއެވެ.

އަދި އޭސީއާރްއީގެ ކޮންފެރެންސްގައި ރާއްޖޭގއި ކުރެވެމުންދާ ތަރައްޤީގެ މަޝްރޫއުތަށް ބޭރުގެ އިސްގައުމުތަކާއި އޭސީއާރްއީގެ މެންބަރުން ބަލައިގަނެފައިވާ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

" އެ ބޭފުޅުން ހަޤީގަތުގައި ވަރަށް ޝައުގުވެރިވޭ ރާއްޖެ އައިސް ރާއްޖޭގައި ހިނގަމުންގެންދާ ތަރައްޤީގެ މަޝްރޫއުތަށް ގާތުން ބަލާލަން. އެބޭފުޅުންނަށް ބޮޑު ހައިރާން ކަމެއް ލިބުނު ޑީޕް ސީގައި ބްރިޖެއް އަޅަމުންދާ ވާހަކަ ބުނުމުން. އަދި ރާއްޖޭގެ ޖީޑީޕީ ދެގުނައަށް އިތުރުވެފައިވާކަމަށް ބުމުނުން ބޮޑު ހައިރާން ކަމެއް ލިބުނު. މީގެ އިތުރުން އައިޑީކާޑް ހިފައިގެން ދިޔުމުން ހިލޭ ބޭސްފަރުވާގެ ކަންކަން ކޮށްދިނުމާއި މިފަދަ ކަންކަމަށްވެސް އެބޭފުޅުންގެ ޝައުގުވެރިކަން ވަރަށް ބޮޑަށް ލިބިގެން ދިޔަ " ޝިޔާމް ވިދާޅުވިއެވެ.

އޭސީއާރްއެމްގެ މެންބަރަކަށް ޕީޕީއެމް ވުމުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ފައިދާ ވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އޭސީއާރްއީ އަކީ ޔޫރަޕްގެ އިއްތިހާދުގެ ޤައުމުތައް އެކަތިގަނޑަކަށް ހަދައި، ޔޫރަޕްގެ އިއްތިހާދުގެ ކަންކަން އިސްލާހު ކުރަން 2009 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެކުލަވާލި ޖަމާއަތެކެވެ. އެ ޖަމާއަތުގައި އެކި ޤައުމުތަކުން 24 މެމްބަރުން ތިބޭއިރު، އޭގެ ތެރޭގައި އިނގިރޭސި ވިލާތުގެ ކޮންޒަވޭޓިވް ޕާޓީ އާއި އެމެރިކާގެ ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީވެސް ހިމެނެއެވެ.

އެ ޖަމިއްޔާގެ މެންބަރުކަން ރަސްމީ ސިފައެގައި ޕީޕީއެމް ލިބިފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައި ސައިޕްރަސްގެ ބަކޫގައި ބޭއްވި އެ ޖަމިއްޔާގެ ސަމިޓުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފީލިންގް

    ސިޔާސީ މައިދާނާއި ޗަރުކޭހާ އެއްހަމަކޮށް އުގެއިލްގެ ފާޑުވިދާޅުވުން އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން އުއްމީދު ކުރަމޭ އުގައިލު ސިޔާސީ ކަންކަމުގައި ކެނެރީގެ ނަޝީދު އަށް ދުލެއް ނުދޭނެ ކަމަށް ކެނެރީގެ ނަޝީދު އަކީ އެއީ ރައްޔިތުންނަށް ހުރި ޗޮއިސް އެއް ކަމަށް އެއްގޮތަަކަށް ވެސް މަމެން ގަބޫލެއް ނުކުރަމޭ އޭނާގެ ވެރިކަމުގައި އޭނާ ކަނޑުކޮސް ކަމުން އޭނާ ކޮޕީ ޕޭސްޓް ޔާރާ ދިލްދާރާ އިކޮނޮމީ ދަންނާތީއޭ އޭނާ އިންޑިއާގެ ފަޑުއްކަ ފަގީރު ކިބަޅި ކުންފުންނަކަށް އެއާރޕޯރޓް ވިއްކާލީ ދެން އޭނާ އަށް އިކޮނޮމީ ޑްރައިވް ކުރަން އިނޮވޭޓިވް ބައި ވާރކް މިތިއަރީ ނޭގޭތީއޭ އޭނާ އަށް ޑޮލަރުގެ އަގު ބޮޑު ކުރަން ޖެހުނީ އޭނާ އައްޑޫ ގައި ދަރުބާރުގެ ނާޅާ މާލެ ސަރަަހައްދުން ގުޅި ފަޅާއި ތިލަފުށި އަދި ހުޅުމާލެ ދޭއް އެފައިސާ އިން ހިއްކާ އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް ކުއްޔަށް ދިން ނަމަ މިއަދު ދައުލަތަށް ކުލިން އެކަނި ލިބޭނެ 1 ޓްރިލިއަން ޑޮލަރު އެހެން ނަމަ އެއީ ޕްރޯ އެކިޔާ އިނޮވޭޓިވް ބައި ވާރކް އަކީ.

  2. މަލަކުރި

    ވެރިކަން ދިފާޢުކޮށް ވެރިކަން ހިންގައި ގެނެސްދޭ ކުރިއެރުމަށް ބަލާއިރު ޕީ.ޕީ އެމް އަކީ އެންމެ ވަރުގަދަ ޕާޓީ