މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 386 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
މިއަދަކީ މިހާތަނަށް ރާއްޖެ އިން އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.
މިއަދު މާލެ އިން 105 މީހުން ކޮވިޑަށް ފައްސިވިއެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 198 މީހުން އަދި ރިސޯޓްތަކުން މިއަދު ހަ މީހުން ފައްސިވިއެވެ.
މިއަދު ރާއްޖެއިންް 386 މީހަކު ކޮވިޑަށް ފައްސިވެފައި ވަނީ 3289 ސުންކު ނަގައިގެންނެވެ.
މިހާރު ރާއްޖޭގައި 4009 މީހަަކަށް ކޮވިޑް ބަލީގައި ފަރުވާދެމުން އެބަ ދެއެވެ.
ރާއްޖެއިން ކޮވިޑް ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 28،588 އަށް އަރާފައިވާއިރު، އޭގެ ތެރެއިން 24،499 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
ބަޔަކު ޑޮލަރުކޮޅެއް ހޯދަން ކުރިކަންތަކުގެ ނަތީޖާ ވަރަށް ހިތިވާނެ މިއީ އިންޑިއާ ވޭރިއަންޓް ފެތުރުން އެޗް.ޕީ.އޭ ހިމޭނުން ..
ތިކަމާ ޒިންމާވާން ޖެހޭނީ ގެސްޓްހައުސްތަކަށް ކަރަންޓީނަށް އިންޑިއާމީހުން ގެނައި މީހުން ދެން މައުސޫމްއާ މައިމޫނާ.
ތިކަމާ ޒިންމާވާން ޖެހޭނީ ގެސްޓްހައުސްތަކަށް ކަރަންޓީނަށް އިންޑިއާމީހުން ގެނައި މީހުން ދެން މައުސޫމްއާ މައިމޫނާ.
ލާދީނީ ސަރުކާރުގެ ބަލާވެރިކަަން މި ގައު މަށް ޖެހިފަވަނީ
އެޗް ޕީ އޭ އަށް ގުޅާތާ މިޔަދައްމިވީ 3 ދުވަސް ފޯނެއްނެގެނީކީއްނޫން މީދެން ބޮޑުވަރު މަރުވެގެން ސަންދޯއްޖެހީމަ މިމީހުންގެ ހަބަރުމިވަނީ
ޕީކަށް އަރަނީ ކޮންދުވަހަކުންބާ؟