ދާދިފަހުން އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވި އެއް ރަށް ކަމަށްވާ ޅ،އަތޮޅު ނައިފަރުން މިއަދު ވެސް އިތުރު 21 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ނައިފަރުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 326 އަށް އަރާފައެވެ. ނަމަވެސް އޭގެތެރެއިން 217 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. މިހާރު ކޮވިޑް ޖެހިފައި އެރަށުގައި ތިބީ 108 މީހުންނެވެ.

ނައިފަރުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވި ނަމަވެސް އެރަށުން ކޮވިޑް ޓެސްޓް ހެދޭކަށް ނުހުރެއެވެ. ނައިފަރުގައި ހުންނަ ޅ.އަތޮޅު ހޮސްޕިޓަލުން މިރޭ ވިދާޅުވީ އެރަށުން ކޮވިޑަށް ޓެސްޓް ކުރަން މާލެ ފޮނުވި ސުންކުތަކުގެ ތެރެއިން އަދިވެސް 76 ސުންކެއްގެ ނަތީޖާ ނުލިބޭ ކަމަށެވެ.

ފާއިތުވި ދުވަސްތަކުގައި އަތޮޅުތެރޭގެ ރަށްތަކުން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު އަންނަނީ ގިނަ ވަމުންނެވެ. މިއަދަކީ މިހާތަނަށް ރާއްޖެ އިން އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ. މިއަދު 386 މީހުން ވަނީ ރާއްޖެ އިން ކޮވިޑަށް ފައްސިވެފައެވެ.

ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވެފައި ވީނަމަވެސް ކޮވިޑް ކޮންޓްރޯލް ކުރުމަށް އިތުރު އެއްވެސް ފިޔަވަޅެއް ސަރުކާރުން ނާޅައެވެ. މިހާރު އަޅާފައި ހުރި ފިޔަވަޅުތައް ހަރުކަށި ކުރުމުގެ ވިސްނުން ވެސް ސަރުކާރުން ގެންގުޅޭ ކަމަކަށް ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ނައިފރު

  ނައިފަރު ހޮސްޕިޓަލުގައި ހުރި ކޮވިޑް ޓެސްޓްކުރާ މެށިން ސޯލިހު އޭދަފުށްޓަށް ފޮނުވާލީ ހިތުން ނައިފަރަށް ގެއްލުމެއްދެވޭނެކަމަށް. ޥޯޓުން އެއޮތީ އެކަންދައްކާލާފަ. 20223ގަ އޮޅާލާނޫ އންޝާﷲ

  8
  1
  • އަަހަން

   20223 އޭ؟ ހަހަ ހާދަ ފަހެއް.. ރަނގަޅު ދެން އެހާ އިރު ވާން ދެން ދުނިޔޭގަ ހުރެއްޖެ ނަމަ.. އިންޝާ ﷲ

 2. މާބޭބެ

  މިއުޅެނީ ވޯޓްގެ ކަންތައްގަނޑު މިތާއޮތީ އެ މީހަކާ އެ މީހެއް. މިހާރު އެތައްފަހަރަކު ހޮސްޕިޓަލް މެނޭޖަރ ކޮންޓެކްޓް ވެއްޖެ ކޮން މެ ފަހަރަކު ބުނަނީ މަގޭ ފޯނޭ ކޮންޓެކްޓްވީ އެވަރު ނުކިޔަވާ ތިބި ީީމހުން ތަންތަނުގަ މިތިބީ. ކައުންސި ލް ދެބާވެފަ
  . ހޮސްޕިޓަލް ހިންގަނީ ކާރި މްގެ ގޮޑިކޮއްކޮއެއް މިތަނަށް މެސިނެއް ގެނައޭކިޔާގެން ހަދަނީދޮގު.

 3. ދިވެހި ރައްޔިތުން

  ސަރުކާރުން ބޭނުންވާ ގޮތަށް ރާއްޖޭގަ ކޮވިޑް ދަނީ ބާރަށްކުރިޔަށް ލިބުނުހާ ފައިސާ އަކާ ހުރި ހުރިހާ ފައިސާއެއް ކާލީ ރާއްޖޭގެ ރަށަކަށް ޓެސްޓް ކޮށްލެވޭނެ ފަދައެއްވެސް ހޯދަނުދީ!