އޭޑީކޭ ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ނިޔާވި ސަލްމާ ނަސީރު ނިޔާވި މައްސަލަ ތަހުގީގުކޮށްދިނުމަށް ސަލްމާގެ ފިރިމީހާ އިބްރާހީމް އަދުހަމްގެ ފަރާތުން ގާނޫނީ ގޮތުން މަސައްކަތް ކުރާ އެޑްވޮކެސީ ޗެމްބާސް އިން ފުލުހުންނަށް މައްސަލަ ހުށަހަޅައިފި އެވެ.

އެ މައްސަލާގައި ތުހުމަތު ކުރެވޭ ބިދޭސީންގެ ޕާސްޕޯޓް ހިފަހައްޓައިދިނުމަށް އެޑްވޮކެސީ ޗެމްބާސް އިން ވަނީ އެދިފައެވެ.

އެޑްވޮކެސީ ޗެމްބާސް އިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އޭޑީކޭ ހޮސްޕިޓަލްގައި ސަލްމާއަށް ފަރުވާ ދިނުމަށް އެކަށީގެންވާ ވަރަށް ތައްޔާރުވެފައިނުވާކަން ހެލްތު މިނިސްޓްރީން ދީފައިވާ ޖަވާބުގައި ފާހަގަކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ސަލްމާ ނިޔާވުމުގައި އޭޑީކޭ ހޮސްޕިޓަލާއި އެ ހޮސްޕިޓަލްގެ މުވައްޒަފުންތަކެއްގެ އިހުމާލު އޮތް ކަމަށް ގަބޫލުކުރެވޭތީ އެއީ ޖިނާއީ މައްސަލައެއް ކަމަށް ވާތީ ކަމަށް ސިޓީގައި ވަނީ ބުނެފައެވެ.

"ސަލްމާ ނަސީރު ނިޔާވި ހާދިސާއާއި ގުޅިގެން އެ ފަރާތުގެ މެޑިކަލް ރިކޯޑްސް ހޯދުމަށް އަޅުގަނޑުމެން ކުރި މަސައްކަތުން އެ ލިޔުންތައް އޭޑީކޭ ހޮސްޕިޓަލްގެ ފަރާތުން މިހާތަނަށް ފޯރުކޮށްދީފައިނުވާކަން ފާހަގަކުރަމެވެ. އަދި ދަންނަވަމެވެ. މި ހާދިސާގައި ޝާމިލްވާ ބައެއް ފަރާތްތަކަކީ ރާއްޖެއިން ބޭރުގެ ބައެއް ކަމަށް ވެފައި، މައްސަލަ ތަހުގީގުކޮށް ނިމުމުގެ ކުރިން އެ ފަރާތްތައް ރާއްޖެއިން ފުރައިގެން ހިނގައިދާނެ ކަމަށްޓަކައި މިި މައްސަލައިގައި ހިމެނޭ ބިދޭސީ ފަރާތްތަކުގެ ޕާސްޕޯޓު ތަހުގީގު ނިމެންދެން ހިފަހައްޓައިދިނުމަށް އެދެމެވެ،" ސިޓީގައިވެ އެވެ.

ސަލްމާ ނިޔާވީ މިދިޔަ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހު ވިހެއުމުގެ ތެރޭގައެވެ. ސަލްމާގެ ގަޔަށް ލޭ އެޅުން ލަސްވި ކަމަށް ހެލްތު މިނިސްޓްރީން ސަލްމާގެ ފިރިމީހާ އަށް ފޮނުވި ސިޓީގައި ވަނީ ބުނެފައެވެ.

ސަލްމާ ނިޔާވި މައްސަލާގައި އޭނާގެ ފިރިމީހާއަށް ހެލްތު މިނިސްޓްރީން ސިޓީއެއް ފޮނުވި ނަމަވެސް މިމައްސަލަ ތަހްގީގް ކުރުމާއި ގުޅޭ ގޮތުން ރަސްމީކޮށް ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން ވާހަކައެއް ނުދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޙައްގުބަސް

    މިސަރުކާރުން ތި ބިދޭސީންގެ ޕާސްޕޯޓް ހިފަހައްޓާނުދޭނެ!! އެއީ އިންޑިޔާ މީހުން ވީމަ!! މިސަރުކާރު ހިނގަނީ މިރާއްޖޭގައި ހުންނަ އިންޑިޔާގެ އެންބަސީން!! އެކަން އެނގޭ ނޫންތޯ މިރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ވަދެ މަސްވެރިކަންކުރި އިންޑިޔާގެ ދެމަސްބޯޓް އެއްވެސް ފިޔަވަޅެއްނާޅާ ތިން ދުވަސްތެރޭ ދޫކޮށްލީ!! ދެން އޭގެ އެއް ދުވަސް ފަހުން ލަންކާ މަސްބޯޓެއް ހަމަ އެގޮތަށް ވަދެ އުޅެނިކޮށް އަތުލައިގަތީ!! އެބޯޓްގެ މައްސަލަ ބަލާ ޖޫރިމަނާކޮށް އަދިވެސް އައްޑޫގައި ފުލުހުންގެ ބެލުމުގެ ދަށުގަ އެއޮތީ!! މިހިރީ އިންޑިޔާގެ އެންބަސީގެ ބާރު ނުފޫޒު މިރާއްޖޭގެ މިއޮތް ސަރުކާރަށް ހިންގާމިންވަރު އެނގޭ ހަމަ އެންމެކަމެއް!! ދެން އެންބަސީން މިރާއްޖޭގައި ޕްރޮޖެކްޓްތައް މިޑިޔާއަރާ އިއުލާންކުރަނީ ސަރުކާރަށްވުރެ ކުރިން!! މިއޮތީ ގެރިމޯދީގެ އުނގަށްވެއްޓި ގޮނޑިކޮށްކޮ ސަރުކާރެއް!! ރައްޔިތުންނަށް އަނިޔާވެރި ޔާމީން ނުހައްގުން ޖަލަށް ލައިގެން އުޅެނީވެސް އިންޑިޔާ އަޑީގަ އޮވެގެން!! ރައްޔިތުން ނިކުމެ މިގައުމު އަޅުވެތިކޮށްގެން އުޅޭ ބަލާވެރިކަން ނިންމަންޖެހޭ!! އިހްތިޖާޖް ބޮޑުކޮށްކުރަންވީ ފަރުދީ ޒިންމާ އަދާކުރަންޖެހޭ!! ގައުމު ސަލާމަތްކުރަންޖެހޭ!!

    12
  2. ޢަބްދުﷲ ސަޢީދު ބ.މާޅޮސް/ޒަމާނީހައުސް

    ސީދާ ލޯފާމުގެ ނަމުގައި ސިޓީފޮނުވަިގެން ތިޔައީ ކުރެވިދާނެ ކަމެއްތޯ ޤާނޫނީގޮތުން ސުވާލުަުފެދެއެވެ.

    1
    3
  3. ސަމާ

    ޢޭޑީކޭގަ ކުރިކަ މެއް ހެލްތަށް ކިހިނެއް ކަންވީގޮތް ބުނެދޭން އެނގެނީ. ޙެލްތް މިނިސްޓަރ ހުރީބާ އޮޕަރޭޝަން ކުރިތަނުގަ ، ނޫނީ އެތަނުގައި ހުރި
    މީހަކު ކިޔައިދިނީބާ ވީގޮތް.

    6
    3
    • ޓިނު ދޮންބެ

      ހެލްތް މިނިސްޓްރިން ޖަވަބުދޭނީ ކަންހިނގިގޮތް ބަލާފަ ބީތާ އާ. މިނިސްޓަރ އަށް ފެންނައެއްޗެއް ނޫން ބުނާނީއަކީ ހޭބައްޔާ

  4. އަބްދޫ

    ޢެ މީހަކުދުނިޔެ އަށްފޮނުއްވާއިރު މަރުވާނެ ގޮތާއި ހާދިސާއާއި ވަގުތުވެސް ވަނީ ކަނޑައެޅިފާ.ޢިހު މާލެއް އޮތްނަ މަ ސަވާބާއި ދަރު މަ.

  5. ނާޅި

    ލޯފާމު ތަކުންވެސް ޗާޓުން ބޭރުވެ މީހުނަށް ބިރުދައްކާ މީހުން ރަހީނު ކުރަން އުޅުމަކީ ވަރަށް ބޮޑު ޖަރީމާއެއް! ލޯ ފާމްވެސް އުޅެން ޖެހޭނީ ސައިޒުގައި ޗާޓު ތެރޭގައި މެޑިކަލް ޕޮރެފިޝަނަލް މިންގަޑަށް ވިސްނައިގެން !

  6. އަދް

    ތީގެ ތި ބުނާ ޑޮކްޓަރަކީ ވަރަށް މޮޅު އަދި ގާބިލް ޑޮކްޓަރެއް.. ފަރުވާ ކުޑަ ކުރާނަ ކަމަކައް ގަބޫލެއް ނުކުރައް، އަބަދުވެސް ކޮންމެ ޕޭޝަންޓަކައް އެހާމަ އިޙްތިރާމްކުރާނެ، ނަމަވެސް އެތާގަ ތިބޭ ނަރުހުންގެ ކޮންމެވެސް މައްސަލައެއް އުޅެދާނެ،، އެމީހުން ފަރުވާކުޑަ

  7. ބުރާންތިސް

    އިންޑިޔާ ބައެއްނަމަ ކުރާނެ ކަމެއް ނޯންނާނެ. ޕާސްޕޯޓް ހިފަހައްޓަން އަންގާމީހާ އިންޑިއާއިން ފިޔަވަޅު އަޅާނެ.
    އެކަން އިނގޭނެ އިހައްދުވަހު އާއްމު އިންތިހާބުން މޑޕ ބަލިވީމަ ފޮރިންމިނިސްޓަރ ދާންޖެހުނީ އިންޑިއާއަށް އެމީހުންނަށް ޖަވާބުދާރީވާން.
    ވީމާ މޯދީ ރުޅިއަންނަގޮތަކަށް އެއްކަމެއްވެސް ނުކުރެވޭނެ.