ލ.އަތޮޅު ފޮނަދޫން ދެމީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ފޮނަދޫ ހެލްތު ސެންޓަރުން ބުނާ ގޮތުގައި ފޮނަދޫން ކޮވިޑަށް ފައްސިވެފައި ވަނީ މާންދޫ އިހާ (ކްލަސްޓާ) އާއި ގުޅުން ހުރި ދެމީހެކެވެ.

މިދިޔަ ހޮނިހިރު ދުވަހު މާންދޫން އަށް މީހަކު ކޮވިޑަށް ފައްސިވުމުން ގަމާއި ފޮނަދޫ ވެސް ވަނީ މޮނިޓަރިންގެ ހާލަތައް ގެނެސްފައެވެ.

ފޮނަދޫ ހެލްތު ސެންޓަރުން މިރޭ ވިދާޅުވީ މާންދޫ އިހަލާއި ގުޅުން ހުރި 22 މީހެއްގެ ސުންކު ޓެސްޓް ކުރިއިރު ދެމީހަކު ކޮވިޑަށް ފައްސިވެފައިވާ ކަމަށެވެ.

މިއީ މާންދޫ އިހަލުން ފޮނަދޫގައި ދިރިއުޅޭ މީހަކު ކޮވިޑަށް ފައްސިވި ފުރަތަމަ ފަހަރެވެ. ފޮނަދޫގެ ގިނަ ބަޔަކު ވެސް މާންދޫގައި ވަޒީފާ އަދާކުރެއެވެ. އެހުރިހާ އެންމެން ވެސް މިހާރު ތިބީ ކަރަންޓީން ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު