ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހިމް އިސްމާއިލް (އިބްރާ) ގެ މަންދު ކޮލެޖް ހިންގި އިމާރާތް، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ކުއްލި ގޮތަކަށް އަތުލުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ލިބެން ޖެހެނީ އެ ކޮލެޖްގެ ފަރާތުން ހުށަހަޅާފައިވާ 243 މިލިއަން ރުފިޔާއަށް ވުރެ ވެސް ބޮޑު އަދަދެއް ކަމަށް އިބްރާ ވިދާޅުވެއްޖެއެވެ.

މަންދު ކޮލެޖް ހިންގަމުން ދިޔަ އިމާރާތަކީ ކުރިން މާލެ އިންގްލިޝް ސްކޫލް ހިންގަމުން ދިޔަ އިމާރާތެވެ. އެޑިއުކޭޝަން މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެ ތަނުގައި އިންޓަނޭޝަނަލް ސްކޫލެއް މަންދުގެ ފަރާތުން ހިންގަން ޖެހެއެވެ. ޔާމީންގެ ވެރިކަމުގައި އެ ތަން އަތުލީ އެއްބަސްވުމާ އެއް ގޮތަށް އަމަލު ނުކުރި ކަމަށް ބުނެއެވެ.

މިކަމާ ގުޅިގެން މަންދު ކޮލެޖްގެ ފަރާތުން ވަނީ އިމާރާތުން ބޭރުކޮށްލުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 18 މިލިއަން ރުފިޔާ ހޯދުމަށް ދައުވާކޮށްފައެވެ. ޝަރީއަތުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ދައުލަތުން ވަނީ އޭގެ ތެރެއިން 15 މިލިއަން ރުފިޔާ ދެއްކުމަށް އެއްބަސްވެފައެވެ.

އެކަމަކު އޮޑިޓަ ޖެނެރަލްގެ އޮފީހުން ނެރެފައިވާ އެސެސްމަންޓް ރިޕޯޓްގައިވާ ގޮތުން މަންދު ކޮލެޖަށް އެމްއީއެސްގެ އިމާރާތަށް ކުރި އިންވެސްޓްމެންޓްގެ އަގުގެ ގޮތުގައި ކެޕިޓަލައިޒްކޮށްފައިވާ 1.5 މިލިއަން ރުފިޔާއެވެ. ވިޔަފާރިއަށް ލިބުނު އިތުރު ގެއްލުމުގެ ބަދަލު ދައުލަތުން ދައްކަން ޖެހޭ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށް އޮޑިޓަ ޖެނެރަލްގެ ރިޕޯޓްގައިވެއެވެ.

މަންދު ކޮލެޖްގެ ވެރިޔާ އިބްރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ކޮލެޖަށް ލިބެން ޖެހޭ އަދަދަކީ އެންމެ 1.5 މިލިއަން ރުފިޔާ ވެސް ނޫން ކަމަށެވެ. އަދި 15 މިލިއަން ރުފިޔާ ވެސް ލިބެން ނުޖެހޭ ކަމަށް ވިދާޅުވިއެވެ. ސަރުކާރަށް ކޮލެޖުން ހުށަހަޅާފައިވާ ގޮތަށް 240 މިލިއަން ރުފިޔާ އަށް ވުރެ ވެސް ބޮޑު އަދަދެއް ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ އަދަދަށް ކޯޓުގައި ސާބިތުކޮށްދިނުމަށް ބޭނުންވާ ހެކި، އެ ކަމުގެ ފަންނީ ޚަބީރުން ދަނީ އިއުލާން ކުރަމުން، ނިމުނީމަ އިއުލާން ކުރާނަން،" އިބްރާ ކުރެއްވި ޓްވީޓްގައި ލިޔުއްވާފައިވެއެވެ.

މާލޭ އިންގްލިޝް ސްކޫލް (އެމްއީއެސް) ހިންގި އިމާރާތް މަންދު ކޮލެޖަށް ދީފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އެއީ 2010 ވަނަ އަހަރުގައެވެ. އޭރު އެއްބަސްވުމުގައިވާ ގޮތުން އިންޓަނޭޝަނަލް ސްކޫލެއް ހިންގަން އޮތް ނަމަވެސް އެ ތަނުގައި ހިންގަމުން ދިޔައީ ޕްރައިވެޓް ކޮލެޖެކެވެ. މި ސަބަބު ފާހަގަކޮށް ރައީސް ޔާމީންގެ ވެރިކަމުގައި އެއްބަސްވުން ބާތިލް ކުރިޔަސް އެއީ ސިޔާސީ ސަބަބުތަަކަކާ ގުޅިގެން ކުރި ކަމެއް ކަމަށް އޭރު އަޑު ފެތުރުނެވެ.

މި މައްސަލަ މަންދު ކޮލެޖްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމީ އެ ކޮލެޖާ ދެކޮޅަށެވެ. ދެން ހައި ކޯޓުގައި މައްސަލަ އިސްތިއުނާފް ކުރުމުން އެ ކޯޓުން ވަނީ ސިވިލް ކޯޓުގެ ހުކުމް ބާތިލްކޮށްފައެވެ. ސުޕްރީމް ކޯޓަށް މައްސަލަ އައުމުން މި އަހަރުގެ ތެރޭގައި އެ ކޯޓުން ވެސް ވަނީ ހައި ކޯޓުގެ ހުކުމް ދަމަހައްޓައިފައެވެ. އަދި ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރެވޭނެ ކަމަށް ކަނޑައަޅައިފައެވެ.

މަންދު ކޮލެޖު ހިންގާ ކުންފުންޏަށް މި ސަރުކާރުން 15 މިލިއަން ރުފިޔާ ދޭން އެއްބަސްވެފައިވާއިރު، އިބްރާއަކީ މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ބޭބެއެވެ. މީގެ ކުރިން އެ އާއިލާގެ ބޭފުޅުންގެ މަސްލަހަތު އޮންނަ ބިގް ކުންފުންޏަށް ވެސް މި ސަރުކާރުގައި ބަދަލު ނަގައިދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ތިންކު

    ބަދަލު ދިނުމުގެ މައްސަލަތައް ދުނިޔޭގެ ކޯޓުތަކުގައި ނިންމަން ފެށީ އިއްޔެއަކު ނުވަތަ މިއަދަކު ނޫނެވެ. ބަދަލު ދިނުމުގެ ކަންކަން ކުރަންޖެހޭނެ ގޮތާ ބަދަލުގެ ގޮތުގައި ނަގައިދެވޭނެ މިންވަރާ، ބަދަލުގެ ގޮތުގައި ހޯދޭނީ ކޮން އެއްޗެއް ކަން އެއީ މީގެ އެެތަށް ގަރުނެއް ކުރިން އިންސާފު ޤާއިމު ކުރާ ތަހްޒީބީ މުޖްތަމަޢުތަކުގައި ޤާއިމުކޮށްފައިވާ ކޯޓުތަކުން ކަނޑައަޅާފައިވާ ކަންކަމެވެ. ރާއްޖެ ކަރަޕްޓް ޖުޑީޝަރީ އިން 2000 ރުފިިޔާގެ ބުރުމާއެއް ކުއްޔަށް ނަގާ އޭތި ރައްދު ނުކުރުމުން 10 އަހަރު ފަހުން ބަދަލެއްގެ ގޮތުގައި 1.5 މިލިއަނު ނުފިޔާ ދައްކަން އަންގާ ޒަމާނަކީ މާޒީއެވެ. މިއަދަކީ އަބުދުއްﷲ ސަޢީދާ، އަހްމަދު އަބުދުއްﷲ ދީދީ އާއި މައުމޫނުގެ ނިޔާ ހިނގާ ޒަމާނެއް ނޫނެވެ. އިބުރާ މޮޔަ ނުގޮވާށެވެ.

    13
  2. މޮޔަސޮރު

    ކަލޯ އެއީ ކޮންގޮތަކަށްތަ، ކަލެއަށް މަސައްކަތް ކޮށްގެން ލާރިހޯދަން ނެއެގެނީތަ. ބަދަލުގެ ގޮތުގައި ދޭންޖެހެނީ ތިމާ ކުރި ހޭދައެއް. ކުރިއަށް ކަލެއަށް ލިބެން އެއްޗެއް ފައިދާ ބަދަލުގެ ގޮތުގައި ދެވިގެން ނުވާނެ.

    15
  3. ދެދެ

    240 ބިލިއަނެއް ނޫންތަ

  4. ބެއްޔާ

    އިބުރާގެ ބިމެއްތަ އެއީ އިބުރާ އެޅި ޢިމާރާތެއްތަ ދެން 240 މިލިޔަން ދޭންޖެހޭ ގޮތެއް ނުވިސްނުނު. އެއޮތް ބުރިޖަށްވެސް 300 މިލިޔަން. އިބުރާއަށް 240 ކިހިނެއް ވެގެން މިއުޅެނީ. މިގައުމުގަ ހުރީ އިބުރާގެ ބަފާގެ ފައިސާތަ.

  5. އަހުމަދުކަލޯ

    ނަސީބެއްތާ ބަޖެޓު އެއްކޮއް 37 ބިލިއަނޭ ނުބުނިކަން ވެސް

  6. އެދުރުބެ

    އަގައާ އަތާ ދިމާ ނުވާ މީހަކަށް ތިވަރުގެ ޢަދަދުތަކެއް ވިޔަފާރިން ލިބެން އޮތް ކަމަކަށް ހިޔެއް ނުކުރަން!

  7. އެދުރުބެ

    ފައްޔާޒް ޢާއިލާގެ މީހުންނަށް ހާދަ ގިނަ ބަދަލެކޭ ރައްޔިތުންގެ ފައިސާއިން މިނަގަނީ.

  8. ލެކޮކާ

    މިފަހަކަށް އައިސް އިބުރާ އަންނިފެކްޝަނާ މާ ޒާތީވެ، އިރުއިރުކޮޅާ ދީނީ ނަސޭޙަތް ދެމުންމިދަނީ މިފައިސާގެ މަލަމަތީގަ ހޯރައުދުހޭތަން ފެނިގެންތާ. އަހަރުމެން އަޑުއެހީމޭ ކަލޯ މިދީނަށް ފުރައްސާރަކުރި ތަންވެސް. ސޯލިހުގެ މަޑުމައިތިރިކަމުގެ ނާޖާއިޒް ފައިދާ ހޯދަން ފޫގަޅާފަ އޮތްފެކްޝަންގެ ވަރުމިފެންނަނީ.

  9. އަންނި (ގ.ބ)

    އޭ، މަންދު ކޮލެޖު ރިސޯޓެއްވަރު އެބަވޭ! އިބުރާ ކަލޭ މޮޔަނުގޮވާ!

  10. އާދަމް ނަވާޒު

    ބީތާވެފަ ތިހުރީ . ؟ ތިހިން ގާ ކަންކަން މުގެ ހައްގު އަދަބު ލިބޭނެ ، ޖަލުގަ އޮންނަ މީހުނަ މަދު ނުވާނެ ، މިފަހަރު ވެސް ، ހިހިހިޖިޖި

  11. ޑަބިޔާ

    ނޭވާ ހޮޅިއަށް އެޅޭއިރުވެސް ލާރި ލާރިއޭ ގޮވާތި ތިނޫންއެއްޗެއް ކިޔަންނޭންގެނީތަ ބުރާންޗާ ކަލޯގެ ހާލައް ޝުކުރުވެރިވެގެން މަޑުން އިންދެވޭތޯބަލާބަލަ! ރައްޔިތުން ފެލަންނޫޅެ.

  12. ނޫސްކިޔާމީހާ

    ކިހާބޮޑު ވެއްޖެކަމެއް .ކަލޭ ހިތްފުރޭނީ މުޅި ދައުލަތް ބަދަލުގެ ގޮތުގައި ލިބިގެން.

  13. ހުސޭނުބޭ

    ތިވަރު މަދެއްނު! 240 ބިލިއަނަށް ހަދާލަ! އޭރުން ކަލެޔަށްވެސް އެއްޗަކަށް ވާވަރަށް ކެވޭނީ!

  14. ޖާބެ

    އިބޫ ސަރުކާރުން ޤަތްމީހުންނައް ރައްޔިތުންގެ ޙަޒާނާއިން ފައިސާބަހާ ހުސްކޮށް ދޮވެލަނީ މޮޔޮއްގެން ހުސް ވަގުން ވަގުނޫން ބަޔަކުނެތް ރައްޔިތުންގެ ފައިސާއިން މިވަރުގެ ބޮޑު އަދަދެއް ނަގާއިރު ތަހުގީގެއްކުރަންޖެހޭ އަދި މިކަން ރަނގަޅައް ނުގޮސްފިނަމަ ސަރުކާރު ހިންގަން ތބިމީހުންގެ މޫދާ ވިއްކާފަވެސް ރައްޔިތުންގެ ފަިއސާ އަބުރާ ރައްޔިތުންގެ ޙަޒާނާއައް ވައްދަންޖެހޭ

  15. ތިނކޫ

    މީރާ އަށްވެސް ޖޫރިމަނާ ނެގިގެން ނުވާނެ

  16. 240 ބިލިޔަން

    240 މިލިޔަން ނޫން 400 މިލިޔަން ލިބުނަސް ދަތްއުގުޅާ ބޭސް އުރަޔަކާ ފެންވަރާނެ ސައިބޯނި ކޮޅެއް ގަނެލެވޭ ވަރުނުވާކަން ދެރައީ ދޯ އިންތި

  17. އަހުމަދު ނީޒް

    ދައުލަތުގެ ބިމެއް ހަދަން ދައުލަތުން 3 މިލިޔަން ލޯނު ނަގައިގެން ހަދާ އެފައިސާ ދައުލަތައް ނުދައްކާ ދައުލަތާ ހަދާފަ ވާ އެގް ރިމެންޓާ ހިލާފުވާ ކޮންމެ ފަ ރާތަކަށް 1 ބިލިޔަން ދޭން ޖެހޭ. ވަޓް އަ ޖޯކް. ލަދު ނެތް ނަމަ މިހެން ވާނެ.

  18. ބަދަލު

    ކަލޯ މިބައިގަޑު މިއުޅެނީ ދިވެހި ދައުލަތް އެއްކޮަށްހުސްކުރަންތަ

  19. ޚަލވޭލި

    ގައުމުގަ ހުރިހާ ފަެއިސާއެއް ދިނަސް ހިތް ހަމައެއް ނުޖެހޭނެ އެކަކުވެސް. ނަހަމަ ގޮތުގައި ހޯދޭ ފައިސާއަކުން އުފަލެއް ނުލިބޭނެ.