ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދާއިރާގެ ރައްޔިތުންގެ ކައިރިއަށް ވަޑައިގަތުމަށާއި ސިޔާސީ ހަރަކާތްތައް ހިންގެވުމަށް ދަތުރު ކުރެއްވުމަށް މަޖިލީހުގެ އިދާރާއިން ދޭ ހުއްދައިގެ ދަށުން އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ތިން މެންބަރަކު މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވަޑައިނުގެން ލ.މާވަށަށް ވަޑައިގެންފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވި ގޮތުގައި މާވަށަށް ވަޑައިގެންފައިވާ އެއް މެންބަރަކީ މާވަށު ދާއިރާގެ މެންބަރު، ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ސައީދެވެ. ދެން ވަޑައިގަތީ ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމްއާއި، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފްއެވެ.

ތިން މެންބަރުން މާވަށަށް ވަޑައިގެންނެވީ ކައުންސިލް އިންތިހާބުގައި މާވަށު ކައުންސިލް ރައީސްގެ ވޯޓް އެއްވަރުވުމުން އެއްވޯޓް ފޮއްޓެއްގެ ވޯޓް އަންނަ ހޮނިހިރު ދުވަހު އަލުން ނަގަން ހަމަޖެހިފައި އޮތުމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު މިހާރު ބައްޓަން ކުރެވިފައި އޮންނަ ގޮތުން، އިންތިޚާބުތަކުގެ ކެމްޕޭނަށާއި ދާއިރާގެ ރައްޔިތުންނާއި ބައްދަލު ކުރުމަށާއި އެހެނިހެން ސިޔާސީ ހަރަކާތްތައް ވެސް ހިންގެވުމަށް ދަތުރު ކުރުމަށް މަޖިލީހުގެ އިދާރާއިން ހުއްދަ ދޫކުރާނެއެވެ. އެދަތުރުތައް ކުރުމަށް މަޖިލީހުގެ މެންބަރުން ސަލާން ވިދާޅުވާން ނުޖެހޭ ގޮތަށެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގައި އެކުލަވާލި މަޖިލީހުގެ އާ ގަވާއިދުގައި އޮންނަ ގޮތުން މަޖިލީހުގެ މެންބަރުން ބައިވެރިވަޑައިނުގަންނަވާ ޖަލްސާތަކަށް އެ މެންބަރުންގެ މުސާރައިން އުނިކުރެވޭނެއެވެ. އެއީ ސަލާން ވިދާޅުނުވެ ބައިވެރިވެވަޑައިނުގަންނަވާ ޖަލްސާތަކަށެވެ. އެހެންވެ، ސަލާން ވިދާޅުވެ ބައެއް މެންބަރުން ގިނަ ޖަލްސާތަކަކަށް ވަޑައިނުގަންނަވައެވެ. ސަލާން ވިދާޅުނުވެ ވެސް ޖަލްސާތަކަށް ވަޑައިނުގަންނަވާ މެންބަރުން ވެސް އެބަ ތިއްބެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަވެސް ނުކުންނާނަނަް

    ރައްޔަތުންގެ މަޖްލީސް ގެރިޔާސަތުން އިތުރު ފުޅުހައްދަވައިފި ؟؟ މިހާރު ޖަލުސާގާތިބީ މެންބަރުންގެ ފޮޓޯތޯ؟؟ އެއީ މާވަށު ފަރެސް މާތޮޑާ ނައިފަރު ދާއިރާ؟؟ މީދެންބޮޑުވަރު ހާދަބިރެއްގަނޭ ބޮޑުވަޒީރު؟؟ރައްޔަތުންގެ ތަމުސީލުކުރާމީހުންވެރިންގެ އިހްލާސްތެރިކަން ކޮބައިދެންއިންސާ؟ދޮގުވެސް މިހާރުވަނީ އުފަލަކަން؟؟

  2. ބަލާނަ

    ވަގުތު ނޫސްވެރިކަން ހާދަ ޖެހެލުންވޭމިސަރުކާރުދެކެ ހަމަބިރުގަންނަނީ ނުކެރޭ ކޮލަމްގައި ޖަހަންނުކެނީތަ؟؟