ފުވައްމުލަކު ގެއަކުން ފައިސާތަކެއް ވަގަށްނެގި މައްސަލައެއްގައި ސިމްބޮލިކް ރެކޯޑްގެ ލަވަކިޔުންތެރިޔާ ޏ. ފުވައްމުލައް/ދިގުވާނޑު، ގެރަދޫގެ، އަޙްމަދު އާދިލް (އެޑިލް) ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.

ފުލުހުންގެ ވެބްސައިޓްގައި އެޑިލްގެ ފޮޓޯއާއިއެކު ފުލުހުން އާއްމުކުރި ޚަބަރުގައި ވިދާޅުވެފައި ވަނީ އެޑިލް ހޯދަމުން ދަނީ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، ގެއަކުން ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށެވެ.

އެޑިލްއާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792803 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

އެޑިލް ހޯދަން ފުލުހުން އިއުލާން ކޮށްފައި ވާއިރު ސިމްބޮލިކް ރެކޯޑްސްގެ އެންމެ މުހިއްމު އެއްލަވަކިޔުންތެރިޔާ ކަމަށްވާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) ވެސް ހުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި ބަންދުކޮށްފައެވެ. އޭނާގެ މައްޗަށް މިހާރު ދައުލަތުން ވަނީ ގިނަ ދައުވާތަކެއް ވެސް އުފުލާފައެވެ. ޕެސްޓްގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން އޭނާއަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބެލެވެއެވެ.

ސިމްބޮލިކް ރެކޯޑްސް އަކީ 2013 ވަނަ އަހަރު ހަމައެކަނި ހިޕް ހޮޕް މިއުޒިކަށް ހާއްސަވެގެން އުފެއްދި ބޭންޑެކެވެ. ކުރިން އެބޭންޑް ހާއްސަވީ ހަމައެކަނި ހިޕް ހޮޕް މިއުޒިކަށް ނަމަވެސް ފަހުން ވަނީ އެހެން ވައްތަރުތަކުގެ ލަވަތައް ވެސް ގެނެސްދީފައެވެ. އެއީ އާއްމުންގެ މެދުގައި އެންމެ މަގުބޫލް އެއް މިއުޒިކް ބޭންޑެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. އަލީ ހުސާމް ޏ.ފުވައްމުލައް

  ސިންބޮލިކޭ ކިޔާ ކުންފުނީގަ ތިބެނީ ލަވަޔަށް މޮޅު ކިންގުން އެކަންޔެއް ނޫން. ކުށްކުށަށް ވެސް ކިންގު ވެފަ ތިބޭ ބައެއް. ކުއްކުރާ ފަރާތަށް ފިޔަވަޅު ނޭޅޭ ކުންފުންޏެއް ސިންބޮލިކ އަކީ

  8
  3
 2. އާދަމް ނަވާޒު

  ދިވެހިން ނައް ހަމަ ރަނގަޅައް ވެސް ތި ދެނީ ކޯވަރެއްގެ ކޯވަރެއް .

  14
  2
 3. މާޑު

  ބޮޑު ވަގެއް ދޯ މިއީ

  17
  5
 4. ދަޅު ފޯ ދަޅޭ

  ރީތި ނަމެއް ކިޔާފަ އޮއްވާވެސް މިކިޔަނީ ކޮންމެވެސް އެޑިލްއެއް ނޫނީ ބެޑިލްއެއް ނޫނީ ތެޑިލްއެއް..

  15
  3
  • ބޭ

   ކަލޭ އަކާ ނުބެހޭނެ ޔ

 5. މޮޔަ ހަސަނު

  ސިމްބޮލިކުގެ ތަރި އޮއސުނީތާދޯ! މުސްކުޅިން ބުނާއަޑު އަހަން އަވަހައް އަރާތަރި އަވަހައް އޮއްސޭނެޔޭ! ތިޔަ ސިމްބޮލިކު ތީ އައުގުރާނަ ލަވަކިޔާބައެއް! މުޅިބެންޑްގެ 95 ޕަސަންޓަކީ ޕާޓޭއިން!

  24
  4
 6. ޅަތީފް

  ނެތެއްނު ސަހަލަ އެކަތިވެސް ތިޔަކު މިފަހަރު ފައިސާގެ ކޯވަރެއްތިޔަ ދިރުވާލި އަތާފަޔާ ކަކުލަ ކުޑަހުޅާ ތަނބިކަށި އޮލަމުން ރެފްކުރަނީ އަ ދިވެސް ލޮލް

  5
  4
 7. އަލީ

  އެޑިލް ތަ ނޫނީ އާދިލް ތަ؟

  4
  4
 8. ޙިމް

  ޜާއްޖޭ ގަ ކިތައްމެ މަޝްހޫރު ބަޔަކަށް ވެސް ހަދާނޒި ހަދާބެ އެއްޗެއް.. ދިވެހި ބަހުން ރެޕް ކުރުމުގެ އެއްމެ ހުނަރުވެރި ބޭންޑް މުޅިން ސުންނާފަތިވެ ބޭންޑް ގެ ކުޅަދާނަ ތަރި ޕެސްޓް ގެ ދުވަސް ވެސް ދިޔައީ.. !

  3
  6
 9. ޙުސެއިން

  މުޅިންވެސް ކޯރެއްގައި ކޯވަރެއް ބޯންދެން އޮއްވާ މިމީހުން މިބަސްޓުވަނީ

  2
  3
 10. ޭޮޮކޯވަރެއް

  ކޯރެއްގެ ކޯވަރެއް ބޯނީ ޖަލުގަ