މާލޭގައި މަޖާ ކުރުމުގެ ހަރަކާތްތައް ހިންގާ މަރުކަޒުތައް ގާއިމް ކުރުމަށް ގޮވާލާ ގަރާރު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި އެ ގަރާރު ފާސްކޮށްފައިވަނީ 46 މެންބަރުންގެ ވޯޓުންނެވެ. އެ ގަރާރު ފާސްކުރަން ނުފެންނަ ކަމަށް ފަސް މެންބަރަކު ވޯޓް ދެއްވިއެވެ. ވަކި ގޮތަކަށް ވޯޓް ނުދެއްވާ ދެ މެންބަރަކު ތިއްބެވިއެވެ.

މީގައި ވަނީ، މާލޭގައި ދިރިއުޅޭ ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކް އަޑުއަހާލައި، އެކުވެރީންނާ ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި އެއްވެ ތިބެވޭނޭ ފަދަ މަރުކަޒެއް މާލޭގައި ގާއިމުކޮށްދިނުމަށެވެ.

މި ގަރާރަށް އާންމުންގެ ގިނަ ފާޑުކިއުުންތަކެއް އަމާޒުވެފައިވެއެވެ. މި ގޮތުން ޒުވާނުން އެންމެ ބޮޑަށް ބޭނުންވަނީ ބޯހިޔާވަހިކަމާއި އާމްދަނީ ލިބޭނެ ފުރުސަތުތަކާއި ވަޒީފާގެ ފުރުސަތުތައް ކަމުގައި ބުނެ އަދި ޒުވާނުން އުޅެނީ މަޖާ ކުރާނެ ތަނެއް ނުލިބިގެން ކަމަށް ނޫން ކަމަށް ބުނެ ގިނަ ޒުވާނުން ވަނީ މީސް މީޑިއާގައި މި ބިލަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.

މި ގަރާރަކީ މާލެ ސަރަހައްދުގައި ނާޗަރަންޖީ ކުޅޭނެ މަރުކަޒުތަކެއް ގާއިމް ކުރުމަށް ހުށަހަޅާފައިވާ ގަރާރެއްގެ ގޮތުގައި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ މެންބަރުން ފާހަގަކުރެއެވެ. އެ ގަރާރު ފާސްކޮށްގެން ނުވާނެ ކަމަށް މި މެންބަރުން ވިދާޅުވިއިރު، ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުﷲ ސަނީފް ވެސް ވަނީ މި ގަރާރަށް ވޯޓް ނުދެއްވާނެ ކަން ކުރިން ވެސް ހާމަކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

 1. Reiju

  މޑޕ ލާދީނީއޭ ކިޔަނީ ހަމަ ކިޔަންޖެހިގެން

  101
  1
  • ޙައްގުބަސް

   މިލާދީނީ ބައިގަނޑު މިރާއްޖެގެ ހުރިހާބާރުތަކުން ދުރުކުރަންޖެހޭ!! މިކަންކުރެވޭނީ ރައްޔިތުންނަށް! ރައްޔިތުން ބިރުފަހައަނަޅާ ނިކުންނަންވީ އެކައްޗެއްކިޔާފަ!! މިއޮތީ ހަމަ ބަލާވެރިކަމެއް މިހާރު މިރާއްޖޭގައި!! 2023ގެ ކުރިންވެސް މިބަލާވެރިކަން ނިމުމަކަށް ގެންނަންޖެހޭ!!

   53
  • މި ހަތަރު ކަށިމަތި

   މިކަލެގެ މިއީމައްކާއަށް ބުދު އެތެރެކުތި އަމްރޫބިން ލުހައްޔު ކަހަލަ ނުބައިމީހެއް.

   41
   2
 2. ޟމ

  ބޯހާސްކަން ފިލުވުމަށާއި ރައްޓެހިންނާއި ބައްދަލުކޮށްލަން މިސްލަތްތަކަށްވުރެ ވަކި ރަގަޅުތަނެއް ނުހުންނާނެ، މި މެމްބަރުން ހޮވަން ވޯޓު ދިންބަޔަކުވެސް ފާފަވެރިވާ ހިސާބަށް މިމީހުންގެ ކަންކަން ހިގައްޖެ މިހާރު

  110
  3
 3. ބަރުގޮނު

  2013 ގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައިވެސް "ބިރެއްނެތި މަޖާކުރުން" އެމް.ޑީ.ޕީ ގެ ޕޯސްޓަރުތަކުގައި އޮތް. މިފަހަރު މިއޮތީ ކުޑަކޮށް ޢިބާރާތް ބަދަލު ކޮށްލާފައި. ކަމަކީ ހަމަ އެއްކަމެއް. މީގެ އަނެއްފަރާތުގައި އޮންނާނީ ކުރީ ޒަމާނުގައި ކިޔާ ކުމުންދޫ ގާކޮޅު ....

  31
 4. މުހައްމަދު

  ކީއްކުރަން ކުރާހާ ބޭކާރު ކަންތަތް ތަކެއް..! އަހަރެމެން ދުނިޔެއައް ފޮނުވީ މަޖާ ކުރަން ކަމަށްތަތި ހީކުރަނީ.. މިޔަދު ލޯމަރާލަން ޖެހިއްޖެނަމަ މާދަން ވާނެ ގޮތެއް ތަސައްރަފު ނުވަނީތަ..! ކަލޭގެ ރައްބަކީ ކޮބައިތޯ ސުވާޅު ކުރެވޭނި ކަލޭގެ ދީނަކީ ކޮބައިތޯ ސުވާޅު ކުރެވޭނި. އަދި ކަލޭގެ ނަބިއްޔަކީ ކޮބައިތޯ ސުވާލު ކުރެވޭނި.. ކިކޭ ބުނާނި ކީކޭ ބުނެވޭނި ނިކަން ހޭއަރާ ވިސްނާލަބަލަ. އަހަރެމެންނަ މުހިންމު ވާނީ ﷲ ގެ ރުސެވުން ހޯދުން..! ތިޔަ ތަންތަނަ ވަދެ އަހަރެމެންނަ އޮތީ ދުނިޔޭގަވެސް އާޙިރުގަ ވެސް ގެލުމާއި ހަލާކު.

  42
  1
 5. ކޮރަލް

  މާލޭގައި މަޖާ ކުރުމުގެ ހަރަކާތްތައް ހިންގާ މަރުކަޒުތައް ގާއިމް ކުރުމަށް ގޮވާލާ ގަރާރު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ވޯޓް ދިން ބަޔަކު ޖަވާބު ދޭންޖެހޭ ދުވަސް އޮތީ ދުރަކު ނޫނެވެ. މިދުނިޔޭގަ މިއުޅެނީ އެސްފިޔަޖަހާ ލާ ހާ ހިނދުކޮޅަކު އެވެ.

  39
 6. ސަކޫން

  މިކަމާ ޢިޔާޟާ އިލްޔާސް ކީކޭތޯ ވިދާޅުވަނީ. އެބޭފުޅުންގެ ބަހެއް އެނގުނީމަ އަޅުގަނޑަށް އެއްޗެއް ބުނަންް އެނގޭނީ. މީހުންކިޔާ ހަސަންްްްލަޠީފް އަކީ ޤާރޫނުފަދަ މީހެކޭ

  29
 7. ހަތަރުކަށިމަތިމާލެ

  ބާކީ އޮތީ 2 އަހަރު

  25
 8. ފަސާދަ

  ދުނިޔޭގެ ފުންނާބުއުސް މާހިރުން ދެކޭގޮތުގައި މަސްތުވާތަކެތި އެތެރެކޮށް ވިއްކާ މީހުންނަށް ފިޔަވަޅުނާޅާ އަދި މިހާރު އޭގެ ވަބާގައި ޖެހިފަތިބި ކކުދިންނަށް ފަރުވާ ނުހޯދަދީ ތިފަދަ ނާޗަރަނގީ މަރުކަޒުތަެް ހެދުމަކީ ޒުވާނުން އިތުރަށް އޭގެ އަވަގަެި ޖައްސުވާ "ރެކްރޫޓު" ކުރާ އައްޑާ ތަކަކަށް.

  އެކަމަކު މިސަރުކާރުން ބޭނުންވަނީ އެކުދިން އިތުރަށް ރަނގަޅަށް ދެވި ހިއްޕާލަން. ނުވީތާކަށް އިތުރަށް މަގުފަހިކުރާ ގަންޖާ ހުެއދަކުރަން. މިއީ ނަށީދު އަމިއްލައަށް އިއުތިރާފު ވެފަ ހުރި ކަންތައް.

  27
 9. ވައިކިންގ

  އަޅުގަނޑަށް މިސްކިތް ފުދޭ. މާބޮޑަށްވެސް ފުދޭ. އަލްޙަމްދު ﷲ.

  36
 10. އެމަންޖެ

  މަޖިލިސް އުވާލަން ވޯޓްލާން މިހާރު މާ ލަސްވެސް ވެއްޖެ.

  32
 11. ދުންމާރި

  ލާދީނީ އެމްޑީޕީގެ އަސްލު ސިފަ މިހާޜު އެ ފާޅުވަނީ އެޖެންޑާ19 ގެ އަސްލު ސޫރަ ފެނިގެން މިދަނީ ހާސްކަން އިތުރުވެ ކަން ބޮޑުވީމާ ކުރަންޖެހޭކަންކަން އިސްލާމް ދީނުގަ ވަނީ އަންގަވާފަ އެމެޑީޕީގެ ލާދީނީ މުޖުރިމުންނަށް މިކަން ނޭނގެނީބާ؟ނޭންގެނީކީ ނޫން ކނޑައެޅިގެން އިސްލާމް ދީން ބަލިކަށިކޮށް އިސްލާމީ ވަހުދަތު މި ޤައުމުން ނެތިކޮށްލަން ހިންގާ ލާދީނީ އެޖެންޑާއެއް

  28
 12. ވަސް

  އެމްޑީޕީގެ އިސް ފަޑީގަ ތިބެގެން ބަނގުރާބޮއެގެން ދެލޯ ކަޅިއަރުވައިގެން އަނގައިން ބޮކިއަރުވާ އެންމެން ނިކަން ބޭނުންވާނެ ތިޔަ ބިލު ފާސްކުރަން.

  32
 13. އާދަމުގެދަރި

  މިހާރުވެސް ތީގެ ގެއެއް ގަލޮޅުގައި ހުންނާނެ. އެގޭގައި ތިބޭނެ ދައުލަތުން ޑަބަލް މުސާރައާއި ބޮޑެތި މުސާރަތައް ހޯދާ ކުދިން. އެގެޔަށް އެއްވާ މަޖާނަގާ ނާޗަރަންގީ ކުދިން ހުއްޓުމެއް ނެތި މަޖާނަގާނެ. އެހެން ތަނެއް ތިކަމަށް ހެދުމުގެ ބޭނުމެއް ނެތް.

  23
 14. މަނީމަނީ

  ސީދާ ލާދީނީ ނާސިގެ އަޅަން ނިންމީ

  23
  1
 15. އައްޑޫ މީހާ

  ސަދޫމު ތުނޑު ހަސަނު އުޅެނީ މިގައުމު ހަލާކު ކުރަންވެގެން އަންނިގެ ރޭވުމުގެދަށުން މިކަހަލަ ހުރިހާ ޖަރީމާ ބިލުތަކެއް މަޖިލިހަށް ވައްދައި ގައުމު ނައްތާލަން އުޅޭ ތުނޑު ހަސަނެއް

  19
 16. އުގުރި

  ހާސްނުވޭ ކިރިޔާ ވެސް ގޮތެއް އޮތީމަ އަދާލަތު ޕާޓީ އެއޮތީ އަދި ގޯ ހެއް ނުވޭ..

  2
  7
 17. ައަހުމަދު

  ލާދީނީ މީހުން ބޭނުން ވާނީ ނާޗަރަންގީ ކުޅެން.
  މި އމ ޑ ޕ އަކީ ސައިތާނުން ގިނަ ޕާޓީ އެށް.

 18. ބިލް ހުށައެޅި މެމްބަރު

  އިސްތިއުފާ ދިނުމަށް ގޮވާލަން. ދުވަހަކުވެސް މިމެމްބަރަށް ވޯޓެއް ދޭނެކަމެއްނެތް

 19. ޖުއްބާ

  މި ކެނެރީގޭ ނަޝީދުއާއި އޭނަގެ އަހުވާނުންނަކީ މިއުންމަތުގަ ފާސިގުން.

 20. މަސްއޫދު

  އިހަށްވެސް އުސްފަސްގަޑުގައި ތިޔަކަހަލަ ސަކަރާްތްޖެހި! އެތަނުން ފެނުނީ ބިޔަރުއެޅި ހުސްދަޅާ ކޮމްޑްމްސް މިއީ ހަސަންލަތީފުމެންގެ ފިކުރު! މިފިކުރަށް ތަބާވާނި މަދުބައެއް! އެކަމަކު މިފަދަކަންކަމަށް މަގުފަހިކޮށްދޭ ފަރާތަތަކަށް އޮތީ! ކޮންތަނެއްތޯ! މިކަހަ ގޮވާލުންތަކަކީ ޝައިތާނާގެ މަގަށް ގޮވާލުން! މިކަން ގަބޫލުނުކުރެވުނަސް ހަގީގަތަކީ މިއީ!

 21. އަދުގެ ހާލު

  ހައް ހައް...މަބޭނުން މަޖާކޮށްލަން..އޭ މީސްތަކުންނޭ...މަޖާކުރަން އާދޭ، އާދޭ، އާދޭ، މުޅިގައުމުގަ މަޖާކުރާނީި...

 22. ހުސެން

  ދުނިޔެއަކީ އަޅުކަމުގެ އިތުރުން އުފަލާއި މަޖާކުރުމުގެވެސް ތަނެއް. ތީގެއިންނެތް ގޯހެއް.